ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެއްވެސް ހުށަޙެޅުމެއް ބަލައި ނުގަންނަން މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ހައިލަމް ނިންމަވައިފިއެވެ.

ޔާމީންގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް ނިންމުމާއި އެކު މައުޟޫއީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ. އެގޮތައް ނިންމެވުމަށް ފަހު ވަގުތުން ވަނީ ޝަރީޢަތް ފަށާފައެވެ.

ޝަރީޢަތުގެ ހުށަހެޅުމުގެ ކުރިން އެއްވެސް ހުށަހެޅުމެއް ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ދައުވާގައި ހަވާލާދީފައިވާ ކުށަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ދައުވާ ކުރުމުގައި އެމްއެމްއޭގެ ނިންމުމެއް ހިމަނާފައިވާ ނުވުމާއި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވުމަކީ ތަފާތު ކުރުމުގެ އަމަލެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި އަދީބާއި ޒިޔަތަކީ ޔާމީންގެ ވެރިކަމުގައި އަދަބު ދީފައިވާ ބަޔަކަށްވާތީ އެމީހުންގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ ފާހަގަ ކޮށްލެވެއެވެ.

ޝަރީޢަތުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ދައުވާ ކޮށްފައި ވަނީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ މުދަލެއް ފޮރުވައިގެން ކުށުން މިންޖުވާން މަސައްކަތްކޮށްފައިވާތީ ކަމަށެވެ. ޔާމީންގެ މައްޗަށް ކުރަނީ މަނީލޯންޑްރިން މަނާކުރާ ޤާނޫނުގައި ބުނާ އުންސުރުތައް ފުރިހަމަވާ ދައުވާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޤާނޫނުގައި އެންމެން ހަމަހަމަ ވާން ޖެހޭނެކަމަށް ބުނާ އިރު 150 މީހެއްގެ އެކައުންޓަށް ފައިސާ ޖަމާވެފައި ވާއިރު މިއީ ހަމަހަމަކަމެއް ނެތި ތަފާތު ކުރުމުގެ ގޮތުން ކުރެވިފައިވާ ދައުވާއެއް ކަމަށެވެ.

ޔާމީން ވިދާޅުވީ އެސްއޯއެފުން ދިން ފައިސާއަކީ އަދީބު އެމަނިކުފާނަށް ދޭންޖެހޭ ފައިސާ ކަމަށާއި އޭރު އެމަނިކުފާނަށް ލިބޭ ކެމްޕެއިން ފައިސާ މެނޭޖުކުރީ އަދީބު ކަމަށެވެ.

"އެ ފައިސާ ޑިޕޮސިޓް ކުރީ ކޮން ފަރާތަކުން ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެސްއޯއެފް އަކާ އަޅުގަނޑާއި ގުޅުމެއް ނެތް. އެމްއެމްއޭއަކުން އެއްވެސް އިރެއްގައި އެސްއޯއެފްގެ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންގް ގެ މުއާމަލާތްތަތަކެއްކަމަށް ދައުލަތުގެ އިދާރާއަކުން ނިންމާފައެއްނުވޭ. އެކައުންޓަށް ޖަމާވި ފައިސާ އަނގަބަހުން ވެސް އޭސީސީއަށް ޖަމާކުރަން އެއްވެސް ތަހުގީގީ އިދާރާއަކުން އަންގާފައިނުވޭ. އެހެން ފައިސާއެއް އެކްސްކްރޯ އެކައުންޓް ޖަމާ ކުރީ އެގްރީމަންޓުގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިގެން ނުވާނެކަމަށް ބުނާތީ، އެ ފައިސާގައި އަތްލަން ބޭނުންނުވެގެން." ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ހުށަހެޅުންތައް ބަލައި ނުގަންނަން ނިންމުމަށް ފަހު ޝަރީޢަތް މިއަދު ފަށާފައި ވާއިރު މިއީ ވެސް އާއްމު އުސޫލެއް ނޫނެވެ. އާއްމު ގޮތެއްގައި އިބްތިދާޢީ އަޑުއެހުމަށް ފަހު ޝަރީޢަތް ފަށަނީ އެހެން ދުވަހަކު އެވެ.

މިއަދު ގާޒީ ހައިލަމް ވިދާޅުވީ ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 04 ވަނަ ދުވަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގާސިމު

    އައްދޯތް..! ވަގުކަލޭގެ ދުވަސް ތިދިޔައީ..! ކޮބާ އެއްކަލަ ކަދުރޭއާ އަދުރޭއާ ދޭތި؟ ކޮބާ ހީވޭ ކަމެއް ހެން..؟! މަޖިލިސް އިންތިހާބުން ބަލިވީމަ ގަތް ލަދުން ދޮންކެޔޮ ކަލޭގެ ދިގު ނިންޖަކުން ނިދީބާ؟! ކަލޯ..! ހޭލަގަ ދެން. ވަގުކަލޭގެ ދުވަސް ދުއްވާލަން އެއުޅެނީ..! ހައްހައްހައް

    12
    60
    • Anonymous

      މާދަމާ އަނގައާ އަތާ ދިމާނުވީމަ އައްދޯތއ ގޮވާނެ. އިންޝާﷲ.

