ޓަގުބޯޓެއްގައި އިންޑިއާއަށް އެތެރެވުމަށް އުޅުއްވަނިކޮށް އެޤައުމުން ހިފަހައްޓައި ރާއްޖެއަށް އަނބުރާ ފުރުވާލާފައިވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ރާއްޖެއަށް ގެނައުމަށްފަހު ވަގުތުން ދޫނިދޫއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

އެނގިފައިވާގޮތުން މިރޭ 10:30 ހާއިރު އަދީބު ރާއްޖެއަށް ގެންނާނެއެވެ. އެއަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ގެންދާނީ ސީދާ ދޫނިދޫއަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދީބު ރާއްޖެއަށް ގެނައުމަށް މިހާރު ދަތުރުކުރަމުންދާއިރު، އޭނާ މިވަގުތުވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އިންޑިއާއިން ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައި ވަނިކޮށް އަދީބު ރާއްޖެއަށް ފުރުވާލައި، ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކާއި ކަނޑުމަތިން ހަވާލުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އަދީބު ފިލައިގެން ދިޔައީ ފުލުހުން މައްސަލަތަކެއްގައި ސުވާލު ކުރަމުން ދަނިކޮށެވެ. އެހެން ނަމަވެސް ފުލުހުންނަށް އަދީބު ދިޔަކަން އެނގުނީ އިންޑިއާއިން ހިފެހެއްޓުމުންނެވެ. އޭނާ ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ.

ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި، އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައެވެ.

އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި، އިންޑިއާއަށް އެތެރެވިޔަނުދީ އަދީބު ފުރުވާލީ އޭނާގެ މެޑިކަލް ޗެކަޕް ހަދައި ކާނެ ކާއެއްޗެހިވެސް ޙަވާލުކޮށްފައެވެ. އިންޑިއާއިން މިގޮތަށް ކަންތައް ކޮށްފައިވަނީ، އެޤައުމުގެ ހިމާޔަތަށް އަދީބު އެދިފައިވަނިކޮށް ފޮނުވާލުމުން، އިންޑިއާއިން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފުވީ ކަމަށް ބެލެވިދާނެތީ އެ ފުރުސަތު ނުދިނުމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ނިއު އިންޑިއަން އެކްސްޕްރެސް" ގައި ބުނެފައިވާގޮތުގައި، އަދީބު އިންޑިއާއަށް ދަތުރުކުރެއްވީ ރާއްޖޭގައި ރައްކާތެރިކަން ނެތުމުން އިންޑިއާއިން ރައްކާތެރިކަން ހޯއްދެއްވުމަށެވެ. އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، އަދީބަށް ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ވެލި ބަރުކޮށްގެން ދަތުރުކުރި ޓަގު ބޯޓަކުން އަދީބު އިންޑިއާއަށް ދަތުރުކުރައްވަމުން ދަނިކޮށް އެ ބޯޓު ހިފަހައްޓާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން އެ ބޯޓު ހިފަހައްޓާފައިވަނީ، އެފަރާތްތަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އިންޑިއާގެ އައްސޭރީގެ ސަރަޙައްދަކުން ކަމަށް ނޫސްތައް ބުނެއެވެ.

"ވާގޯ 9" ގެ ނަމުން ނަންދީފައިވާ މި ބޯޓުގައި ނަގާފައި ވަނީ ސިންގަޕޫރު ދިދައެއް ކަމަށާއި، އެއިން ދަތުރުކުރީ އަދީބުގެ އިތުރުން އިންޑިއާ މީހަކާއި އިންޑޮނީޝިއާގެ 8 މީހެއް ކަމަށް ވެއެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. .....

  މާފަތިހިފައިގެންއަވަހަށްދާންވީނު.އެވަޑައިގަތީތިކުދިންގެޣާޒީ.

  32
  1
 2. އެމް.Tީ.Dީ.Tީ

  ސިޔާސީ ރަންޑި އަދީބުގެ ނަން "ޓަގުބެ" މިނަމަށް ދުނިޔޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ މަރުމޯނުންނާއި ސިޔާސީ ގޮތުން އުކުނިކޮއްޓާ އެންމެންގެ އިއްތިފާގުން ދާދި ދެންމެއަކު ވަނީ ފާސްކޮށްފައެވެ.

  42
 3. ރަނޭ

  ޕޮލިސް ކޮރަޕްޓް އެންޑް ފެއިލް....
  ސިފައިން ފަލަކުއްޖާއާއި ހަވާލުވުމަށް ދަންނަވަން...

  38
  3
  • ކޮރަޕްޝަން

   ފުލުހުންގެ ވެރިޔާއި ސިފައިންގެ ވެރިންނަކީ ނޮވެމްބަރ 3ގެ ޓެރޮރިސްޓް ބޮޑުންނަށް ސަޕޯޓުކުރާ، ޓެރޮރިސްޓް ބޮޑުންނާއި އެއްހިޔާލެއްގެ، ޓެރޮރިސްޓް ބޮޑުންނަގެ އާއިލާ ބޭފުޅުން. ސޯ ވަޓް ޑޫ ޔޫ އެކްސްޕެކްޓް؟

   12
   4
 4. ބަކުރުބެ

  އަވަހަށް ހިނގާ ހަވާއަރުވަންދާން

  36
  1
 5. ސަމީރު

  ކޮބާ ތި ފެޓޭ އަންހެނުން ދެން ކީކޭބާ ކިޔާނީ އަދީބޭ ކިޔައިގެން ބޮޑުވަގު ފެޓޭ

  12
 6. އަަހަރެން

  އަދީބު މިނިވަންކުރޭ ގޮވާނެ ބަަޔަކު ތިބެންވާނެ އެންނު.

