ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވުމުން އަނިޔާ ލިބެމުންދަނީ އުމުރުން ފަސް އަހަރުގެ ދަރިފުޅު، އިއްޒުއްދީން ފާރިސްއަށް ކަމަށް ފާރިސްގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ވިދާޅުވެއްޖެއެވެ.

ފާރިސްގެ އުފަންދުވަހާއި ގުޅުވައިގެން ލީޝިޔާ ރޭގެ ވަގުތެއްގައި ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، ނުހައްޤުން ފާރިސް ހައްޔަރު ކުރުމުން އަނިޔާ ލިބެމުންދަނީ އުމުރުން ފަސް އަހަރުގެ ދަރިފުޅަށް ކަމަށާއި، މީގެ އަށް މަސް ކުރިން ފާރިސް ހައްޔަރު ކުރީންސުރެ ދަރިފުޅު އުއްމީދު ކުރަމުންއައީ ފާރިސްގެ އުފަންދުވަސް ދަރިފުޅާއެކު ފާހަގަ ކުރުން ކަމަށެވެ. ނަމަވެސް މިހާރު ދަރިފުޅުގެ ހަމައެކަނި އުއްމީދަކީ އޭނާގެ ހަވަނަ އުފަންދުވަސް ބައްޕައާއެކު ފާހަގަކުރުން ކަމަށްވެސް ލީޝިޔާގެ ޓްވީޓްގައި ބުނެފައިވެއެވެ.

މީގެ 8 މަސް ކުރިން، 2017 ވަނަ އަހަރުގެ ޖުލައި 18 ވީ އަންގާރަ ދުވަހު އަޙްމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ދެފަހަރެއްގެ މަތިން އޭނާ ޖަލު ބަންދުން ދޫކޮށްލިއެވެ.

ދޫކޮށްލާފައި ހުރުމަށްފަހު، އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ޝަރުއީ ނިޒާމުގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލުމަށްފަހު ޤައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އިއުލާނުކުރި، ކުއްލި ނުރައްކަލުގެ ހާލަތު (ކރހ) ގެ ދަށުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފާރިސްގެ މައްޗަށް ތަފާތު ތުހުމަތުތަކެއް ކުރެވިފައިވާއިރު، ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުދާ

    .ތިިހެންވީރު މީހަކުުވައްކަންކޮށްގެން ހައްޔަރުކުރީމަ އޭނަގެ އަނބިމީހާ ބުނަންވީދޯ ގެއްލުންވަނީ ތިމަންނަގެ ދަރިއަށްްށޭ. ބޮޑު ޖޯކު

  2. ޜަސީދު

    2008 ކާހަމަޔައް ވެސް މީހުން ގެ އުފަން ދުވަސްވެސް ޢައިދޯ އަދި ދަރިން ނާ މައިން ބަފަިން ވެސް ތިބިދޯ ތިބުނާ ފާރިސް ސަކާ އެއްމެން ވެސް ތިބި

  3. ގާޒިބާރ

    ތިމީހުންނަށް މިއަދު ތި އިހުސާސް ކުރެވެން މެދުވެރި ކުރެއްވި ކަމައްޓަކައި ގަކީރިތި މާތްﷲ ހަމްދުކުރަން.އެ އިލާހު އިންސާނުން މަތިވެރި ކުރީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވެ އެއިލާހު އެންގެވި ގޮތަށް އުޅުމަށް.މައުމޫން ދިގުތިރީސް އަހަރު މިފަދަ ކިތށް އާއިލާތޯ ހުކުމެހ ކުރުމެއް ނެތި ޖަލުގަ އެތަށް ޒަމާނެއް ވަނދެނ ބޭތިއްބި އަދި ޖަލުގައި އެިރު އަނިޔާ ކުރޭ އެއްބަސް ކުރުވަން. މިހާރު ތިބެނި ނުހަނު އަރާާމުގަ ކަގެނ ބޮއެގެން

    • އަލީ

      ވަރަށް ބޮޑު ތެދެއް

    • ހުދާ
  4. އަލީ

    ފާރިސް އެކަނިތަ ޖަލުގަހުރީ ދަރިއަކު ހުރިމީހަކަށް ދެން ތިބި މީހުންގެ އަނބި ދަރިން ކޮބާ އެކުދިން ބޭނުމެއް ނުވާނެތަ އެކުދހިންގެ ބައްޕަ އާއެއްކޮން ބާތުޑޭ ފާހަގަ ކޮއްފަ އެކީ ކުޅެލާ ވަގުތު ހޭދަކުރާކަށް ކޮންފަދަ ބޮޑު ބަލާއެއް ތިމީހުން ނަކާހެދި

  5. ހައިހޫނު

    އުފަންދުވަސް މުސްލިމުން ނަށް ފާހަގަކުރެވޭނެތޯ ކާފަ ކައިރީގަ އަހާލަބަލަ.

    • ހުދާ
  6. ކައިލީ

    މަންޖެގެ ފިރިމީހާ އެގޮތަށް އުޅުނީމާ ގެއްލުންވީ ރާއްޖޭގެ ރައްޔިތުންނަށް. ދެން ކީކޭ ތި ކިޔަނީ.

    • ހުދާ

      ?????

  7. ހަލީމް

    ކަލޭގެ ފިރިމީހާ ވެރިކަމާހެދި ހޭބަލިވެގެން ކެމެރާމަނުން ވީޑިއޯ ކުރަން ހުއްޓަވެސް ރިޝްވަތު ބެހިއިރު ހިތަކަށް ނާރާތަ މިކުރަނީ ކުށެކޭ. ބޮޑުބޭބެ ވެރިކަމުގަ ހުރީމަ ހީކުރީދޯ ކޯޓުތަކަށް ފިލޭނެކަމަށް. ކަލޭގެ ޅިޔަނު ސީޕީ ކަމުން ވަކިނުކޮށް ހުރީ ރައީސްއަށް ނުކެރޭތީ ކަމަށް ދޯ ހީކުރީ. ކަލޭމެނަކީ، ވެރިކަމާ ޖާހައިގެން ހޭދެބައިވެފަ ތިބި ބައެއް.

  8. ތުންޔާ

    ކަލެއަށްވެސް ފެންނާނެ އޭނަ އުޅުނުގޮތް އެކި ޓީ.ވީ ޗެނަލް ތަކަށް އިންޓަވިއު ދެމުން، އެއީ ޙައްޤުގޮތްތަ؟ ކަލޭމެން ކޮށްފީޔާ ކިތަންމެ ބޮޑުކުށެއްވިޔަސް އަދަބެއް ނޯންނަންވީތަ؟ އޭނަ ހައްޔަރު ކުރީ ނުޙައްޤުންނޭ ބުނެވޭކަށްނެތް

    ޙައްޤުގޮތުގައި އުޅޭމީހަކާ ވަރަށް ވައްތަރު ބޮޅުގައި ކުލަޖައްސައިގެން ބުރުގާނާޅާ އިންނައިރު

  9. ޖެޓް

    ދަރިޔަށް ފުރަތަމަ ބުނެދެއްވާ ކާފަޔަކީ ޑިކްޓޭޓަރެކޭ

  10. ނަޢީމުބޭ

    ވެރިކަމުގެ ބޭނުމުގައި ގަޅާބެ ހެދިގެން ރިޝްވަތު ބެހީމާ ގެއްލުންލިބުނީ އިސްލާމްދީނަށް!