އަންނަ ހުކުރު ދުވަހުން ފެށިގެން ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ކުޅުދުއްފުއްޓަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު މޯލްޑިވިއަނުން ޓިކެޓް ވިއްކަން ފަށާފައިވާކަމަށެވެ.

މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވީ، މިހާރުން ފެށިގެން ބުކިންގ ހެދުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. އަދި މިހާރު ބުކިންގ ހެދިކަމުގައި ވިޔަސް، ދަތުރު އޮންނާނެ ގޮތުގެ ޝެޑިއުލް އާއްމު ކޮށްފައެއް ނުވެއެވެ. އަދި ޓިކެޓުގެ އަގުތައްވެސް އާއްމުކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.

ކުޅުދުއްފުށި އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ރަންވޭގެ މަސައްކަތް އެކަނި ނިންމުމަށް ފަހު ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފްލައިޓް ޖެއްސިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކުޅި އެއަރޕޯޓު

  ނަން ބަދަލުކޮށްފަ ރިބަންފަށް ކަނޑާލާފަ ބޮޑު މަޝްރޫއެއް ނިންމާލިކަމަށް ނަހަދާނެބާ؟

  36
  4
  • ކެކެކެ

   ބޮޑު އެއަރޕޯޓެއް އެ އަޅާލީ!! އިހަށްދުވަހު އިސްލާމީ މަރުކަޒު ކައިރީ ބޮޑު ޕާކެއް ހުޅުވީ. ކިހާ ކަމެއްތަ ކޮށް ނިންމަމުން އެދަނީ. ބަޖެޓް ހުސްވި ވާހަކަ. ބުނާނެ ކަމެއް ނުކުރެއޭ.

 2. Nabeeh Ahmed

  އަގު ކަނޑަނާޅާ މުދާ ވިއްކަން އިސްތިހާރުކުރަން ރާއްޖޭގެ ގާނޫނުތައް ހުއްދަކުރޭތޯ؟

  28
  1
 3. ކަނީރު

  ޙަވީރު ދިޔައިމަ ބުނި އަދި ޝެޑިއިލް ނިކުރެ އޭ

  14
 4. ހުސޭނުބޭ

  ކޮބައިތަ ކުޅި ހިމާޔަތްކުރަން ކެހެނިއަރައިގެން އުޅުނު މީހުން! ރަންވޭ ހަލާކުކޮށް ފަސްގަނޑު ނަގާފައި އިހު އޮތްގޮތަށް ކުޅި އިޢާދަކުރަންވީނު!

  26
  2
  • ޓަގުބެ (އަދީބުރޯ)

   ތަން ރެޑީނުކޮށް އެކިޔަނީ ހުޅުވާ ވާހަކަ... ޓަވަރެއް ނެތް ޕެރިމީޓަރ ް ޑިއުޓީ ކުރާނެ ޕޯސްޓުތަކެއް ނުހެދޭ... ކަރަންޓު ހުރީ 1 އިމާރާތުގައި... އޭޕްރޯން އޮތީ ވީދިފައި... މުވައޒަފުންނެއް ނެތް... ހަމަ ޔާމީނު ހުޅުވި ގޮތަށް އެތަންއޮތީ... ފާހާނާ ސަޕްލައިފެން ނެތް، ނަރުދަމާ ނުނިމޭ... ސަރުކާރަށް ހޭދަވި މުއްދަތަށް ބަލާފައި 100 އަކުން 5 ވެސް ނުލިބޭނެ... ޔާމީނު ލާރިގަނޑު ކެޔަސް ކަން ކޮއްފަތާ އެއޮތީ... ދެން އަތްޖަހާ...

   25
 5. ޓަގުބެ (އަދީބުރޯ)

  އަލްހަމްދުﷲ....
  އުތުރުން ލަންކާއަށް ދެވޭނީ ވެސް ޔާމީނު ހޮވުނީމަ... ލުތުފީ ކަންތަކުގަ މިސަރުކާރު ހިނަވަންވެފަ... ޓަގުބެ ބަސްޓުވީމަ އިންޑިޔާވެސް ސަރުކާރުކަރުގަ އެޅުވި މަޅި މިހާރު އެބަ ބާރުކުރޭ... ޔާމީނު ހެދި އެއަރ ޕޯޓު ރަންވޭގެ ދެފަރާތު ލައިޓުތަކެއް ނެތް ހުކުރު ދުވަހު ހުޅުވަން ކިޔާއިރު... 100 އަކުން 5 ވެސް ނުލިބޭނެ

  19
  2
 6. އައްޔު

  ޝުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީން އަދި ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރުމަށްވެސް އެމްޑީޕީއަށް ގޮވާލަން

  23
 7. ނޯޖަވާނު

  ތަން ރެޑީނުކޮށް އެކިޔަނީ ހުޅުވާ ވާހަކަ... ޓަވަރެއް ނެތް ޕެރިމީޓަރ ް ޑިއުޓީ ކުރާނެ ޕޯސްޓުތަކެއް ނުހެދޭ... ކަރަންޓު ހުރީ 1 އިމާރާތުގައި... އޭޕްރޯން އޮތީ ވީދިފައި... މުވައޒަފުންނެއް ނެތް... ހަމަ ޔާމީނު ހުޅުވި ގޮތަށް އެތަންއޮތީ... ފާހާނާ ސަޕްލައިފެން ނެތް، ނަރުދަމާ ނުނިމޭ... ސަރުކާރަށް ހޭދަވި މުއްދަތަށް ބަލާފައި 100 އަކުން 5 ވެސް ނުލިބޭނެ... ޔާމީނު ލާރިގަނޑު ކެޔަސް ކަން ކޮއްފަތާ އެއޮތީ... ދެން އަތްޖަހާ...

  20
 8. ސޭޓު އަންހެނުންގެ ފިރިމީހާގެ އަންހެނުން

  އަގުތައަށް ޖެހޭނީ ކުޅުދުއްފުށީ މީހުން ރުހެން... 5 އަހަރު ފަހުން އަހަރެމެން ދާނަން ވޯޓް ގަނނަން... މިހާރު ބުނިއަގެއްދީ... ނިސްބަތުން ދެކުނުގެ ފުލައިޓްތަކުގެ ޓިކެޓު އަގުހެވީ ތަންތަނުގެ ބޮޑެތި ވެރިންނަށް ތިބީ ދެކުނު މީހުންވީމަ ނުފޫޒޭ އިގޭތޯ އެއީ... އުތުރުން ރިކަވަރ ކުރަނީ ދެކުނުން ކުރާދަތުރުގެ ބެލެންސް... ވަރަށް ވާހަކަ މިއީ...

  13
  1