ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވުމާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު އިތުރު ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަދީބު އިންޑިއާއަށް ވަޑައިގެންފައިވަނީ މިގެ ތިންދުވަސް ކުރިންނެވެ. އޭނާ އެތެރެވީ ޓަގު ބޯޓެއްގެ ކުރޫއެއްގެ ގޮތުގައި އޮޅުވާލައިގެން ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.
އަދި އަދީބު އިންޑިއާއިން ހައްޔަރުކޮށްފައި ވަނީ، އިންޓަލިޖެންސް މައުލޫމާތަކަށް އިންޑިއާގެ ޓުޓިކޮރަން ސިޓީގެ ބަނދަރުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހިލައާއި ހިލަވެލި އުފުލާ ޓަގް ބޯޓަކުން ކަމަށް އެ ނޫހުގައި ބުނެފައި ވެެއެވެ.
އަދީބު ހައްޔަރުކުރިއިރު، އޭނާއާއެކު އިތުރު ނުވަ މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހަކާއި، އިންޑޮނޭޝިއާގެ އަށް މީހެކެވެ.
އަދީބު ހައްޔަރުކުރިތޯ އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ޔަގީން ކުރަމުންނެވެ.
ތިޔަ ޓަގްބޯޓްގެ މާލޭ އެޖެންޓް ޓްރާންސްލިންކް ޕްރައިވެޓް ލިމިޓަޑް ތިޔަކަމާއި ބެހޭ ގޮތުން ޒިންމާ ނަގަންވާނެއެވެ ތިޔަ އެޖެންޓްގެ ފަރާތުން އޮފީސްތަކަށް ފޮނުވާނީ އާލިމް ކިޔާ ބޭރުމީހެކެވެ އާލިމް އަކީ ކުރީގައި އެމްއެންއެސްއެލްގައިވެސް ވަރަށްގިނަދުވަހު އުޅުނު މީޙެކެވެ
ޢަދީބުފިލުވީމިސަރްކާރުން