      40
      6
    • ޟިރާރު

      ކޮންތާކު މި ޖެހުނީ ފަނޑިޔާރު ގެއިސްލާހުވެ ނިމުނީ ދޯ؟ އެންމެނައް ހަމަހަމަ ކާމާއެކު ގާއިމު ކޮއްދިނުމައް ގޮވި އިންސާފު ފަނުފުލުން ދޯ މިދިއައީ..މިހާރު ފަނޑިޔާރުގެއަށް އަތްބާނައިގެން ނަޝީދު ބޭނުންވާ ގޮތައް ޝަރީއަށް ހިންގާފަނޑިޔާރުން ލައިގެން ދެންތިބި ފަނޑިޔާރުންނައް ދަނީ ބިރުދައްކަމުން

      20
      2
    • Anonymous

      މިހިރަ މޑޕ ގުންޑާއިންނަކީ އެންމެ ވިޔާނުދާ ހަޑިހުތިރު އެއްޗެހި ގޮވަމުން ދުވާ މޮޔައިން. ކަލޯ ހަޅޭއްފަޅޭއް ނުލަވާ ނަމާދަށް އެރޭތޯ ބަލާލަބަލަ.

      16
      1
    • ވަގު އމސޯލިހް

      ކަލޯ ވައްކަން ނުކުރަންތަ؟ ދޮގުނަހަދާ ތެދަށް ބުނެބަލަ ކަލޭ މަކަރާއި ހީލަތް ހަދައި ދޮގުހަދައި ކޮރަޕްޓް ފައިސާ ނުކަންތަ؟ ކަލޭގެ އަމަލުތައް ދެކެ ދެނެވޮޑިގެންވޭ ﷲ ސުބުހާނަވަތަ ޢާލާ އީ އެންމެ މޮޅަށް ހުރިހާ ކަމެއް ބައްލަވާ އަނިޔާވެރިންގެ ނުބައި އަމަލުތައް ނެތި ކުރައްވާ ޤިޔާމަތް މަހުޝަރު ބިމުން އިންސާފް ދެއްވާނެ ފަރާތް މިއަދު ބޭނުން އެއްޗެއް ހެދިދާނެ ވ.ސަލާމް

    • އަމީރުމަގު ވަގު

      ފަނޑިޔާރު މަނިއްޕުޅުގެ މުޅި ވިސްނުން ހުންނާނީ "އަޅޭ މަގޭ ދެމިއޮންނާނީ ކިހިނެއް ހަދައިގެން!" މި ސުވާލުގެ މައްޗަށް. ފަނޑިޔާރުންނަށް ބިރު ދައްކާ ނަފްސާނީ ގޮތުން ވަނީ ބަލިކަށި ކޮށްލާފަ. ވީމާ އިންސާފުތައް ކޯދުލާ އުތުރޭނެވަރު ވިސްނާ.

  2. Anonymous

    ޔާމީންގެ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ،ޝަރީޢަތް ފަށައިފި، މިއީތޯ އައީސު އިބޫޞާލިޙު ވިދާޅުވާ އަދުލު އިންސާފު ގާއިމުކުރުމަކީ؟؟؟؟މިއީތޯ އިންސާފަކީ؟؟؟؟

    39
    4
  3. Anonymous

    ތިވަޒީފާ އޮންނާނެ ކަމަށްތަ ތިހާ ރުންކުރުވެފަ ތިއިންނެވީ. ނުވާނެ ތިކަމެއް.

