އައްޑޫ ސިޓީގައި ހުރި ޑީކޯ ޗެމްބަރެއް ގދ.ތިނަދޫއަށް ގެންގޮސްފި އެވެ.

އައްޑޫއިން ޑީކޯ ޗެމްބަރު ތިނަދޫއަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ޗެމްބަރު ގެންދާ ކަމުގެ ހަބަރު ލިބިގެން އެކަމާއި ނުރުހުން ފާޅުކުރަން ގިނަ އަދަދެއްގެ ރަށްޔިތުން ހިތަދޫ ބަނދަރު ސަރަހައްދަށް އެއްވި އެވެ. ނަމަވެސް އެ ޗެމްބަރު ބަލާ އައި އުނޅަދު ވަނީ ނައްޓާލާފަ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އިން ސުވާލު ކުރުމުން އައްޑޫ ސިޓީގެ މެޔަރު އަލީ ނިޒާރް ވިދާޅުވީ ތިނަދޫ އަށް ގެންގޮސްފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ހުރި ޗެމްބަރު ނޫން ކަމަށެވެ. އެ ޗެމްބަރަކީ އައްޑޫ ސިޓީގައި ހިންގަމުން ދިޔަ ޝަންގްރިއްލާ ރިސޯޓު ހުރި ޗެމްބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރޭ ހިތަދޫ ބަނދަރު މައްޗަށް އެއްވި މީހުން ބުނި ގޮތުގައި ޑީކޯ ޗެމްބަރު ޝަންގްރިއްލާ ރިސޯޓުން ހަދިޔާ ކުރީ ހިތަދޫ ހޮސްޕިޓަލަށެވެ. ޗެމްބަރު ތިނަދުއަށް ގެންދިޔައީ ހިތަދޫ ހޮސްޕިޓަލްގައި ޗެމްބަރު ބަހައްޓާނެ ތަނެއް ނެތްކަމަށް ހޮސްޕިޓަލުން ބުނުމުން ކަމަށް އާއްމުން ބުނެއެވެ.

ޝަންގްރިއްލާ ރިސޯޓުގެ ޑީކޯ ޗެމްބަރު ބޭނުންނުކުރާތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

ޑީކޯ ޗެމްބަރަ އަކީ ފީނުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނެސް ވާ ފަރާތްތަކަށް ފަރުވާދޭން ބޭނުން ކުރާ އެއްޗެކެވެ.

އައްޑޫ ސިޓީގައި ޑީކޯ ޗެމްބަރެއް ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    ބާރައް އަތް ޖަހާ

  2. ސީނުކަރަ

    ފުރަތަމަ މިސަރުކާރު އައިސް އައްޑުން ބޭރުކުރީ ނަރުދަމާ އަޅަންގެނައްސަ ހުރި ހޮޅިތައް ދެން އެބޭރުކުރީ ޑީކޯތެނއބަރު ދެން ފަހުވަގުތު އިވޭނީ އައްޑޫ ވިއްކާ ކޭ ހަބަރު ހަަަމަ އެކަމަކު އައްޑޫ މީހުން ހެވިފަ އައްޖަހާލަ ޖަހާލާ މޮޔަވިއްޔާ ށަރަފުގާ މޮޔަވާނަން

  3. ޙުސެޔން

    ޥަރައް ސަލަާމ......
    އައްޑޫ މީހުނައް ހައްގު މިންވަރު....
    ދެން ނިކުމޭ މަރުހަބާ ކިޔަން ދޯ. ...

  4. ބޮޑުކަތީބް

    އައްޑޫމީހުނައް މިވަނީ ސިޔާސީމީހުންކައްކަންގެންގުޅޭ ރިހައަށް ރިހަކައްކާއިރު ހިކަނދިފަތް ބޭނުންކުރާނެ ކާންވީމަ އެނަގާޑަސްބިނައްލާނީ އެކަމަކުއެފަތްނެތި ނުވެސްކެއްކޭނެރިހަ ކާންވީމަނަގާއެއްފަރާތްކޮއްލާނީ ވޯޓްފޮޝި ފެނުމުންބޮޑުކަމު ދާންވެސް ބޭނޫންވާނީ ދޭކުނައްހުރެ

  5. މުޙައްމަދު

    އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލްގައި ޑީކޯ ޗެމްބަރެއް ހުރިކަން ދެނެހުރި މީހަކު އެބަހުރިތަ. މަ ނުދެނެހުރިން ޔަގީނުންވެސް. ޝަންގްރިއްލާ ރިސޯޓްގަ ހުރި ޗެމްބަރ އޭއީއެޗަށް ހަދިޔާ ކުރާ ވާހަކަ އަޑުއެހިން. ދެން ބާރަށް އަތްޖަހާ.

    2
    1
  6. އައްލާގެ އަފީފް

    މިކަމުންވެސް ދޭހަވަނީ މިސަރުކާރަކީ ވަރަށް ބޮޑަށް ނުކުޅެދޭ ސަރުކާރެއްކަން ރައްޔިތުންނަށް ޚިދުމަތް ދޭން އުޅެނީ އެއްމެ މެށިނަކުން ހުރިހާ ކަމެއް ކުރާ އުސޫލުން ބަލަ ތިނަދޫގައިވެސް ޗެމްބަރެއް ހެދީމަ ވީނުން އޭރުން އެމަރޖެންސީ ކަމެއް ދިމާވާ ހާލަތުގައި ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދުވެސް ކުޑަވެގެން ދާނެ މިފަހަރު ރިޔާސީ އިންތިހާބުގައި ނިކަން ވިސްނާތި މަސްވެރިންނާއި ޑައިވަރުން އެމީހުންގެ އިޙްސާސްތައް ބަންޑުން ކުރާނެ

  7. އައްޑޫ

    ދެން އަތްޖަހާ

  8. ހުސެއިން

    ވައުދު އެފުއްދުނީ!!!، ފިނިހަކަދުވެލީގަ މަސައްކަތް ކުރާސަރުކާރަކަށް ބަޔަކުހަދިޔާކުރި ޗެމްބަރެއް ނުބެހެއްޓި ފަސްއަހަރުގެ ދައުރު ނިމެންކާރިވީމަ، އެންމެފަހުން ޗެންބަރުގަނޑުވެސް ވަގައްއެނެގީ!

  9. އައްޑޫ

    އޭއީސީ ގައި ދެން ހުރި މެޝިންތައްވެސް ހަދާފަ ވިއްކީ ބޭރު ޤަުމުތަކުން. ޑީކޯ ޗެމްބަރ ޝަންގިރިއްލާއިން ދީގެން ވިޔަސް ސާލިހް ގެ ކުރިން ވެސް ޑީކޯ މެޝިނެއް އައްޑޫގައި ހުރީ ބަހައްޓާފަ.