އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުން މި އަހަރު ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އުމްރާއަށް ގެންދިޔުމަށް މިއަހަރު ހުއްދަ ދީފައިވާ ކުންފުނިތައް އިއުލާނުކޮށްފައިވާކަމަށާއި، ނަަމަވެސް އެ ހުއްދަ ނުދޭ ކުންފުނިތަކުން ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުންދާކަމަށެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ، މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުގެ ހަވާލުގައި ޢުމްރާއަށް ދިޔުމަކީ ޢުމްރާވެރިންނަށް ވަރަށްގިނަ ތަފާތު ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށެވެ. އެހެންކަމުން އެއްވެސް ކުންފުންޏަކުން ހުއްދަ ނެތި ޢުމްރާއަށް މީހުން ނުގެންދިޔުމަށް އަންގާކަމަށް އެ އިއުލާނުގައި ވެއެވެ.
"ވީމާ، ޢުމްރާއަށް ދިޔުމަށް ކުންފުނިތަކަށް ފައިސާ ދައްކަވާއިރު އު ކުންފުންޏަކީ މި މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ބައްލަވާ ކަށަވަރުކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ". މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކަކީ:
- 1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
2. އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
3. ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
4. ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް
5. އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
6. އަލްޢައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް
7. މުސާފިރީން ޕްރައިވެޓް ލިމިޓެޑް
8. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
9. ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
10. އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
11. ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
12. ދަރުމަ ލިލްޙައްޖި ވަލްޢުމުރަތި ޕްރައިވެޓް ލިމިޓެޑް
13. ނަވާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
14. ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
15. ޙިޖާޒް ޕްރައިވެޓް ލިމިޓެޑް
16. އެކްރޯ ޕްރައިވެޓް ލިމިޓެޑް
17. ޒަމްޒަމް އެޗް. އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް
18. އަލް ޞަފާ ޕްރައިވެޓް ލިމިޓެޑް
ވަރަން ރަގަޅު މިގޮތަށް ހަބަރު ގެނެސްދިނީމަ... ދިވެހިން ސަމާލުވޭ އުމްރާއަށް ފައިސާ ދެއްކުމުގެ ކުރިން
ހައްޖު ހުއްދަ ދެވޭމީހުން މިނިސްޓްރީން ކަނޑަ އަޅާ ހުއްދަ ދެވިފަިވާ އަގަށް ވުރެ ބޮޑުއަގު މީހުން އަތުން ނަގާކަންއެގޭއިރު މިކަހަލަ އިއުލާނެއް ނުނެރެނި ކީއްވެބަ. އަދި އަގައްވުރެ އިތުރުފައިސާ ދެއްކުމަކީ ރިޝްވަތު ކަމުގަި ނުބުނަނީ ކީއްވެބާ.