    39
    3
  4. Anonymous

    ބާރުއޮތީމަ މިއަދު ކުށެއްނެތްމައުސޫމް މީހާވެސް އުލުބޭންދިދާނެ. އެކަމަކު ހަގީގަތާއި ކުރިމަތިލާންޖެހޭ ދުވަހު އެކަމަކުން ނުރެކެވޭނެ. ކިތަންމެބަދުނާމެއް ރ ޔާމީންބޮލުގަ އެޅުވިޔަސް ރ.ޔާމީން ވެރިކަމުގެ 5 އަހަރު މިގައުމައްގެނެސް ދެއްވިކުރިއެރުމާ ރައްޔިތުންނަށް ފޯރުކޮށްދިން ގިނަގުނަ އަގުހުރި ޚިދްމަތްތަކަކީ އެއަށްފަސްއަޅާ ފޮރުވިދާނެ ކަމެއްނޫން. ވައްކަމޭކިޔާގެން އަނގަފޭކުރާއިރު މިއަދުއޮތްވެރިަކން ފެށުނީވެސް 95000 ރައްޔިތުން ރ ޔާމީންއަށްދިން ވޯޓުން ވައްކަންކޮށްގެން. 3މަސް ނުވަނީސް އައީސުމީހާ އަމިއްލައަށް އިޢުލާންކުރި 4.5މބިލިޔަން ރުފިޔާގެ ފައިދާ ދަޢުލަތަށް ވަދެއްޖެކަމަށް، އެވެއްދިތަނެއް އަދިވެސް ދައުލަތަފައުދ ދެންވެލިކަގަ.

    4 REPLY
    ޞޯބެ
    ޖުލައި 21, 2019 10:14
    ޔާމީންގެ އެކައުންޓަށް ވަން ފައިސާ ބޭނުންނުކޮށް އޭސީސީ އާ ހަވާލުކުރީ. ޢެހެން އެންމެންގެ އެކައުންޓަށް ވަން ފައިސާތައް ނަގައި ބޭނުންކުރީ. ޢެކަމަކު ދައުވާ މި ކުރަނީ ޔާމީންގެ މައްޗަށް އެކަނި. ވަޓްއަބިގް ޖޯކް!!!!

    20
    1
  5. Anonymous

    ބާރުއޮތީމަ މިއަދު ކުށެއްނެތް މައުސޫމް މީހާވެސް އުލުބޭންދިދާނެ. އެކަމަކު ހަގީގަތާއި ކުރިމަތިލާންޖެހޭ ދުވަހު އެކަމަކުން ނުރެކެވޭނެ. ކިތަންމެ ބަދުނާމެއް ރ.ޔާމީންބޮލުގަ އެޅުވިޔަސް ރ.ޔާމީން ވެރިކަމުގެ 5އަހަރު މިގައުމައްގެނެސް ދެއްވިކުރިއެރުމާ ރައްޔިތުންނަށް ފޯރުކޮށްދިން ގިނަގުނަ އަގުހުރި ޚިދްމަތްތަކަކީ އެއަށްފަސްއަޅާ ފޮރުވިދާނެ ކަމެއްނޫން. ވައްކަމޭކިޔާގެން އަނގަފޭކުރާއިރު މިއަދުއޮތްވެރިކަން ފެށުނީވެސް 95000 ރައްޔިތުން ރ ޔާމީންއަށްދިން ވޯޓުން ވައްކަންކޮށްގެން. ވެރިކަމަށް އިސްވެ 3މަސްނުވަނީސް ރައީސުމީހާ އިޢުލާންކުރި ސާފުފައިދާގެ 4.5ބިލިޔަންރުފިޔާ ގައުމަށް ލިބިއްޖެއޭ، އެކަމަކު އެވެއްދި ޚަޒާނާއެއް ދައިވެސް ބުނެނުދެވޭ!!! މިއީ ކަލޯމެންގެ ފެންވަރަކީ

    16
    1
  6. ސުވާ

    މިއީ މިސަރުކާރުން ކަނޑައެޅިގެން ހިންގާ ބޮޑު ޖަރީމާއެއް. ކީއްކުރާ ޝަރީޢަތެއްތޯ؟ ޝަރީޢަތެއްވެއްޖެއްޔާ ދެފަރާތަށް ނޫންތޯ ޝަރީޢަތް ކުރާނީ. ދެފާރާތަށް ނޫންތޯ ޝަރީޢަތް ކުރަންޖެހެނީ.ހަމަހަމަކަމާއިންސާފުވެރިކަމާއެކު ޝަރީޢަތެއް ކުރަންއައި ބަޔަކު ވަކިމީހެއްގެ ދުވަސްދުއްވާލަންއުޅުނަސް އަދި އެކަހަލަ ދިހަޔާމީން ޕީއެންސީ އިން ނިކުންނާނެ. ނިމުނީއޭ ހީކޮށްގެންނުވާނެ. ތިމާމެން ފުރަތަމަ ދުވަހުއްސުރެން ހިތުތެރޭގައި އޮތް ރުޅިވެރިކަމުގެ ބޭނުމުގައި ޔާމީން ޖަލަށް ލިޔަސް މިރާއްޖޭގައި އެމަނިކްފާނު ގެނެސް ދެއްވި ތަރއްޤީއަކީ އިބްރާހީމް މުޙައްމަދު ޞާލިޙުއާ އޭނާގެ އައްވާނުން ނަށް ގެނެސް ދެވޭނެ ފަދަ ތަރއްޤީއެއްނޫން.މިއީ ޔާމީން ޖަލަށް ލުމަށްޓަކައި ކޮންމެވެސް ބަހަނާ އެއްދައްކައިގެން ހިންގާ ފިނޑި ޢަމަލެއް. ބަދަލުހިފުމުގެ ރޫހުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެލްބޯޑު ޖަހައިގެން ހިންގަމުންދާ ސަރުކާރުން ހިންގަމުންދާނޭއްގާނީ ބޮޑު ޖަރީމާ. ޔާމީން މިނިވަންކަން މަތީގައި އުޅެންޏާ އަދި އިދިކޮޅުގައި ހުރިއްޔާމްވެސް މިއެލްބޯޑު ސަރުކާރަކަށް ކެތެއްނުކުރެވޭނެ.ވަރަށް ބިރުގަންނާނެ.
    ކޮންމެ ވޯޓަކާ ދިމާކޮށް ޔާމީން ޖަލަށް ވަރަށް ރީއްޗެއްނު.

