2023 ވަނަ އަހަރުގެ ބާ އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ އިމްތިހާނަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ އިމްތިހާނެއް ބޭއްވީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ. އެ ފަހަރު 176 ކެންޑިޑޭޓް އިން ބައިވެރިވިއެވެ.

އެ އިއުލާނުގައިވާގޮތުން އިމްތިހުނު އޮންނާނީ 21 އޮކްޓޯބަރގައެވެ.

އަދި ބާ އިމްތިހާނުގެ ސިލަބަސް ލިންކު މެދުވެރިކޮށް ލިބޭނެއެވެ.

ބާ ކައުންސިލުން އިމްތިހާނުގެ ފީއެއްގެ ގޮތުގައި 10،000ރ. ނެގުމަށް ކުރިން ނިންމިއިރު، ފަހުން ފީގެ އަދަދު ވަނީ ފީ 6,500ރ އަށް ކުޑަކޮށްފައެވެ.

ބާ ކައުންސިލުން ބުނީ އިމްތިޙާނުގެ ބައިވެރިންނަށް ފީ ދެއްކުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، މިއަހަރުގެ އިމްތިހާނުގެ ފީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެން ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިމްތިހާނުގެ ފީ 7 ސެޕްޓެމްބަރުގެ މެންދުރު 12:00ގެ ކުރިން ދައްކާ ނިންމަންވާނެ ކަަމަށް ބުނެފައި ވެއެވެ.

މީގެ ތިން އަހަރުކުރިން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބޭނެއެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ.