ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ފުލުހަކު ހައްޔަރު ކޮށްފިއެވެ.ފު
ފުލުހުންގެ އޮފިޝަލް ވިދާޅުވީ ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އަދި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ ހައްޔަރު ކުރެވިފައިވާ ފަރާތަކީ ފުލުހުންގެ ވަޒީފާގައި އުޅެމުން އަންނަ ފަރާތެއް ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.
ކާފަރު ވީޑިޔޯ ތަކާ އެއްޗެހި ބަަލަނީ ކީއްކުރަންތަ...މި ފާޑަށް ތެޅޭ ކޮންމެ މީދަލެއްގެ ފަތިފުށް ބަލާއިރު ވާނީ މީހުނަށް ވަގަށް ތާއަބަދު އެ ކަހަލަ އެެއްޗެހި ބަލާ ސައިތާނަކަށް....މީހުނަށް ސިއްރުން ކުރިޔަސް އެ ފަރާތަށް ސިއްރު ނުކުރެވޭނެ ކަން އެމީހުނަށް ނޭނގެނީބާ...ސަހަރޯ!!!!
މަތިން ވައްޓާލާ އޭނާ އެކަން ކުރިނަމަ..
ނަމަކީ ކޮބާ ތިކަހަލަ މީހުންގެ ނަން ވެސް ހާމަކޮއްބަލަ އޭރުންދޯ އެގޭނީ
ފުލުހުން ތީ ވަރަށް ނުލަފާ ބައެއް
ޖަޒީރާ ވަރަށް ތަފާތުވާނެ ބަލަން ތިބޭ
16 ޖުލައި 2019 ދުވަހުގެ ފަތިހު މަސާޖުޕާލާއަކުން ސްޕެޝިއަލް އޮޕަރޭޝަންގައި މަސައްކަތްކުރާ 2 ފުލުހުންވެސް ހައްޔަރުކުރި. އިރުއެރީ ދޫކޮށްލީ. ވަޒީފާގައި މިހާރުވެސް. ކުރިންވެސް ވަޒީފާއިން ކަނޑާލައިފައިހުރި 1 ފުލުހަކުހުރި. އިންސާފަކީ ހުރިހާ ފާފައަކާއި ކުއްކުރާމީހުން މިނިވަންކުރުން ކަމަށް ވާނަމަ އެކަން އެބަކުރޭ. ދީނުގައި އޮތް ގޮތްތޯ މިއީ؟
ގެނޭ ތިކަލޭގެ އަލުން ހިތާނުކުރަން... ރީބްރޭން އަރުވާލާނަން... ވަގު ޔުނީފޯމު އަޅާފަ އުޅޭ ވައްތަރު
ސަދޫމުން ތަމްރީނު ހަދައިގެން އަންނަނީ. ޢައި ފިރިހެން ކުޅި ތިކުޅެނީ. ޢުސްތާކައް އަރުވާ ވައްޓާލަންވީ.
ރައްރަށުގަ ތިބޭ ގިނަ ފުލުހުންނަށް ގަޑިއަށް ޑިއުޓީއަށް ނުނިކުމެވޭ..ނިކުމެފަ ވެސް ތިބޭނީ އަބަދުވެސް އޮންލައިން ވެގެން މެސެޖު ކުރުމުގަ..ނޫނީ ޕަބްޖީ ކުޅުމުގަ. ދެން ތި ކުޅިވަރުވެސް ފެށީތިޔަ..
މުސްލިމުންގެ ގޮތަކީ ކޮބާ
ޖަޒީރާކުޅި ނުވަތަ ރަސްމަތީ ކުޅި ތިކީ ވަރަށް ތާރީހީ ކުޅިއެއް