 7. ޢަލީ

  ކޯއްޗެއް ހަދަންތަތިޔައުޅެނީ؟އަދީބުއަދި ބޭޏުންވިޔަކަސް ނުފުރޭނެ ބަޔަކު ފުރުވީމަ އެހީވީމަ ދެވޭނީ؟؟ މިސޯލިހެކޭ ކޮޔާއެތި ކޮންތާކަށް ވަންނަންތަ އެދަނީ ހަފުތާޔަކު ދެފަހަރު ރާއްޖޭގެ ވެރިކަމާހެދިޔެއްނޫންތަ ދޮގުތައްހަދާ ހުވާކުރީކީ...ހީވަނީ ދަތުރުކުރާ މިނިސްޓަރުހެން މައިތިރިނުވޭ ފުރާހާފުލައިޓަކުން އެބަދޭ؟؟އަދީބު ކިޔަންފެއްޓީމަ އެނގޭނީ މިކަމުގެ ހަގީގަތް..ޔަގީނޭ މިސޯލިހުކުރިވަން އުޅުނުކަމެއް އަދީބުލައްވާ ފަޅާއެރީމަ ކަޑަވީ އަބަދު އަތަށްދޯ ގޮވަނީ..ވެރިކަމުން ވަށްޓާލާ

  12
  6
 8. ..؟؟

  ކޮބާމާފަތިއަޅުވައިފިތަ؟?އެސޮރުކަރުގަ

  9
  1
 9. އައްޓަމަސް

  ބަލަފުރަތަމަވެސް ފުލުހުންގާނޫނާއި ޚިލާފުތިވީ ގާނޫނުގައިއޮންނަނީ ފުލުހުންގެ ބެލުމުގެދަށައް ގެންދާމީހާ ހާޒިރުކުރަންޖެހޭނީ އެންމެކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ކަމަށް އަދި ފުލުހުންގެ ބެލުމުގެދަށައްގެންދާތާ 24ގަޑިއިރުތެރޭގައި ކޯޓަށްހާޒިރުކުރަންޖެހޭނެކަމަށް! މީއަސްލުގައި ގާނޫނު ހަދަންތިބިފަރާތްވެސް ނުކުޅެދޭތީވާގޮތް، އައިސްދާނެ ހާލަތަކަށް ރިއަޔަތްނުކޮއް ގާނޫނެއްހަދާފައި ދޫކޮއްލީމައި ވާނެ ހައެތިމިވަނީ! ކިއުންތެރިންނަށް ކީފައިވާނީ ހުޅުމާލޭންހައްޔަރުކުރި 2 މައިން ހުޅުމާލޭޕްލިސްސްޓޭޝަންއަށް ނުގެންގޮސް މާލެޕޮލިސްއަށް ގެންދިޔައިމައި ހައްޔަރުކުރުމުގެގާނޫނުގެ އިޖްރާތާއި ޚިލާފަށް ފުލުހުންއަމަލުކުރީއޭބުނެ ކޯޓުން އެދެމައިން ދޫކޮއްލިކަން... ވީމައި މިފަހަރުވެސް ވާނީ....

  7
  2
  • ކުޑަބަޖަރާ

   ބަލަގަ އައްޓަމަހާ. ބޭނުމަކީވެސްއެއީއޭ. އަދީބު ދޫކޮށްލެވޭނީ ފުލުހުން ގާނޫނާޚިލާފު ވެގެންނޭ. އަދީބު ހައްޔަރު ކުރާކަށް އެމްސީ ހަމީދު ބޭނުމެއްނުވޭ. އެހެންވީމާ މިގޮތަށްކަންތައްކުރީ. އޭރުން އަދީބު ދޫކޮށްލާނީ ގާނޫނީ އިމުގެ ތެރޭން.

  • އަހްމަދު

   ބޭނުމަކީ އަދީބު ދޫކޮށްލުން. އެމްސީހަމީދު ހަމަގަސްތުގައި ގާނޫނާ ޚިލާފަށް ބަންދުކުރަންއެންގީ. އޭރުންތާ ގާނޫނުގެ ތެރެއިން އަދީބު ދޫކޮށްލެވޭނީ.

 10. މެސީ

  އަންނި އަކީވެސް ފިލައިގެން ދިޔަ މީހެއް ، އޭނަ ފިލި މައްސަލަ ވެސް ބަލަންޖެހޭ. ޤާނޫނުގަ އަންނި އެއް އަދީބެއް ތަފާތުވެގެން ނުވާނެ.

 11. ޝިޢާ

  ތީ ސަރުކާރުން ޝަރުޢީ ނިޒާމް ގަޑު ބަޑުކުރުމުން ދިމާވާކަންތައް. މާމޮޅު ސަރުކާރަކުން އައިސް ރާއްޖޭގެ ޝަރުޢީ ނިޒާމް ތިމާމެންގެ ގެޔާއި ބަދިގެއަށް ފެތޭގޮތަށް ބަދަލުކުރުމުން ދިމާވާ ކންތައް.މީ ދެން އަމިއްލަ އެދުމެއްވެސް ނޯންނަ ބަޔަކޯލައެވެ.

 12. މެގަވޯޓު

  ޓަގުބެ ގެންދޭބަލަ ޓަގުބޯޓައް.

 13. މާރު

  އަދީބަކީ މައުސޫމް މީހެއްކަމަށް ހަދައި ޖަލުން އޭނާ މިނިވަންކުރުމުން. ދެން އޭނާ ހަދާނީ އެހެން.