ބިދޭސީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެންނަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދީފިއެވެ.
ޤާނޫނު އަސާސީ އިސްލާހުކޮށް ބޭރު މީހުންނަށް ރާއްޖޭގެ ރަށްވެރިކަން ދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރޭ ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ރޭ ދެއްކެވި ވާހަކަފުޅަށް ބާރުލިބޭ ގޮތައް އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީން ރާއްޖޭގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވެ ކާފައިން ނުވަތަ މާމައިންނަށް ވެފައިވާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް ރާއްޖޭގެ ރަށްވެހިކަން ނުދޭންވީ ކީއްވެތޯ އާޒިމް ސުވާލު ކުރެއްވިއެވެ.
ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް ތާއިދުކޮށް އާޒިމް ޓްވީޓް ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމަށް ރައްދު ދިން ގިނަ މީހުން ވަނީ ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ދެކޮޅު ހަދާފައެވެ.
There are foreigners who have been living in the Maldives for more than 30 years having become proud grandparents here. What do you think of granting citizenship to such 'foreigners'?
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) August 2, 2019
މުސްލިމުން ނޫން މީހުންނަށް ރާއްޖޭގެ ރަށް ވެހިންނަށް ނުވޭ ގޮތައް އޮންނަ އޮތުމާއި، އިސްލާމްދީން ދޫކޮށްލާ ދިވެހިންނަށް ދިވެހިރައްޔިތު ކަން ގެއްލޭ ގޮތައް މިހާރު އޮންނަ އޮތުން ބަދަލު ކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި ބޭރުގެ އެހެން ބައެއް ޖަމިއްޔާތަކުން މީގެ ކުރިން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މުސްލިމުން ނޫން މީހުންނަށް ވެސް ދިވެހިރައްޔިތުންކަން ލިބޭ ގޮތް ހަދަން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ގުޅޭ ގޮތުން ސަރުކާރުން އަދި މާގިނަ ވާހަކައެއް ނުދައްކައެވެ.
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ރޭ ވިދާޅުވީ އެހެން ގައުމުތަކުގެ މީހުން ރަށްވެހިކަން ދޭން އުޅެނީ މި ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭތީ ކަމަށާއި އެއީ އެހެން ބަޔަކަށް ވޯޓުލުމުގެ ހައްގު ދީ، ތާއަބަދު ވެރިކަމުގައި ތިބެވޭނެ ގޮތެއް ހަދަން ވެގެން ކުރާ ކަމެއް ކަމަށެވެ.
ފަލަސްތީން އިޒްރޭލް ގެ ހާލަތު މި ބީތާއިންނަށް ނުފެންނަނީތަ
އިސްތިއުފާ،އިސްތިއުފާ،އިސްތިއުފާ،އިސްތިއުފާ،އިސްތިއުފާ،އިސްތިއުފާ
މިހާރުވެސް ބޭރުމީހުންނަށް ދިވެހި ރައްޔިތުންނަށްވެވޭނެ މުސްލިމުންކަމުގަވާނަމަ! ޔާމީނުގެ ވެރިކަމުގަ ޔަހޫދީންނަށާ ހިންދޫނަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ދިވެހިބިން މިލްކު ކުރެވޭގޮތަށް ޤާނޫއަސާސީ އިސްލާހުކުރީ. ޔައުމިއްޔާ ބަލާލީމަ ފެންނާނެ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅީ އޭރުގެ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނު ހުސެންމަނިކު. މިޔައްވުރެބޮޑު ޤައްދާރު ވުމަކާ ޚިޔާނާތެއް ދިވެހިދަޢުލަތަށް އޮންނާނެތޯ!
ޔާމީނެއް އިބޫއެއް މުހިންމެއްނޫން މިފަދަ ހުރިހާ ކަަމަކާ ކުރި މީހެއް ނުބަލަ ދެކޮޅު ވާން ޖެހެ
ޔާމީނު ކަހެރުވަކޭ ކިޔާނެ ކަމެއްނެތް، މިގައުމުގެ ރައްޔިތުން ކުރިމަތީ އެތައް ދޮގެއް ހަދާ މަކަރާއި ހީލަތުން ވެރިކަމަށް އައި ބައެއްތީ، މާތްﷲ ގަންދީ ހުވާކޮއްގެން ހުރެމެ ޢަމަލުތައް މުނާފިގުވެއްޖެ، ތިމާގެއެތެރެހަށީގެ ބިރުވެތިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރިނަމަ މިކަހަލަ ކަންތައް ނުކުރީސް، މާތްﷲގެ ކޯފާއެއް އަންނާނީ ކޮންވަގުތަކު ކަމެއްނޭގެ، އެހާވެސް ޢަމަލުތައް ނުބައިވެ ގައުމު ފަސާދައިގެ ތެރެއަށް ވެއްޓިފަ މިއޮތީ.
އައިސިސް މީހުންނަށް މޑޕ މެމްބަރުކަމާ މޑޕ ގެ ރައީސްކަންދީ. އީޔޫ މެމްބަރުކަން ވެސް އައިސިސް އަށް ދީ. އެކަމު އަހަރެމެން އެއްބަހެއް ނުވާނަން މިގައުމުގެ ރައްޔިތުކަން.
ޖަޒީރާ ރާއްޖޭގައި ދިވެހި ގައުމު މިދާ މިސްރާބު ﷲ ދެނެވޮޑިގެންވޭ
މީދެން ބޮޑު މުޞީބާތެއްނުން،
މި ރީންދޫ ބައިގަޑަށް އެއްޗެއް ބުނަންވެސް ނޭގިފަ މި ތިބީ ދޯ. ޢަދިވެސް ޖަޒީރާ ހެދިފަ ތިބޭ.
ޢާޒިމްއަކީ ޚާއިނެއް. މިސަރުކާރުގެ އިސްސަފުގައި މިތިބީ ބޮޑެތި ގައްދާރުން
އަނެއްދިވެހިރާއްޖެ މިފެންނަނީ.
ފުރަތަމަ ކަމަކަށް މިފަދަ ވިސްނުމެއް ހުރުމަކީ ވެސް ގައުމު ދެކެ ލޯބިވާ މިނވަރު ސާފުވާ ކަމެއް.. ކުރަން ނެއް ކަމެއްގެ ވާހަކަ ދެއްކުމުގެ މާނަ އެއްނެއް.. ބޮޑު ފައިލް
ވެރިކަން ވައްޓާލަން ބޭނުންވީތޯ
30އަހަރު ރާއްޖޭގަ އުޅުނުއިރު އިސްލާމްވިތަ؟ ނުވޭދޯ. ދެން ސިޓިޒަންކަން ދޭން ވީ ކޮން ބޭނުމެއްގަ؟
ނަމުގަ މުސްލިމަކަށް ވެގެން ދިވެހިންނާއި ކައިވެނި ކުރާ މީހުންވެސް މަދެއް ނޫން. ތިޔ އިސްލާހު ފާސްކޮށްފިނަމަ މިގޮތަށް އެތަށް ކާފަރުންނެއް ދިވެހިންނަށް ވާނެ. ގައުމު ފަސާދަވުން ނޫން ކަމެއް ނުވާނެ.
ހައްދަވާބޮޑުކުރެއްވިރަސްކަނލާގެކޮ އެމްޑީޕީ އަތުން މިދިވެހިރާއްޖޭގެ ވެރިކަން ފޮރޮޅުއްވާ އިސްލާމްދީނައް ވާގިދޭބަޔަކައް ވެރިކަންދެއްވަވާފާނދޭވެ ޢާމީން
މުޅިންކަރާފެޅުން އެންމެފުރަތަމަ މިގައުމުގެ ދަރިންނަށް ގޯތިގެދޮރުދެވޭތޯބަލާބަލަ ތިޔަ ތުވީޓް ކުރިމެމްބަރަކީވެސް މާލޭގެ ރަށްޔިތެއް އެކަމަކު އޭނާގެ އަނބިދަރިންގެޔާ ހުދު ތިމާމީހާގެ ގާނޫނީ ހައްގު ކަތިލާފަ މަގާމައްޓަކާ އެވާހަކަ ނުދައްކާ ބޭރުމީހުންރައްޔަތުންނައް ހަދަން ތިޔައުޅޭބޭނުން އެއީ 2023ގެ ރިޔާސީ އިންތިހާބުގައި ބިދޭސިން ލައްވާ ވޯޓްލާން މިހާރު އެބައިނގޭ ރައްޔަތުންގެ ތާއީދު ނެއްކަން ވަޓްއިސްދިސް ބަލަ ހިތައް އަރާހާކަންތަކެއް މާތް ﷲއިރާދަކުރެއްވިއްޔާ ނުވާނެ އާމީން
ދިވެހިރާއްޖޭގެ ސަލާމަތީ ބާރުން ނާއު، ފުކުހުންގެ ތެރޭތިއްބެވި އިސްލާމްދީން ދެކެ ލޯބިވާ ބޭފުޅުން މިކަން ހުއްޓުވަން މަސައްކަތްކުރަންޖެހޭ. ޑިމޮކްރެސީ ފެށެނީ ރައްޔިތުންގެ ބާރުން، ވީމާ ހޮންކޮންގް ގަ ހެދިގޮތަށް މަޖްލިސްއަށް ރައްޔިތުން ހާޒިރުވެ މިކަން ހުއްޓުވަންހެހޭ . އިސްލާމްދީން ދެކެލޯބިވާ ދަރިން ތެދުވެ ބަސްބުނަންޖެހޭ. މިކަމުގެ ފަހަތުގައިވަނީ އިސްލާމްދީން ނޫން ދީންތަކަށް އުޅެވޭގޮތް ހެދުން ..
1.ދިވެހިންނާއި އިދެގެން ތިބި ބިދޭސީ މީހުންނަށް ރައްޔިތުކަން ދިނީމަ، އެމީހުން ދެން ހޯދާނީ އަޅުކަންކުރާ ތަންތަން.
2. ރާއްޖޭގެ ރައްޔިތުންގެ ތެތެއިން ދީން ފަބޫލްނުކުރާ ލާދީނީ މީހުން ވަގުތުން އެހެންދީތަކަށް ފާޅުގަ އުޚެ ފައްޅި އެޅުމަށް ޑިމާންޑްކުރުން.
3. ކުރިޝްޓިއަން ދީންތަކުން ފުޅާދާއިރާއެއްގަ ރާއްޖޭގައި ހަރަކާއްތެރިވެ، ލާދީނީ މިނިވަންކަމަށް ގޮވާލާ އިންޓރނޭޝަނަލް ޕުރެޝަރ ރާއްޖެއަށް ކުރިމަތިކޮށް އިގުތިސާދު ފުޑާލުން.
ދަރިންނޭ ބިރުނުގަނެ ނުކުމެ، މިމީހުން މައިތިރި ކުރޭ. ޑިމޮކްރެސީގެ ނަމުގައި މިނިވަންކަމާއު، އިސްލާމް ދީން އޮޔާ ދުއްވާނުލައްވާ....
ރާއްޖޭގެ ރައްޔިތުކަން ފަރަންޖީންގެ 50000 މީހުންނަށް ދީގެން ވޯޓް އަޅާ ވެރިކަމުގަ ތިބޭން ރާވާ ހީލަތްތެރި ރޭވުމެއް މީ. މި ޤައުމަކީ މި ރީނދޫ ބައިގަނޑުގެ އެކަނި ގައުމަކަށް ހަދަން އުޅޭ ކަހަލަ
ސަރުކާރު ހަމަމަގަށް އަޅުވަން ރައްޔިތުން ނުކުންނަންޖެހިއްޖެ
މިކަމަކީ މާލުއި ގޮތަކަށް އޮވެއްޖެނަމަ ވަރަށް ނުރައްކާތެރި ކަމެއް. މިކުޑަ ޤަވްމުގެ ދީނަށާ އަމަންއަމާންކަމަށް ގެއްލުންހުރި މަސްއަލަތައް އުފެދި މަދަނީ ކޯޅުންގަޑެއްގެ ފެށުން މިކަމުގެ ސަބަބުން އުފެދުން އެކަށީގެންވާ ވަރަށްވެސް ބިރުހުރިކަމެއް.
އޭރުން ރާއްޖޭގެ ބަޔެއް ވެސް އެމީހުންނަށް ވިއްކާ ލެވޭނެ އެއީ ބޭނުމަކީ އޭރުން ބޭރު މީހަކަށް ވިއްކި ކަމަކަށް ލިޔުމުން ފެންނާކަށް ނޯންނާނެއެއްނު މިއީ ނުބައި ވެގެންވާ ބޮޑު ޖަރީމާ އެއް
ހާޑިމްހަމް އަށްް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް އަންނިި ހިންގާ ޖަޒީރާވަންތަ ޖަރީމާއެއް މިކަމާވިސްނާނެ ބަޔަކު ގައުމުގައިއެބަތިބިތޯ.
ބޭނުމަކީ ތަފާތު ދީން މިތަނަށް ގެނެސް ވެއްދުން
ރައްވެހިކަން ދޭހިސާބުން ގާނޫނު އަސާސީ އިސްލާހު ކުރާ ގޮތަށް އޮތީ އެފަދަ ދިވެއްސަކަށް އެމީހެއްގެ ދީނަށް އުޅުމުގެ މިނިވަންކަން ދޭން.
ދިވެހި ރައްޔިތުން ނިދިން ހޭލަން ވެއްޖެ. މިގައުމު ފަނާކުރަނިވި ބައެއް ވެރިކަމުގަ މިތިބީ.މިމީހުންގެ ދަރިން ތިބީ ލަންޑަނުގަ ގޯތި ގެދޮރު ގަނެދީފަ އެތަނުގަ. ނިކަމެތި ދިވެހި މީހާ ހާލުގަ ޖެހިފަ އޮންނާނީ
ޥިސްނަވާ...
ކޮބާ ތާހިރުވެއްޖެ؟ ދެން ތިބެ ޖަޒީރާ ގޮނދުދޮށައް ގުއިރޭން.