ރާއްޖޭގެ ގާނޫނީ ހުކޫމަތު "ވިދި ވިދި އޮޓެ އޮޓެ" (ވީދާ އޮށް އޮށް) ކޮށްލައިފި ކަމަށާއި ރިޔާސީ އިންތިހާބު އަދި ކެންޕެއިނާ މެދު ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ މުހިންމު ކަމެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

މިރޭ ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ކުރާ ހުރިހާ ކަމެއް ހުއްޓުވާނެ ކަމަށާއި އެކެއް ފެބްރުއަަރީ ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު މިގައުމުގައި ތަންފީޒު ކުރައްވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ އަޅުގަނޑުމެން ބައްޔެއް ނުކުރެވޭނެ, ރައީސް ނަޝީދު ވިދާޅުވާ ފަދައިން މި އޮޑިއެއް ނުފެތޭ. އަޅުގަނޑުމެން ގަދަވީ އަޅުގަނޑުމެންނަށް ކާމިޔާބު ލިބުނީ" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އެކެއް ފެބްރުއަަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު މިގައުމުގައި ތަންފީޒު ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބު އަދި ކެންޕެއިނާ މެދު ވިސްނަން އެއީ މުހިންމު ކަމެއް ނޫން ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

ގޮނޑި ގެއްލުނު މެންބަރުންގެ ގޮނޑި ގެއްލުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ގެެއްލުނީ 12 މެންބަރުންގެ ގޮނޑިއެއް ނޫން ކަމަށާއި ގެއްލުނީ 60 ހާސް އެތަށް ރައްޔިތުންގެ ހައްގުތަށް ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމް އިން ވަކި ކުރުމަކުން އަޅުގަނޑުގެ ޝަކުވާއެއް ނެތް, ޕީޕީއެމް ނަމަކަށް ކިޔާ މީހަކާ ވެސް ދެން އަޅުގަނޑު ގާތެއް ނުވާނަން, އެއީ ވަދެވިއްޖިޔާ ނިކުމެވޭ ޕާޓީ އެއް ނޫން, އެމީހަކު ނިކުންނަން މިޖެހެނީ މުޅި ހަޔާތް ގުރުބާން ކޮށްފައި" އަމީތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑޯންވޮނާ

    އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ އެހީއަށް އެދިއްޖެ ނަމަވެސް ނުޖެހޭނެއޭ އިދިކޮޅު ގައިތިބި ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ވަން ސެންސް މިސިންގް އާލާތުން ބުނާ ބަސް އަހައިގެން މަމެން އެމެންނަށް ވުރެން މަތީ ލެވެލްގައި ތިބި ބަޔަކު އެމެން ބުނެގެން މާލޭގެ މަގުމައްޗަށް ނިކުމެ މަމެންގެ އިމޭޖް ގެއްލުވާލާ މަމެންގެ ވިޔަފާރި އަށް އޭގެ ސަބަބުން ބުރޫ އަރާ ގޮތަށް މަމެން އެކަން ކުރަން ނުޖެހޭނެއޭ ކުރަން. އެއްވެސް ޒުވާނަކު މުޒާހަރާ ކޮށްގެން އޭނާގެ އިމޭޖް ގެއްލުވާނުލާތި އިނގޭތޭ ރާއްޖޭގެ ބިޒްނެސް ކޮމިއުނިޓީ ގަބޫލުކުރާ ގޮތުގައި މުޒާހަރާ އަށް އެދަނީ އެއީ ތަނެއްގައި ވަޒީފާ އެއް ގައި ހަރު ނުލާ މީހުންނާއި އަދި މީހުންނާއި އިނދެ އިނދެ ހަރުނުލާ ތިންފަށް ވެފައިވާ ގިނަ އަންހެން ވެރިންނޭ އެމެންނާއި އެކު ހިނގައްޖެނަމަ ބުރަ މަސައްކަތުން ހޯދާފައިވާ ބިޓް ވެސް ރުޅިވެ މުޅި ދިރިއުޅުން ފުނޑިގެން ހިނގައިދާނެއޭ. އެކަން ކުރަން ޖެހޭނީ ހަމަ އެމްޑީޕީން އެކަން ކުރަން ނިކުމެ އުޅޭ ބައިގަނޑޭ އެއީ މަމެންނާއި އަދި ރާއްޖޭގެ ޒުވާނުންނާއި ބެހޭ ކަމެއް ނޫނޭ. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ ޔޫއާރ ބްރީދިންގް. އައި ކުޑް ސްޕެންޓް މައި ލައިފް އިން މައި ސްވީޓް ހޯމް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް. އައި ޑޯން ވޮނާ ލޫޒް މައި އިމޭޖް އޮން ދިސްވޭ އައި ޑޯން ވޮނާ ލޫޒް މައި އިމޭޖް އޮން ދިސްވޭ.

  2. ހަމީދު

    ޔާމީނު ވައްޓާލާފާ ގެއަށްވަދެ ނޯވެވިގެން އަނެއްކާ ނުކުތީދޯ؟ މިފަހަރު ގެއަށް ވަވްނާނީ ކާކު ވައްޓާލާފާބާ؟ އަޅެމީ ލަދެއްހަޔާތެއް އުރައްޕަތެއްވެސް ނެތް ސިޔާސީ ހައްޕުނޑެއް.

  3. Anonymous

    އެއްވެސް އާޓިކަލެއްގައި ކިޔަން އުނދަގޫވާވަރަށް ދިގު ކޮމެންޓު ލިއުމަކީ ބޭކާރުކަމެއް ސަބަބަކީ ކިޔާމީހާ ކިޔަންފޫހިވެ ބުނާއެއްޗެއް ފަހުމުވާންވެސް އުނދަގޫ ވެއެވެ. މިހެންމިބުނީ ވަރަށްގިނަ މީހުން ދިގު ކޮމެންޓު ނުކިޔެ ދޫކޮށްލާތަން ފެންނާތީ އެވެ. ޢަހަރެންވެސް އެގޮތެވެ. ޥަގުތު ނޫސްވެރިންންވެސް

    • މަ

      ތާއީދު

  4. ސީން

    މާ އަމީތާބު ހެދިގެންއުޅޭނެ ކަމެއްނެތް. ކަލޭމެން 12 ގޮލައިންނަކީ ކަނު ބައެއް. ކެނެރީގެ ކޮކަޑި ކުމާރުއަކީ އޯޓިސްޓިކް ކުއްޖެއް.

  5. އަމްނާ ޢަޒީޒް / މާލެ

    ގޮނޑިގެއްލުނީމާ މީނަޔަށް އެބަ ވަރަށް އަސަރުކުރޭތާ!

  6. ފާގަ

    1 ފެބްރުއަރީ ހުކުމް ތަންފީޒު ކުރާނަން، މާނައަކީ އަދި އެކަމެއް ނުކުރެވޭ، އެކަމު މޮޅުވީ މިމީހުން.

    ރައީސް ޔާމިން ވެރިކަން ނިމުމަކަށް ގެންނާނަން، މާނައަކީ އަދި އެކަމެއް ނުކުރއވެޔޭ، އެކަމު މޮޅުވީ މިމީހުން.

    ކޮން ކަމަކުން މޮޅުވި ވާހަކައްތަ މިދައްކަނީ؟