ޗާގޯސް އާއި ދިވެހިރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި ބާ ކައުންސިލްގެ ރައުޔު ހާމަ ކުރުމަށް ދިރާސާއެއް ކުރުމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީމް މިއަދު ނިންމައިފިއެވެ.

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ގާތްގަނޑަކަށް ހަމަހަމައަށް ބަހަން އެޓްލޮސްއިން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި އެހެންވެ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

ބާ ކައުންސިލުން ބުނީ، ޗާގޯސް މައްސަލައަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށާއި، އާންމު މަސްލަހަތާއި ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާއި، ގުޅިގެން ބާ ކައުންސިލްގެ ރައުޔާއި މައުލޫމާތު ހާމަ ކުރުމަކީ އެ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެ ކައުންސިލްގެ ރައުޔު ހާމަކޮށްދިނުމަށް އެދި އެ ކައުންސިލްގެ މެންބަރަކު ހުށަހަޅާފައިވާ މައްސަލަ އެގްޒެކެޓިވް ކޮމެޓީން ބަލައި ގަތުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މި މައްްސަލަ ދިރާސާ ކުރުމަށް ބާ ކައުންސިލްގެ ލޯ ރީފޯމް އެންޑް ރިސަރޗް ކޮމެޓީއަށް ފޮނުވުމަށް އެގްޒެކެޓިވް ކޮމެޓީން ނިންމަފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިރު ފަހަނައަޅާ މި ވޯޓުން

    އިބޫ ފައިސަލާ ކޯލިޝަންގެ އެންމެހާ ބައިވެރިންނަށް
    ދީނާ މަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޗޭ
    ތާރީޚު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ

    5
    2
  2. Anonymous

    ތީގައި ދެން ތިބޭފުޅުންގެ ކޮން ރައުޔެއްތޯ އޮންނާނީ ތިތާގެ މެމްބަރު މުއީޒު އޮތީ އޭނަގެ ރަޢުޔު ނެރެފައި ޗާގޯގެ ނިންމުން ރަގަޅުކަމަށް ފައިދާ ބޮޑީ ރާއްޖެޔަށް ކަމަށް !

  3. ޒަބީ

    ތިއީ ބާރް ކައުންސިލް. ތި ކައުންސިލުން ދޭނެ ރައުޔު އެބަ އިނގޭމިހާރުވެސް. މިއުޅެނީ ރައުޔު ނެތިގެނެެއްނޫން މިއުޅެނީ ގާނޫނީ މައްސަލައެއް ދިމާ ވެގެނެއް ނޫން. މިއުޅެނީ ބަޔަކު އެނގިހުރެ ވަގުވަގަށް ގައުމުގެ މަސްލަހަތު ގުުރުބާންކޮއް ބޭރުގެ ބަޔަކުގެ އެދުމަށް ގައުމުގެހައްގެއް ދޫކޮއްލައިގެންނެެވެ.

  4. ފާޒް

    ދިވެހިން ސުކޮލަޝިޕް ހޯދައި ކިޔެވުމުގެބޭނުމެއް ނެތް. ތިގޮތަށް ކިޔަވައިގެން ސުކޯލާޝިޕް ހޯދައިގެން އައި މީހުން އެތިބީ ގައުމުގެ ކަނޑުން ބަޔެއް ވިއްކާފަ އައިސް މީ ލިބުނު ކާމިޔާބީއެކޭ ކިޔާފަ ވާހަކަ ދައްކަން. ގައުމަށް ދީނަށް ވަފާތެެރިކަމެއް ނުއުފެއްދޭ ތިޔާ ސުކޯލަޝިޕުތަކުން. އަދި ކީއްތަ ދީނުން އެނގޭ މިންވަރުވެސް ގިނަފަހަރަށް އޮންނަނީ ހަނދާންނެތިފަ ސުކޯލާޝިޕް ނިމޭއިރު. ތިމާމީ އިސިލާމެއްކަންވެސް ހަނދާން ނެތޭ އެބަ ބަޔަކު. އަންނަނީ ކިޔަވައިގެން ތިބި އެއްވެސް ސުލޫކެއް އަދަބެއް ނޭނގޭ ޖާހިލުން. އަދި ހަގީގަތް ހޯދާލާއިރު ކިޔެވި އެއްޗެއްވެސް އަދި ހުނަރެއްވެސް ނުހުރޭ. ދެން މައިންބަފައިން ގޮސް ސިޔާސީ ޑީލު ހަދައިގެން ބޮޑެތި ވަޒީފާތަކަށް ފުރުސަތު ހޯދައިދެނީ. އެޔަށް ފަހު މިއޮންނަނީ ގައުމު ހަނާކުރުމާއި ކަރަޕްޝަނާއި ދެފުއްކެހެރިކަން. މިކަހަލަ ތައުލީމު ދީދީގޮސް ގައުމު ނެތި މިދަނީ. މިވެެރިންނަށަ އަމާނާތްޔެރިކަމާކީ ކޮބާކަމާއި ގައުމިއްޔަތާއި އިސްލާމީ ތަރުބިއްޔަތެއް ނުދެވޭ. ދެން މިއީ މި ގައުމުގެ ހާލާތު.

  5. ޝުފާން

    ގައުމު ފަސާދަކޮއް ސިޔާސީ ކަރަޕްޝަންގެ މެކޭނިޒަމްތެރޭ ވަކީލުންގެ ދައުރުވެސް ވަކި ކުޑައެއްނޫން. ވަކީލުކަން ލިބިގެން އެންމެ ފުރަތަމަ ކުރާކަމަކީ ތިމާމީ ވަކީލެއްކަން އެނގޭވަރަށް މޭކަޕް ކުރުމާއި އެކު ކޯޓުފަޓުލޫނާއި ޓައި އެޅުން. ދެން ތިމާމެންގެ ކިބާގަ ހެވޭ އިސްލާމީ ތަރުބިއްޔަތެއްގެ އަސަރެއް ވަހެއް ނެތަސް. މިސްކިތެއްގެ އެތެރެވެސް ބަޔެއް ވަކީލުންނަށް ފެންނާނެނަމަ ރަނގަޅޭ ހިތަށް އަރާ.