ހުޅުމާލެ ކުޑަކުދިންގެ ހިޔާ ފިޔަވަތީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ފުރާޅު މަތީގައި ތަކެތި އުކަން ހުރެގެން އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފިއެވެ.

މިކަން ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ފިޔަވަތީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު އެ އިމާރާތުގެ ތިރީ ފުރާޅު މައްޗަށް އަރާ އެއްޗެހި އުކާ ހެދި މަންޒަރު ބައެއް މީހުންނަށް ފެނިފައި ވެއެވެ.

އަދި އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ބަޔަކު ގެނެސްފައި ވެެއެވެ. އަދި ފުލުހުން ހަރަކާތްތެރިވިކަމަށްވެސް މައުލޫމާތު ލިބިފައި ވެެއެވެ.

މިކަމާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އެފަދަ ހާދިސާއެއް ފިޔަވަތީގައި ހިނގާފާއިވާކަަމަށެވެ.

"އަދި ތިޔަ ފާހަގަކުރިފަދަ ހާދިސާތައް މަދު މަދުން ނަމަވެވެސް ހިނގަމުން ދާތީ މިފަދަ ހާދިސާތައް ހުއްޓުވުމަށް އަދި ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިނިސްޓްރީން މި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން". އޮފިޝަލް ވިދާޅުވިއެވެ.

އަދި މިކަން ހުއްޓުމަށް ކަމާއި ގުޅުން ހުރި މިނިސްޓްރީތަކާއެކު މަސައްކަތް ކުރަމުންދާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިންވެެސް މިފަދަ ހާދިސާތަކެއް ހިނގާފައި ވެއެވެ. މިގޮތަށް އެ ކުދިން ދޫވެފައިވުމުން އެ ކުދިންނަށް އަނިޔާއެއް ލިބިދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބައެއް މީހުން މިފަދަ ކަންކަމާއި މެދު ބުނަނީ މިއީ ކުޑަކުދިންގެ ހިޔާގެ އިހްމާލުން ވެފައިވާ ކަން ކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ކުުޑަކުދިންގެ ހިޔާގައި، ކުދިން ފުރާޅަށް އަރަން ޚާއްޞަ ސިޑިއެއް ނުވަތަ ހަރުގަނޑެއް ބަހައްޓާފައި ހުންނަނީބާ؟ އެކުދިން ފުރާޅަށް އަރާ ގޮތް ބަލާފައި، ފުރާޅަށް އެރެން ހުރި ހުރިހާ ދޮރެއް ބަންދުކުރަން ޖެހޭ.