ހދ. މަކުނުދޫގައި ރާޅާ އަޅަން ގޮސް އުޅެނިކޮށް އޮޔާ ދިޔަ ދެ މީހަކު ސަލާމަތްކޮށްފިއެވެ.

މި ދެ މީހުން ސަލާމަތްކޮށްފައި ވަނީ ފުލުހުންނާއި އާއްމުން ގުޅިގެންނެވެ.

ފުލުހުން މިރޭ ވިދާޅުވީ، މިއަދު މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެ މީހަކު މާކަނޑަށް އޮޔާ ދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި އާއްމުންގެ މަސައްކަތުން ދެ މީހުން ސަލާމަތްކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުން ސަލާމަތްކޮށްފައި ވަނީ ޑިންގީއެއްގައި ގޮސް ކަމަށެވެ.

"އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮއިގަދަ ދުވަސް ދުވަހު މޫދަށް އެރި ނޫޅެމާތޯ" ފުލުހުން ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުން ގޯސްވެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަމްމަޑޭ މާމިގިލީ

    އުދަ ވަރަށް އަރާ ދުވަސްކޮޅެއް މީ. މާމިގިލިއަށް ވެސް ވަރަށް އުދަ އަރާ. ބަނދަރު ބޭރު ތޮށިވެސް ވެއްޓިއްޖެ.ދޯނިތަކަށް ވެސް ގެއްލުން ވެއްޖެ. ކައުންސިލަރުން ތިބެނީ ނިދާ.

  2. ފަރަަަަހަ

    ަެަ
    ސަބަހެ

    4
    1