ހއ.މޮޅަދޫ އިން ކަރަންޓް ކެނޑި ރަށް އަނދިރިވެއްޖެއެވެ.

މިރޭ މީގެ ކުރިން ވެސް އެތައް ފަހަރަކު ކަރަންޓް ކެނޑުމަށް ފަހު މިހާރު ރަށަށް ކަރަންޓް ނުލިބި އޮންނަތާ 30 މިނެޓަށް ވުރެ ގިނަ އިރުވެއްޖެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މިރޭ އެކި ފަހަރު މަތިން އެރަށުން ކަރަންޓް ދިޔަ ކަމަށާއި، ކަރަންޓް ދަނީ ކޮން ސަބަބަކާއި ހެދި ކަމެއް ނޭގޭ ކަމަށެވެ.

"ކަރަންޓް އައިސް ކެނޑިފައި އެގޮތަށް 45 ވަރަަކަށް މިނިޓްވި. ކަރަންޓް އައިސްވެސް މިނިޓެއް ވަރު ހުންނަނީ، ދެން ހަމަ ދަނީ". އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެރަށުން ކަރަންޓް ކެނޑެމުން ދަނީ ކޮން ސަބަބަކާއި ހެދި ކަމެއް ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިބުރާހިމް

  ރީނދޫސަރުކާރުން ކަރަންޱު ނެތަސް އަނދިރިވިޔަކަ ނުދޭނެ އޯގާތެރިސަރުކާރޯ!

  10
  1
 2. ކެޔޮޅު

  މުލީއާގޭ ކަރަންޱުހުރިއްޔާ ރާއްޖޭގެ ކޮއްމެރަށެއްވެސް އޮއްނާނީ އަލިކޮއް!!!!

  9
  1
 3. ނާޒުކު

  ޖަޒީރާ ރަށެއްނޫންތަ

 4. ބަކުރުބެ

  ތިހިރަ ފެންނަ ސޯލާޕެނެލް ތަކަކަކީ ކީއްކުރާއެއްޗެއްބާ؟ އެއީކަރަންޓް އުފައްދާއެއްޗެކޭ ކިޔާ.

 5. ނަސޭހަތް

  ހުރިހާކަމެއް ރަގަޅުކުރުމަށްއައި އޯގާތެރިސަރުކާރުން މޮޅަދޫ ކަނު އަދިރީގައި ނުބޭއްވެވުން އެދެން
  އޯގާތެރިވުމަކީހަަމައެކަނި ވިދާޅުވެލައްވާ ވާހަކަފުޅަކަށްނުހައްދަވާ ކަންކަން ހައްލުކުރެއްވުމުގެ ގާބިލް
  ކަންނެތީތޯ؟ އެހެންކަމަށްވާނަމަ މިކަންހާމަކުރައްވާފައި އިސްތިއުފާދެއްވުންރަަގަޅު