    18
    2
  7. ޢަލި

    ލާރިކޭ އެންމެންގެ ނަންހާމަ ކުރި އެކަމު ޔާމީނުއެކަނި އެޖެންޑާ 19 ބޮޑުޖޯކް

    6
    1
  8. ޒަމީރު

    ބޮޑު ކަމަކާ ގުޅިގެން ގައުމު ގުޑުން އަރާނީ. ކުރީފަހަރު ޢަބްދުﷲ ޤާޟީ. މިފަހަރު ރައީސް ޔާމީން. ވެރިކަމުގެ ކިއްލާ ގުޑުވާލާނެ. އިންޝާ ﷲ. އެކަނި އެކަކަށް އެންމެ ބޮޑު ތާއީދެއް މިގައުމުގައި އަދިވެސް އޮތީ ރައީސް ޔާމީނަށް. 48 ޕަސެންޓް ހޯއްދެވި. ހީނުކުރާތި، ނަޝީދޭ، ނުވަތަ އިބޫއޭ އެންމެ ސަޕޯޓަރުން ގިނައީ. އެއީ ބިލާހެއް. ނަޝީދަކީ> 25 ޕަސެންޓް. 2 ފަހަރުވެސް ލިބުނީ އެވަރު. އިބޫއަށް އެކަނި ނުލިބޭނެ 5 ޕަސެންޓުވެސް. އެހެންވީމަ، ބޭހާނުކުޅޭތި ބަޑި. ނޭނގިތިއްބާ ގޮވާފާނެ ވެރިކަމުގެ ކިއްލާ އެކީ.

  9. ލކފޖފހފ

    ޖުޑީޝަރީން މޮޔައެއް ނުހަދާތި!!!! ވެރިކަމުގައި މިތިބީ، ދުވަހަކު ތެދެއް ހަދާނެ ބައެއްނޫން. ވަޢުދެއް ކޮށްފިނަމަ ގަދަރު ކުރާނެ. ވަޒީފާ ދެމިއޮންނާނެ ކަމަށް ނުވަތަ ރަނގަޅު ގޮތްހަދާދޭނެ ކަމަށް، ނުބައިކޮށް ކަންކަން ނުނިންމާތި. ވަޒީފާއެއްނޫން މުހިންމުވާންވީ މިވަގުތު. މިގައުމާއި، ގައުމުގެ މުސްތަގްބަލް މުހިންމުވާންވީ. ގައުމުގައި ހުރި ހަމައެކަނި، ގައުމު ދެކެލޯބިވާ ލީޑަރ ދުއްވާލުމަކީ، އެމީޙުންގެ އެންމެ އިސް އެޖެންޑާ. އެކަން ވާނީ، މިގައުމުގައި އެމީހުންއެދޭ އަމިއްލަ އެދުމަށް ބޯލަނބާ ޖުޑީޝަރީއެއްވެސް އޮވެގެން.

  10. Anonymous

    ރައީސް ޔާމީނަކީ، މިގައުމު ދެކެ އަދި ގައުމުގެ ރައްޔިތުންނަށްޓަކައި ތަރައްޤީއާއި ފާގަތިކަން ގެނެސްދީ، ވަށައިގެންތިބި، ހަސަދަވެރި ގައުމުތަކަށްވުރެ މިގައުމު ކުރިއެރުވި ރައީސް. ރައީސް ޔާމީން ހުރެއްޖެނަމަ، ދެންވެސް މިގައުމުތަކަށް މިބިރު އެބައޮތް. އެހެންވެ، އެ އެންމެންވެސް ބޭނުންވާނީ، ރައީސް ޔާމީން، ސިޔާސީ މައިދާނާ ދުރުގައި އެމަނިކުފާނުގެ އަޑެއްވެސް ނީވޭގޮތަށް ހަދާލަން.