އަލުން ވޯޓު ގުނުމުން ވެސް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް ގާނޫނީ ވަކީލް އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމު އިންތިހާބުވެއްޖެއެވެ.

އެ މަގާމަށް އަނާރާ އިންތިހާބުވެވަޑައިގެންފައި ވަނީ، ކުރިންވެސް އޭނާއަށް ލިބިވަޑައިގެންނެވި 343 ވޯޓާއިއެކުގައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވީ ވަކީލު އަބްދުލް މާނިއު ހުސައިންއެވެ. މާނިއުއަށް ލިބިވަޑައިގަތީ 342 ވޯޓެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި ހުރީ އެންމެ ވޯޓެއްގެ ތަފާތެވެ.

އެހެންވެ އަލުން ވޯޓު ގުނައިދިނުމަށް އެދި އިލެކްޝަންސްއަށް ހުށަހެޅުއްވީ މާނިއުއެެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ އިންތިހާބުގެ ދާއިމީ ނަތީއްޖާ އިއުލާނުކޮށްފައެވެ.

އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިހާބްގައި ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    ތިކައުންސިލަށް އެމްޑީޕީގެ ބަރުގަދަ ސުޢޫދު ނުހޮވުމަކީ މިގައުމަށްލިބުނު ކުރިއެރުމެއް އަދިމޮޅެއް ދިވެހިރަޢިއްޔަތުން އެމްޑީޕީ ބަލައި ނުގަންނަކަން ވ ރަގަޅަށް ސަބިތުކޮށްދީފި ޤާނޫނީ ދާއިރާއަށް އެމްޑީޕީގެ ނުފޫޒު ފޯރަން އޮތް މިންވަރު އެނގިހުރެ ވަކީލުން މިވަނީ އެމްޑީޕީގެ އަތްދަށުން އެދާއިރަ ސަލާމަތް ކޮށްދީފައި ސާބަސްވަކީލުން މަރުޙަވާ މައުމޫން ހަމީދު

    34