ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު އުދައަރާކަން މޮނިޓަރ ކުރަމުންދާ ކަމަށާއި މިއަދު 10:30 އިން ފެށިގެން އެލާޓްވެސް ނެރެފައިވާނެ ކަމަށެވެ.

އަދި އުދައަރަމުން ދަނީ މެދު ތެރެއާއި ދެކުނު ރަށްތަކަށް ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެތިން ދުވަހަށް ލަފާ ކުރެވޭ ހަމަ އުދައަރާފާނެ ކަމަށް، ބާނިތައްް ތަންކޮޅެއް ބޮޑެތިކޮށް އުޅެނީ" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުގޮތުގައި ކުރިއަށް އޮތް ދުވަސްވަތަކުގައި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެ އެވެ.

އިއްޔެ އާއި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އުދަރަމުންނެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތ.ކިނބިދޫއަށް އުދަ އެރަމުން އެބަދެއެވެ.

މީގެ އިތުރުން ގދ. ހޯޑެއްދޫއާއި މަޑަވެއްޔަށްވެސް އުދަ އަރަމުންދާ ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު