ސައުދީ އަރަބިއްޔާއިން އަންހެނުން ބާރުވެރި ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ސައުދީ އަރަބިއްޔާގެ ސަރުކާރަށް މަރުޙަބާ ދެންނެވި ދެންނެވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފާޑުކިޔުއްވާފައިވާތީ، ސީދާތާ އެކަމަށް ރައްދު ދެއްވައިފިއެވެ.
ސައުދީ އަރަބިއްޔާގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ޒަމާނުއްސުރެ އެގައުމުގައި އަމަލު ކުރަމުން އައި، މަހުރަމަކާ ނުލާ އަންހެނުން ދަތުރުކުރުން، ނުވަތަ މަހުރަމެއްގެ ހުއްދަނެތި އަންހެނުން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވަނީ ގިނަ ބަދަލުތަކަކާއެކު އަންހެނުން ބާރުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތަށް، އެގައުމުގެ މިނިސްޓަރ އޮފް ލޭބާ އެންޑް ސޯސިއަލް ޑިވެލޮޕްމެންޓް އަހްމަދު ބިން ސަލްމާން އަލްރަޖްހީ އަށް މަރުޙަބާ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓުގައި ވަނީ ކީރިތި ރަސޫލާގެ ހަދީޘް ފުޅެކެވެ. އެ ހަދީޘްފުޅުގައި އަންގަވާފައި ވަނީ "މަޙުރަމަކާ ނުލާ އަންހެނަކު އެކަނި ދަތުރު ނުކުރާ ހުށިކަމެވެ." މިހެންނެވެ. ސިދާތާއަށް ޓެގް ކުރައްވާ އިޔާޒް ވިދާޅުވީ މި ހަދީސް ބަސްފުޅަށްވުރެ ބާރުގަދަ އެހެން ބަހެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ސައުދީން ގެނައި ބަދަލުތަކުގައި ހިމެނޭ އެއް ކަންތައް ކަމަށްވާ މަހުރަމަކާ ނުލާ އަންހެނުނަށް ކާރު ދުއްވޭ ނިންމުމަށް ވަކިން އިޝާރާތްކޮށް ސިދާތާ މަރުހަބާ ނުދެއްވި ނަމަވެސް، އެ ނިންމުންތަކަށް މަރުހަބާ ދެންނެވުމާއެކު، އޭގެ ތެރެއިން ވަކި ކަމެއް ނަންގަވައިގެން އިޔާޒް ފާޑު ވިދާޅުވުމުން ސިދާތާ ވަނީ އަނެއްކާވެސް އިޔާޒަށް ރައްދު ދެއްވާފައެވެ.
ސައޫދީ އަރަބިއްޔާގައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ގެނެވޭ ގިނަ ބަދަލުތަކުގެ ތެރެއިން 1 ކަމެއް ނަގައި ޙުކުމެއް ނެރުމުގެ ކުރިން ވިސްނާލުން މުހިންމު. އަޅުގަނޑު ރިޢާޔަތްކޮށްފައިވަނީ ރާއްޖޭގައި ވެސް ޤާނޫނުއަސާސީއާއި ދީނުގެ އިމުގެ ތެރެއިން އަންހެނުންނަށް ލިބިދީފައިވާ ބާރުތަކަށް pic.twitter.com/Ph2NEAkWo2
— Shidhatha Shareef (@shidhatha) August 3, 2019
"ސައުދީ އަރަބިއްޔާގައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ގެނެވޭ ގިނަ ބަދަލުތަކުގެ ތެރެއިން 1 ކަމެއް ނަގައި ޙުކުމެއް ނެރުމުގެ ކުރިން ވިސްނާލުން މުހިންމު. އަޅުގަނޑު ރިޢާޔަތްކޮށްފައިވަނީ ރާއްޖޭގައި ވެސް ޤާނޫނުއަސާސީއާއި ދީނުގެ އިމުގެ ތެރެއިން އަންހެނުންނަށް ލިބިދީފައިވާ ބާރުތަކަށް،" ސިދާގެ ޓްވީޓުގައިވެއެވެ.
ސައުދީގައި އަންހެނުން ބާރުވެރި ކުރުވުމަށް ބަދަލުތަކެއް ގެންނަމުންދާއިރު، މިއީ ފަހަކަށް އައިސް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން އަޅުއްވާ "އިސްލާހީ ފިޔަވަޅުތަކުގެ" ދަށުން ގެނައި ބަދަލުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަންހެނުން ބާރުވެރި ނުވެގެން މިއުޅޭ މީހުންމައިތިރި ކުރަން ޕްލޭން ހަދާންވީ ވީ އެންމެ އަވަހަކަށް. އަންހެނުން ބާރުވެރި ވެއްޖެނަމަ ފަސާދަ އާންމުވާނެ. އެންމެ ނުބައި މަކަރު ލިބިގެންވަނީވެސް އަންހެނުންނަށްކަން މި ފާހަގަކުރަނީ އަންހެނަކަށްވެހުރެ. ގާލް ޕަވާގެ ނަމުގަ ދޭތެރެޖެއްސުމާ ޖާސޫސުކުރުމާ ފަސާދަކުރުމާ އާއިލާތައް ބަނގުރޫޓުކުރުމުގަ ނަން މަޝްހޫރުބައެއް ފެމިނިސްޓު އަންހެނުންނަކީ. މިމީހުން ފިރިހެނުންގެ ބޯކައިގެން މިހާރު ފިރހެނުންވެސް ފެމިނިސްޓު ހެދިފަ އެތިބެނީ. މީގެން ބައެއްގެ ބަލާ ޖެހުނު މީހަކަށް އެނގޭނީ އެކަން. ﷲއާ އެކަލާންގެ ރަސޫލާގެ ބަސްފުޅު ބޮލާލާ ޖެހީމަ ރުޅި އައުން ހައްޤު
ޢަދާލަތު ޕާޓީގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ޕޮލިޓީޝަނަށް އިޔާޒު ރައްދުދިންއިރު ނޭގުނުދޯ ހަމައެކަނި ޝިދާތާގެ މަސައްކަތުންްކަން ތިޕާޓީގެ އެންމެނަށް ވަޒީފާލިބިފަ ތިތިބީ. އިލިޔާސްވެސް ހައްޖު ކޯޕަރޭޝަނުގެ މުސާރަލިބޭ ވަޒީފާގެ އިތުރުން މެލޭޝިޔާގެ ޑިޕްލޮމޭޓުކަން އެހެންނޫނީ ހޯދޭނެގޮތެއް ބުނެބަލަ.
ސިދާތާގެބާރެއްއޮވެގެނެއް ނޫން އިމްރާނުގެ އާދޭހު ގެ ސަބަބުން ސިދާތާ އަށްވެސްމަގާމެެއް ލިބުނީ ހަނދާންކޮށްބަލަ ރިޔާސީ އިންތިޚާބް ކާމިޔާބުވުމާ ގުޅިގެން އެކިފަހަރު މަތިން އިމްރާން ތިޔަ ދާތާ އަކާބެހޭ ގޮތުން އެކިތަންތަނުގަ އެެެއީ ވަރަށް ގާބިލް މީހެކޭ ކިޔައިގެެން ދެއްކިވާހަކަ ތައް
ސިދާތާއެއްނޫން މާތްﷲ ދެއްވީމަ ލިބޭނީ..ސިދާތާ ގޭގައޮތަސް މާތްﷲ ދެއްވަން އިރާދަކުރެއްވުމުން ލިބޭނެ..ސިދާތާތީކާކުތަ؟؟ދީނީ އިލްމުވެރިޔަކާ ދެކޮޅަށް އަނގަފޭކުރަނީ ލަދުކޮބާ؟؟ މިހާރުދީނީނަސޭހަތް ދޭންފެއްޓީކަން ނޭގެސިދާތާ...އަދީބުވެސް ސިދާތާވާން އުޅެނިކޮން މާތްﷲ އެކަން ފަޅާއަރުއްވަން މެދުވެރިކުރެއްވީ....
ޝިދާތާ އަނގަ ހުޅުވާލާފަ ތިހެން ބުނީތީ ދެރަވޭ. ލަދުގަނޭ.. ދުނިޔެވީ މަޤާމުތަކަށް ނުހެއްލި ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅު ބެލުމަށް ނަސޭހަތްތެރިވަން. ޝިދާތާ ދުށީމެންނު ޔާމީނަށްވީގޮތް. ގަދަބަސް ބުނެފަ އުޅެނިކޮން އެހެރީ ވެއްޓިފަ. ހާމާނާއި ގާރޫނާއި ފިރުއައުނަށްވީ ކިހިނެތް. ވިސްނާ!!!!!
ތިމީހުންނަކީ ރަސޫލާގެ ހަދީސްގެ ލަފްޡުގައި ހިފައިގެން ދަމާމީހުން. ޢޭރުގެ ހާލަތާ މިއަދުހެ ޙާލަތު ބަދަލުވެއްޖެ. ރަސޫލާ ކޮންމެސް ބޭފުޅަކާ މުޚާތަބު ކުރައްވާ ހަދީސް ކުރެއްވިކަމަށް ބުނާތީ އަޑުއެހިން. ޢަންހެނުން ބިރެއްނެތި ހައްޖުގެ އަޅުކަން އަދާކުރަން އެކަނި މާއެކަނި (އެތަނެއް ހަނދާނެއްނެތް) މައްކާއަށް ދަތުރުކުރާނެތޭ. ޢެތަން ފެނާނެ. ޢިޔާޒުމެން ކިތަންމެ ދެކޮޅެއްހެދިޔަސް. ޢަންހެނުން ބާރުވެރިވެސްވާނެ.
ޢިސްލާމް ދީނަކީ ވަކި ޒަމާނަކަށް ބާވާލި ދީނެއްނޫން. ނޭގެންޔާ އަލުން ގްރޭޑް އެކަކުން ފަށާ
ސޯޅަ ގެވަޅަސް ސަތާރަ ގެވަޅަސް ދީނީ ވާހަކަ ނޭނގި ނުދެއްކުން ރަނގަޅުވާނެ އިސްލާމްދީން އިސްލާމީ ޝަރިޢަތް ބާއްވާލެއްްވީ ވަކި ދުވަސްވަރަކަށް ނުވަތަ ވަކި ޒަމާނަކަށްނޫން އެ ޝަރީޢަތް ބާއްވާލެއްވުމަށްފަހު ޤިޔާމަތާ ޖެހެންދެން، ބަޔަކު އެމޮޑެ ފުށްގަނޑެއްހެން ގުޅަ ޖަހާކަށްނޫން އެއީ ހުރިހާ ޒަމާނަކަށްވެސް ފެތޭގޮތަށް މާތްﷲ ބާއްވާލެއްވި ޝަރީޢަތެއް
އިޔާޒު ބުނުއްވީ ހަޤީގަތެވެ.ޤަބޫލު ކުރުމާ ނުކުރާ މީހާ އެބަ އިނގޭތޯ؟އަދާލަތު ރައީސް މިކަމާ ފިޔަވަޅުއަޅުއްވާ ޟިދާތާ އަށް
މިނިސްޓަރގެ މަގާމުގެ ދަހިވެތިކަން
ޥަކި މީހަކަށް ނުބަލާ ހައްޤު ބަސް ބުނުމުގާ.. ސާަބަހޭ
ދީން ނޭގޭމީހުން ކޮސް ގޮވާނެ.. ސާބަހޭ ޝެއިޚް.. ހައްގު ބަސް ބުނުމުގައި ވަކި މީހެއް ނުބަލާ
ބަލަ ގަމާރާ..! އެޙުކުމް ނެރުނީ އިޔާޒުތަ؟ މަގާމުގެ ދަހިވެތިކަމުގަ ދެބަންދިހާރަވެ އެވަރުވެސް ކަލެއަކަށް ނޭނގޭ ދޯ މިހާރަކު؟
އެހެން ވީމަ ދޯ ކަލޭމެން އެންމެން އަދި އިޔާޒު ވެސް ހިމެނޭ ގޮތަށް ތި ބުނާ އެއްޗެއް ހިފައިގެން ދަތުރު ކުރަނީ.އެއީ ކިހިނެއް އައި ހަދީސެއް ތޯ ވެސް ބެލުމެއް ނެތި ހަމަ ފާޑު ފާޑު ގެ ވާހަކަ ދައްކަނީ ތިބެ.ތި ކަަހަލަ ވާހަކަ ތަކެއް ދެއްކި މިދޭތެރެއުން ހިޖާމާ ޖެހުމާ ބެހޭގޮތުން ވެސް.ޑޮކްޓަތު މިބުނަނީ ހިޖާމާ ޖެހުމަކީ ސައިންޓިފިކް އެއްވެސް ކަހަލަ ބޭސިސް އެއް ނެތް ކަމެއް ކަމަށް
ހަދީޘްއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު ދީނީ ޢިލްމު ޑރ.އިއާޒަށްވުރެ ބޮޑަށް ތިބާއަށް އެނގޭހެން ހީވޭ..ބަލަ ހިޖާމާއިން ބަލިމީހާގެ ބައްޔަށް ފަރުވާއެއް ލިބޭކަން ސައިންޓިފިކް ގޮތުން ހޯދިފާނުވުމުން އެނގެނީ ސައިންސުވެރިންގެ ނުކުޅެދުން ތެރިކަން..ދެން ސައިންސުވެރިންނަށް ހިޖާމާގެ ފައިދާތައް ހޯދިފަ ނުވުން އެއީ ހިޖާމާއަށް އަހަރެމެން ދެކޮޅުހަދައި އިންކާރުކުރަން ޖެހޭ ސަބަބެއްނޫން..ސަބަބަކީ ހިޖާމާ ޖެހުމަކީ ސުންނަތުން ވ.ސާފުކޮށް އެނގެން އޮތްކަމެއް..ކީރިތި ރަސޫލާއަށްވެސް އެނގިވަޑައި ގަންނަވަނީ މާތްﷲ އެކަލޭގެފާނަށް އަންގަވައިދެއްވި އެއްޗެއް..އެކަލޭގެފާނު އަމިއްލަފުޅަށް އެއްވެސް އެއްޗެއް ވިދާޅުނުވޭ..އެކަލޭގެ ފާނުގެ ހަދީޘްބަސްފުޅު ތަކަކީވެސް ހަމަ ﷲގެ ވަޙީ..
ޙިޖާމާ އަކީ ޤުރްއާން ރަސޫލާޔަށް އުގަންނަވައިދެއްވި ގޮތަށް ޖިބްރީލްގެފާނު އުނގަންނަވައި ދެއްވި ކަމެއް ނޫން . އެކަމަކީ ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ޗައިނާގައި ކުރަމުން އައި ކަމެއް ޢަރަބި ކަރަޔަށް އެކަމެއް އެނގުނީ މާފަހުން . ޙިޖާމާ އަކީ އިނގިރޭސި ބަހުން މިކިޔާ "ކަޕިންގ". މީ ދޮގެއްތޯ ޙިޖާމާގެ ތާރީޚް ރަނގަޅަށް ކިޔާބަލަ . ރަސޫލާޔާ މަތިކޮށްފަ ހުރިހާކަމެއް ކާމިޔާބު ކުރަން ނޫޅޭ .
އަދުރޭ ކިޔައިފިއްޔާ ހަމަ ވާގޮތްތަތީ؟؟؟
އެކަކު ސަރުކާރު ވައްޓަން ފޫގަޅާފަ.
އަނެކަކު ރަސޫލާއަށް ބަދުބަސް ބުނެވޭއިރުވެސް ނޭންގޭދޯ..
ގަމާރު ވުމަކީ އަދި ތައުލީމެއް ލިބިފަ ނެތުމަކީ އަހަރެމެން ކުރާ ކަށް ކަމެއް ނޫން
ސިދާތާއެކޭ ވެލްޒިނީއެކޭ ތަފާތެއް ނެތް
ބަލަ ސިދާ ތިޔައީ ބޮޑުވަރެއް ވެރިކަން ލިބުނު ހިސާބުން ފެނުނީ ފާޅުގައި ހިލޭ ފިރިހެނުންނާ ސަލާމް ނުކުރަން ފަށައިދި ތުންފަތުގައި ކުލަޖައްސަން ފަށައިފި މިހާރު އަންހެނުން ބާރުވެރިވާންް ކަމަށްބުނެ ދެކެވޭ ނުދެކެވޭ ވާހަކައެނޭނގިގެން ތިއުަލެނީ ވެރިކަމުގެ ދަހިވެތި ކަމުގައި
މީގަ އަހުން ތާއީދު ކުރަނި ސިދާތާއަށް މީގަ.. މި ބުނީ އެމްޑީޕީއަށާ އެމީހުންގެ އައްޑާއިންނަށް ސަޕޯޓުކުރާވާހަކައެއް ނޫން.. ވަކި ޒަމާނެއް ވަކި ހާލަތަކަށް އައިސް ހުންނަ އެންގެވުންތަކާ ހުރިހާ ޒަމާނަކަށް ފެތޭގޮތަށް ހުންނަ ހުލުމްތައް ވެސް ދީނުގަ ހުރޭ.. މުއްލާ ވިސްނުމުގެ ބައިގަނޑު އުޅެނީ ދީނަކީ ހަރުކަށި އަދި ޒަމާނަށް ނުފެތޭ އެއްޗެއްކަމުގަދައްކަން ހަދީޘްތަކުގެ އަސްލު މާނަ އޮޅުވާލައިގެން
ދުނިޔެ އަށް ބދަލު އަޔަސް އިންސާނުން ބަދަލު ވިއަސް ގުރުއާނާއި ހަދިސް ބަސް ފުޅު ތަކަށް ބަދަލެއް ނާންނާނެއެވެ. ގައިރު މުސްލިމުން ކޮޕީ ކުރުމުގައި މުސްލިމު ގިނަ ބަޔަކު އުޅެނީ ވ ކުރީގައެވެ.
ސަލާމް.ޝައިޚް ޝިދާަތާއަކަށް ރައްދެއް ނުދެއްވާ.މާތްނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމައިގެ ހަދީސްފުޅުން އެކަން އޮތްގޮތް ހަނދާންކޮށްދެއްވީތާ.
ސިދާތާ މިހާރު އެހުރިހާލަތުގަ މުސްލިމު ފިރިހެނަކަށް ސިދާތާޔާ ކައިވެނިކުރުން ހުއްދަވެގެންނުވާނެ. އެހެނީ އެކަނބުލޭގެ މިހާރުވެސް އެހުރީ ހަލާލް ކައިވެންޏެއްގެ މަތީގަކަމުން.
ދަތް ގޯނި ތަނެއްދޮރެއް ނޭންގޭ
ފެމިނިޒަމް.މި ޖީލުގެ ހަލާކު. ވަރަށް ނުރައްކާ ފިތުނަވެރި ކަމެއް އެއީ.
މިފެންނަނީ ރޯނު އެދުރަކަށް ބާރު ލިބުނީމަ ވާގޮތް ބަލަގަ މީނަޔަށް ބާރުދީފަ ދުވަހަކު ލޮލުންވެސް ނުދެކޭފަދަ ކާރެއްދީފަ ބޮޑު މުސާރަ ދީފަ ހަވާލުކުރީ ކުޑަކުދީން ތަކެއް ބެލުމުގެ ޒިއްމާ އެކަންވެސް މީނަޔަކަށް ނުވި އެކަމަކު އަނގައެއް އޮތީމަ ތަޅުވާ ނަގާތީ އުދަގޫވޭ.
ޝައިޚް ސިދާތާގެ ރައުޔު އަކީ މިޖުތަހިދު ރައުޔުއެއްތާއެވެ.
ސިދާތާއަކީ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮއް ސަލާން ކުރަމުން ހިނގާ މީހެއް.. ވީމާ ވީއާ ނޮޓް ސަޕްރައިޒްޑު.
އިސްލާމްދީން އަންހެނުން ބާރުވެރި ކޮށްދީފައިވާ މިންވަރަށް ސި ދާތާއަށްވެސް އަދި ސައުދިއަރަބިއާ އަށްވެސް ކޮށްނުދެވޭނެ. ސިދާތާވެސް އެއުޅެނީ އަދާލަސު ސިޔާސީ ދާއިރާ އަށް ނިކުށް މަގުސަދު ހަދާންނެތިގެން. ނުވަތަ އިއްޒަތާ ޝަރަފު ލިބުނީމާ މީގެކުރިން ހަނދާން ހުރި ދީނުގެ ކަންތައްތައް ހަދާން ނެތުނީ. އަނެއްކާ ސައުދީން އެކަން ކުރުމަކީ ށިދާތާ އަށް ލިބުނު ޝަރަފަކީތަ
އިޔާޒަކީވެސް އަދި ޝިދާތާ އަކީވެސް ޢިމްރާން ފަދަ ރީނދޫ ދެ ޕަޕެޓުން. އެހެންވީމާ ކިޔޭ އެއްޗަކުން މާތް ވެގެންވާ އިސްލާމްދީނަށް ފާޑުކިޔޭއިރުވެސް އެމީހުނަށް ނޭނގޭނެ.
ކޮންމެ ބަޔަކު ކުރިޔަސް އަދި ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުން ކޮންމެ ގޮތަކަށްއޮތަސް ޑރ.ޢިޔާޒު އިއްވީ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ ބަސްފުޅު. ތި ހުރިހާ އެއްޗަކަށް ވުރެ އެބަސްފުޅު މަތިވެރި ވެގެންވޭ.
ސިދާތާ ވަރެއް ހަމަނެތް . ދަތްޕިލާގަ ނަރުގަނޑު އަޅުވާލީމަ ބާކީބައި ހަމަޖެހޭނެ.
ތިކޟޫޏސިދާތާގެ މިނިސްޓަރުކަން ގެއްލެން އުޅޭކަން ތިކަމުން
ދިވެހި ކޮންމެ މީހަކީ އާމްދަނީ ލިބޭ މީހެއް. ތުނބުޅި ލީ ކޮންމެ ދިވެހި ފިރިހެނަކު 4 އަނބީންނާއި އިންނުން ބަޖުބޫރު ކުރާ ޤާނޫނެއް ހަދަންފެނޭ އަންހެނުން ބާރުވެރި ކުރުމަށް،
1 ފިރިހެނުންނަށް 4 އަނބީންގެ ތެރެއިން އިންސާފުން އަނބިފިރި ކަން ކުރުމާއި ޚިދުމަތް ކޮށްދިނުމުގައި އަދުލު ގާއިމުކޮށްފި ނަމަ އެވީ އަންހެނުން ބާރުވެރި. މިއީ އެންމެ ރިވެތި ބާރުގަދަ ނަމޫނާ.
ދިވެހި ކޮންމެ މީހަކީ އާމްދަނީ ލިބޭ މީހެއް. ކޮންމެ ދިވެހި ފިރިހެނަކު 4 އަނބީންނާއި އިންނުން ބަޖުބޫރު ކުރާ ޤާނޫނެއް ހަދަންފެނޭ އަންހެނުން ބާރުވެރި ކުރުމަށް،
1 ފިރިހެނުންނަށް 4 އަނބީންގެ ތެރެއިން އިންސާފުން އަނބިފިރި ކަން ކުރުމާއި ޚިދުމަތް ކޮށްދިނުމުގައި އަދުލު ގާއިމުކޮށްފި ނަމަ އެވީ އަންހެނުން ބާރުވެރި. މިއީ އެންމެ ރިވެތި ބާރުގަދަ ނަމޫނާ.
ސިދާތާ މަޤާމަކާއި ބާރެއްއަދި ޝަރަފެއް ލިބުނެއްކަމަކު އިސްލާމްދީނުގެ އަސްލުތަކައި ޚިލާނުވުމަށް ގޮވާލަން 3 ދުވަހަށްވުރެ ދިގުތަތުރެއްގައިދާނަމަ މަޙުރަމަކާއެކު ނޫނީ ނުދިއުން އެއީ ރަގަޅުގޮތްކަމަށް އިސްލާމެދީނުގައި ކަޑައެޅީ ޑރ އިޔާޒް އެއްނޫން އިޔާޒްވެސް އެވިދާޅުވަނީ ދީނީގޮތުން އެނގިދަސްވެފައިހުރި ކަންކަމުގެ ވާހަކަ އަޅުގަނޑަށްވެސް އެގޭ އަހަރެމެންކަހަލަ ފިރިހެނުންނަށްވުރެ މާބޮޑުތަކުންވެސް އަޑުރީތި އަދި ވ ރީތިކޮށް ޤްރުއާންކިޔަވާ އަންހެނުން އެބަތިބިކަން ވ ގިނަ އަންހެނުންނަކީ 5 ވަގުތު ހަމަޔަށްނަމާދުކުރާ ދީނުގެ ކަންތަކަށް ވ ބޮޑަށް ސަމާލުކަން ދީގެން އުޅޭ ބައެއް އެކަމަކުވެސް ކީކުރަނީ ފިރިހެނުން ހިމެނޭ ޖަމާޢަތެއްގައި އަންހެނަކަށް އިމަމަކަށް ނުވެވޭނެ އަޑު ކިތަންމެރީއްޗެއްކަމަކު މެމްބަރަށްއަރާ ޚުޠުބާއެއް ނުދެވޭނެ މިއީ މިއަދުގެ ޢިލްމުވެރިން މަނާކޮށްފައިއޮތްކަމެއްނޫން ﷲ ސުބުޙަނަޙޫވަތަޢާލާ އަޅުގަނޑުމެންނަށް ފުރިހަމަކޮށްދެއްވި އިސްލާމްދީނުގައި އޮތްގޮތް މިޒަމާނުގެ ޑިމޮކުރަސީ ކިތަންމެ ފައްކާވިއަސް ކިތަންމެ ފުރިހަމަވިއަސް މިގައުމަކު އިސްލާމްދީނުގައި އެކަމެއް މަނާކުރައްވާފައިއޮތް ކަމެއް ކުރުމަކަށް ހުއްދައެއް ނުދެވޭނެ އެހެންވީމަ ސިދާތާ މިހާރު ތިހުރި ރޭންކުން ކުޑަތަންކޮޅެއް ތިރިވެ ބިމުގައި ފައިޖައްސާލުމަށް ނަސޭހަތްތެރިވަން
ޝިދާތަމެން ފިރިހެނުންނާ އަތްޖޯޑުކުރަނީވެސް ނުހަނުބާރަށެވެ.