ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް މަޖިލީހުގެ ކޮމެޓީ އިން އެކަށީގެންވާ ވަރަށް ޕޮއިންޓް ނުލިބި، އޭސީސީ އަށް އޭނާ އައްޔަން ކުރުމުގެ ފުރުސަތު ގާތްގަނޑަކަށް ބަންދުވެއްޖެއެވެ.

އޭސީސީ އަށް ފަސް ބޭފުޅަކު އައްޔަން ކުރަން ޖެހޭއިރު ރައީސް ޞާލިހް އިސްކަން ދެއްވާ 12 ބޭފުޅެއް ފާހަގަ ކުރައްވާ އެކަން މަޖިލީހަށް އަންގަވާފައިވެއެވެ. އޭގެ ތެރޭގައި ނިޔާޒް ވެސް ހިމެނެއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިޔާޒަށް އެކަށީގެންވާ ވަރަށް ޕޮއިންޓް ލިބިވަޑައެއް ނުގެންނެވިއެވެ.

12 ފަރާތާ އިންޓަވިއުކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި، އެންމެ މަތިން މެންބަރުންގެ މާކްސް ލިބުނީ އިބްރާހިމް ޝަކީލް އަށެވެ. އޭނާއަށް ވަނީ، 77.718 މާކްސް ލިބިިފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު، އާދަމް ޝާމިލްއަށް 77.284 މާކްސް ލިބުނު އިރު، ފާތިމަތު އަނޫލާއަށް 77.264 މާކްސް، މަރުޔަމް ޝިއުނާ އަށް 76.976 މާކްސް އަދި އާއިޝަތު އަބްދުﷲ އަށް ވަނީ 75.142 މާކްސް ލިބިފައެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ކޮމިޝަނަށް އައްޔަން ކުރަން ގާބިލް ކަމަށް ބަލަނީ، 75 މާކްސް ނޫނީ އެއަށް ވުރެ މަތިން މާކްސް ލިބިގެން އެވެ. ނިޔާޒު އަށް ލިބުނީ، 67.476 މާކްސް އެވެ.

މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ ވެސް މާކްސް ލިބިފައިވާ ތަރުތީބުން އެވެ. ނަމަވެސް މިހާރު 75 މާކްސް އަށް ވުރެ މަތިން ލިބިފައިވާ ބޭފުޅަކު މަޖިލިސް ތަޅުމުން އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ނިޔާޒްގެ ނަމަށް ވޯޓަށް އަހާނެއެވެ. އެހެންކަމުން އޭނާ އޭސީސީ އަށް އައްޔަން ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނިޔާޒް އޮޑިޓާ ޖެނެރަލްގެ މަގާމުން ވަކިކުރި ހިސާބުން ޔާމީނާއި ދެކޮޅަށް ނިޔާޒް ވަރަށް ބޮޑަށް އަޑުއުފުލައްވަމުން ގެންދެވިއެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް އެމްޑީޕީ އަށް މީސް މީޑިއާގައި "ކެމްޕޭން ވެސް ކޮށްދެއްވިއެވެ."

ކޮމެޓީގެ ރުހުން ނިޔާޒަށް ނުލިބުމާއި ގުޅިގެން އޭނާ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިހުސާނާ

    ކޮމެޓީ ރުހުން ކިހިނެއްހޭ ލިބޭނީ ކުރިން ޔާމީނު ކުރަމުން ގެންދިޔަ މުއާމަލާތްތަކުގެ ވާހަކަ ނުދައްކާ މަޤާމުން ބޭރުކުރީމަ ދައްކަންފެށީމަ!

    9
    6
  2. ރަޝީދު

    ރަނގަޅު އިޚްލާސްތެރިއެއް ވީމަ މާކްސް ނުލިބުުނު. އެމްޑީޕީ ފިކުރުގެ މީހުން ތިއަށް ހޮވޭނީ. ބަލަން ތިބޭތި، މިއީ އެބުނާ އިންސާފަކީ

    17
    4
  3. ރައްޔިތުމީހާ

    އިންޓަވިޔު ކުރަން ތިބޭ ބަޔަކު ބޭނުންނގޮތަކަށް އިންޓަވިޔުގެ ބައިން މާކްސްދެވިދާނެ. ނުރުހޭ މީހުން ކަޓުވާލެވޭނެ ގޮތަކީ މިގޮތްވީމަ.

    13
    2
  4. ކޭކުލި

    ހެހެ ނިޔާޒް އަށް ހީވީ ޔާމީނުގެ ކޮރަޕްޓް ވާހަކަ ދައްކައިގެން ދެމިލެވިދާނެކަމަށް ނަމަވެސް އެހެނެތް ނުވުތާދޯއެވެ

    އަނެކާ ކުރާ ގޯސްކަންތަށް ކިޔާދީ ހައްލު ކުރަން މަސައްކަތް ކުރަންވާނެއެވެ، ނަމަވެސް ޖެހުނު ތާކަށް އަރާ ބޭނުންހާ އެއްޗެއް ކިޔަންފެށީމަ ވަރަށް ހަޑީއެވެ

    ނިޔާޒް އަށް އަދި އެމްޑީޕީ ނޭގެނީ އެވެ، މިފަހަރު ވެރިކަމަށް އައި ކާށެވެ ، އެހެން ވީމާ އެހެން މީހަކު ކާކަށް ނުދެވޭނެއެވެ

  5. އައްޔު

    ހައްހައް ވިސެލްބޮލޯވަރޭ ޒީރޯ ޓޯލަރެންސްގެ ދަށުން އަދީބުގެ ފުރަތަމަ ކޮރަޕްޝަންގެ ވާހަކަ ފަޅާއަރުވާލި މޭސްތިރިޔާއަށް މިސަރުކާރުން ނޫނެކޭބުނެފި އަދިވެސް ވަޒީފާލިބޭތޯ ރައީސް ޔާމީނޭ ކިޔައިގެން ދޮގުހަދާ

    7
    1
  6. ބަނާނާ ސަރުކާރު

    އޯ މައިގޯޑް.. ސްޕީޗްލެސް.. އަންބިލީވްބަލް.. މިއީ ސްޓީލިންގ ޕެރަޑައިސް.. އެހެންވީމަ މިފިލްމުން ތިފަދަ ޑައިލޮގް ފެންނަމުންދާނެ.. ނިޔާޒަށް ސަލާމް އިބުރަތެ ލިބިގަންނާނެކަމަށް ހީކުރަން..

    6
    1