ސިއްހީ ބޮޑު މައްސަލައެއް ހުރުމުން ވިސާ އިތުރުކޮށް ނުދީ އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލަން އުޅޭ ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާއާ ގުޅޭ އެންމެ ފަހުގެ އަޑު އެހުން އޮސްޓްރޭލިއާގެ އެޑްމިނިސްޓްރޭޓިވް އެޕީލް ޓްރައިބިއުނަލް ގައި އަންނަ އޮގަސްޓް މަހު ފަހުކޮޅު ބާއްވަން ނިންމައިފިއެވެ.

އާއިލާ އާއި އެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ. ނަމަވެސް އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ކައިބާން އަށް މިހާތަނަށް ވެސް ހުރިހާ ޚަރަދެއް ކުރަމުން އައީ އާއިލާ އިންނެވެ.

ކައިބާން އަށް ވިސާ އިތުރުކޮށް ނުދީ އޭނާ ޑީޕޯޓް ކޮށްލަން އުޅޭތީ އޮގަސްޓް މަހު 10 ގައި އޮސްޓްރޭލިއާގައި ހާއްސަ ހިނގާލުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަައެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. އެހެންވެ ކައިބާންއަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ވަނީ ނިންމާފައެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ކުރި ބުނެފައިވާާ ގޮތުގައި ކައިބާންއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބޭނެކަން އަންގައި، ވެސްޓަން އޮސްޓްރޭލިއާގެ ހިމޮފީލިއާ ސާވިސް އިން ހޯމް އެފެއާޒް ޑިޕާޓްމެންޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ހޯމް އެފެއާޒް އިން ނިންމީ، އެ ކުއްޖާއަށް ވިސާ ދޭން ޖެހޭ ފަދަ ކަންތައްތަކެއް ހުރި ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.

ކައިބާން ވިސާ ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ކައިބާންގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ޤާނޫނު އޮންނަ ގޮތުން ކައިބާން ފަދަ އެތައް ކުދިންނަކަށް ކޮންމެ އަހަރަކު ވެސް ވިސާ ނުލިބުމުގެ މައްސަލަތައް ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސަމި

  އިންސާނީ ހައްޤުތައް ތިޔަހެރިގެން އޮހެނީ ނަމުން މަޝްހޫރު އޮސްޓްރޭލިޔާގައި. ތިޔައީ ދޯ ޑިމޮކްރަަސީއަކީ. ތިޔަ.ދައުވަ ކުރާ. އަދި އެތާ އުޅޭ ބައެއް ދިވެހިނވެސް އެ ވަރުތަނެއް ނެތްކަމަށް ދައުވާކުރޭ

  90
  3
 2. ސމީ

  ހައްޤު ތައް.ތިޔަހެރިގެން އޮހެނީ ނަން މަޝްހޫރު އޮސްޓްރޭލިޔާ ގައި. ލަދު ކޮބާ

  69
  3
 3. އޮސް

  މި މީހުން އަދި ރާއްޖެ.އަށް އެބަ.އާދޭ އިންސާނީ ހައްޤު ދަސް ކޮށްދެން

  72
 4. ޅަކީ

  ދެން ވަރަށް ސާފް އެގައުމުގަ ގާނޫނު އޮންނަގޮތުން ދިމާވި ކަމެއް

  12
  41
 5. ހިނި

  ކަލޭމެން އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ގައުމުތަކަށް އިންސާނިއްޔަތާ ޑިމޮކްރަސީ ދަސްކޮށްދޭން ދާންވީނު؟ އެކަމަކު މީ ފިރިހެން ކުއްޖެއްތަ؟

  13
  22
  • މޭރީޔާ

   ފިރިހެން ކުއްޖެއް

   11
   1
 6. ސމީ

  ދެން ވަރަށްސާފު އިންސާނީ ހައްޤުތައް ދވެހިންނަށް ދޮސްކޮށްދެން އަަންނ ޤައުމެއްގަ އެފަދަ ޤާނޫނެއް އޮވެގނވެސް ނުވާނެތާ .

  39
  1
 7. ސަޓޯ

  ތިހެންވީރު އޮސްޓްރޭލިއާގަ ބަލިމީހުނެއް ނޫޅޭނެދޯ

  38
 8. ދިވެހި

  ﷲ އިރާދަފުޅާ އެކު ތިޔަކަމުގައި ނަސްރު ލިބޭނީ އަހަރެމެންގެ ރަހުމަތްތެރި ޖަމަސާދުއަށް އިންސާﷲ

  52
  1
 9. ނަސީމްބެ

  ޖަމްބޭ ހިތްވަރުކޮށްލާ

  28
 10. ލަމީލާ

  އިންސާނީ ހައްގުތަކު ގެވެސް ލާމަސީލް؟ ޑިމޮކްރަސީގެވެސް؟ ދެން އަލްޖަހަމާ؟

  17
  1
 11. އައްޔު

  ކޮބާތަ ޓްރާންސްޕޭރެންސީ މޯލްޑިވްސް ކޮބާ އިންސާނީ ހައްގުގައިއޭ ތިމަން މަސައްކަތްކުރަނީއޭ ބުނޭ ހަޅޭލަވަމުންދާ އަލްފާޝިލް މުހައްމަދު ނަޝީދު

  22
  1
 12. ސައުވީސް

  ކީއްވެގެންތޯ މިމީހުން އޮސްޓްރެލިއާގައި އުޅެން މިޖެހުނީ؟

  7
  9
 13. ދިވެހި

  އެމިހުންއޮސްޓްރޭލިޔާގައި އެއުޅެނީ އެކުއްޖާގެ މަންމަ ވަކިދާއިރާޔަކުން މަތީތައުލީމް ހާސިލްކުރާތީ ސާފުވެއްޖެބާ....

  9
  1
 14. ބޭބެ

  އެމިހުންއޮސްޓްރޭލިޔާގައި އެއުޅެނީ އެކުއްޖާގެ މަންމަ ވަކިދާއިރާޔަކުން މަތީތައުލީމް ހާސިލްކުރާތީ ސާފުވެއްޖެބާ....

  6
  1
 15. މޭރީ

  މިއޮތްފަދަ އިސްލާމީ ގައުމުގެ މީހުން އިންސާނިއްޔަތު ނޯންނަ އޮސްޓްރޭލިއާއަށް ދަނީ ކީއްވެ؟

  8
  1
 16. ރޭސް

  މިހާރުވެސް އޮސްޓްރޭލިއާގެ ދޮން ކުއްޖެއް ނަމަ ތިހެން ނުހެދީސް. ހާދަ ތަހުޒީބޭ ދޯ.

 17. Anonymous

  ތިބުނާ ޑިމޮކްރަސީ ނަމޫނާ ގައުމުތައް މީ. ނުކުޅެދޭތީވެ ތަފާތު ކުރަނީ. މިއީ އިންސާފެއް ނޫން. މިއީ ކާފަރު ގައުމުތަކުން މުސްލިމުންނާއި މެދު އަދި ނުކުޅެދޭތީވެ ކަންކަން ކުރާ ގޮތް. އިސްލާމްދީނުގައި އެންމެން ހަމަހަމަ ވެގެންވޭ. އެއީ ކަޅަސް ދޮނަސް ކުޅެދުނަސް ނުކުޅެދުނަސް ފަގީރަކަސް މުއްސަންޖަކަސް.