ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުންނަށް މަސައްކަތު ޢަމަލީ ތަޖުރިބާ ދިނުމަށް އައިލެންޑް އޭވިއޭޝަންއިން އެހީވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއް ބާއްވާ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޒްވީއެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަަސްވުމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމަކީ ސިފައިންގެ ވައިގެ ޚިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެއަށް ގެނެވޭ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން އުފެއްދުމާއި، ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ޤާބިލުކަން ލިބިފައިވާ ސިފައިންނަށް ހެދުމަށް ދެފަރާތުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    ތީތި ސަޅި

  2. ޙަހަހަަހަހާ

    ފައްކަލޭދޯ. މޯލްޑިވިއަންގަ ހުރީ ޑޭޝް 8 200، 300، އެއަރބަސް 320. އެމް އެން ޑީ އެފް ގަ އޮތީ ހެލިކޮޕްޓަރ އެއް އެކަނި. މުސްތަގްބަލްގަ އެމް އެން ޑީ އެފް އަށް ވެސް ގެންނަނީ ޑޭޝް8 އާއި އެއަރބަސް ގެ ފްލައިޓްބާ އަނެއްކާ. މޯލްޑިވިއަންއިން މިހާރު ފްލައިޓް ރޭޓިން ވެސް ޖަހަންފެށީބާ. މާތާހިރުވާނެ ޑިލޭ ނުވެ އޮޕަރޭޝަން ކުރިޔަށް ގެންދިއުމުގެ ޓްރެއިނިން މޯލްޑިވިއަން އިން ހެދިއްޔާ.

    2
    1