"އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް އަތުލާ" ގެ ނަމުގައި ހޮޓެލް ޖެން ކުރިމަތީ މުޒާހަރާކޮށްފިއެވެ.

ހޮޓެލް ޖެން ކައިރީގައި ޒުވާނުންގެ ބަޔަކު މުޒާހަރާ ކޮށްފައި ވަނީ އެ ހޮޓެލްގައި ބޭންކް އޮފް މޯލްޑިވްސްގެ 36 ވަނަ އަހަރީ އާއްމު ޖަލްސާ ކުރިއަށް ދަނިކޮށެވެ.

އެ ސަރަހައްދުގައި މުޒާހަރާ ކުރި މީހުން ތިބީ ތަފާތު ޝުއޫރުތައް ލިޔެ ޕޯސްޓަރުތައް ވެސް ހިފައިގެންނެެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވާ މަންޒަރު ފެންނަ ވިީޑިއޯ އާއި ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުން ވިދާޅުވީ މިރޭ ހޮޓެލް ޖެން ކައިރީގައި އަޑުގަދަކޮށް ބެނާއެއް ހިފައިގެން އުޅޭތީ އެސަރަހައްދުން ދުރަށް ދާން ފުލުހުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ދުރަށް ނުދިއުމުން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ މަރުކަޒަށް ގެނެސް ނަސޭހަތް ދިނުމަށް ފަހު 21:40 ގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާ ބީއެމްއެލް މެދުވެރިކޮށް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެބޭންކަށް ވަނީ މީގެ ކުރިން ވެސް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިއަދު

    ތިއީ މުޒަހަރާއެއް ކަމަކަށް ޤަބޫލެއްނުކުރެވެ ތިއީ ރައިސްނަޝީދުގެ ރޭވުމަށް މަހުލޫފާއި ޢަލީވަހީދު އަޑީގައިތިބެގެން ހިންގާ ސިލްސިލާ ޖަރީމާއެއްގެފެށުން ސިފައިންނާއިޕޮލިހުންހޭއަރާތިބޭތި

    112
    16
  2. ހަގީގަތކީމީ

    ތިޔަ އެމް އެމްޕީއާރުސީއައް ރުފިޔާ ޖަމާކުރަން ބިލެއްފާސްކޮއް ހުއްދަ ދިން މީހުންގެ މަސް އަލަވެސް ބަލަންޖެހޭ އެބުނާބިލް އެއް ފާސް ނުކޮއްދިންނަމަ ތިޔަބުނާ ރުފިޔާތަކެއް ތިޔަބުނާ އެމްއެމްޕީއާރުސީގެ ޖަރީމާއެއް ނުހިންގޭނެ ފުރަތަމަވެސް ބައްލަވަންވީ ކީއްވެގެންތޯ މިވަރުގެ ކޮރަޕްޝަނެއް ހިންގުނީ ވެދުން

  3. އަލުން

    8 ފެބުރުއަރީގައި އަންދާލި އިމާރާތްތައް، އެ އަންދާލިމީހުންލައްވާ އަޅުވަން މުޒާހަރާކުރަންވީނުން.

    19
  4. ށުމަން

    ޢަޅުގަޑަށް 5000/- ރ ހުށަ ހެޅުނު. ބުނީ މާ ބޮޑު ކަމެއް ކުރާ ކަށް ނުޖެހޭނެ ކަމަށް. ބޭނުން ވަނީ ހަމަ އެކަނި ޕިކް އެއް ކްރިއޭޓް ކޮއްލަންށޯ
    . ޢެކަމު ނުދިޔައީ ކުރީގެ ރައީސް ޔާމިން ގައުމަށް ގައްދާރު ނުވާ ކަން ގަބޫލު ކުރެވޭތީ
    . ކޮންމެ ރައީސެއްވެސް ރައްޔިތުންގެ ލާރިން ވައްކަން ކުރާނެ. ޔާމިން ކޮއްދެއްވިހެޔޮ ކަންތައްތައް އެހެރީ ފެން ނަން..

    20
    2
  5. ނަށީދު

    8 ފެބުރުއަރީގައި މުޅިގަޢުމުގަ ބޮޑުހުޅުޖަހާފަ އެތައް މިލިއަން ރުފިޔާ އަންދާލިމީހުންގެ މައްސަލަ ބަލަން މިވޯޓުން ވައްކަން ކޮށްގެން ރައްޔިތުންގެ ގުބޯ ހައްދައިގެން އައި ބައިގަޑަށް ކެރޭނެތަ އެމައްސަލަ ބަލަން؟

    12
  6. އިއްޔެ

    ތިޔަ ހަބޯކެހިންތަ؟ މުޒާހަރާގައި ބައިވެރިވީ.