ވ.އަތޮޅުގެ ފަޅުފަޅުން ދާއަޅައިގެން މަސްހިފުން އެއަތޮޅު ކައުންސިލުން މަނާކޮށްފިއެވެ.

ވ.އަތޮޅު ކައުންސިލުން މިއަދު ބުނީ ވ.އަތޮޅުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުތަކާއި ފަރުފަރުގައި ދާއަޅައިގެން ފަޅުތަކުން މަސް ހިފަމުންދާތީ މި މައްސަލަ ވަރަށް ބޮޑުވެގެން އަތޮޅު ރައްޔިތުންނާއި ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ޝަކުވާ ހުށަހަޅަމުން ގެންދާ ކަމަށެވެ.

ދާއަޅައިގެން މަސް ހިފުމަކީ ކަނޑުފަޅުގެ ދިރުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަކަށްވެފައި މިކަމުގެ ސަބަބުން އަތޮޅުގެ ލޯކަލް ޓުއަރިޒަމްއަށް ވަރަށްބޮޑަށް ނޭދެވޭއަސަރު ކޮށްފާނެކަމަށްވާތީ ވ.އަތޮޅުގެ އިޚްތިޞާޞް ސަރަހައްދުގައި ޤާނޫނާއި ގަވާއިދާއި ހިލާފަށް ދާ އަޅައި ހެދުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އިއުލާން ކުރުމަށް ހޯމަ ދުވަހު އޮތް ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވ.އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

ވ،އަތޮޅަކީ އާބާދީ ކުޑަ އަތޮޅެއް ކަމަށް ވީނަމަވެސް ފާއިތުވި ދެތިން އަހަރު ތެރޭގައި އެއަތޮޅުގައި ވަނީ ވަރަށް ބޮޑަށް ލޯކަލް ޓްއަރިޒަމް ފުޅާވެފައެވެ. ވ.އަތޮޅުގައި ދެ ރިސޯޓެއް ވެސް ހިންގަމުން ގެންދެއެވެ. އެހެންކަމުން ދާ އަޅައިގެން ފަޅުތަކުން މަސް ހިފުމަކީ އެއަތޮޅުގެ ގިނަ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކާފަ

  ހިތްގައިމު މަންޒަރެއް، ބަލާފޫހިނުވޭ، ގުދުރަތީ މިފަދަ ރީތިކަން ދިވެހިންނަށް ގެއްލިއްޖެ، ކޮންކްރީޓް ކޮށިކޮށީގައި ތަރައްޤީގެ ނަމުގައި ކޮތަރުތަކެއް ފަދައިން ދިރިއުޅެ ދުނިޔެ ދޫކޮއްދާން މިޖެހެނީ!

  • ބޯކިބާ

   ކޮއިފުޅާ ރާއްޖޭގައި އެގޮތަށްހުރި ހުރިހާ ބީޗެއް ގޮނޑުދޮށް ހިމާޔަށްކުރުމުގެ ނަމުގައި މާލޭ ސަރުކާރުން ނައްތާލައިފި. މިއީ މާލޭ މީހުން ދުރާލާ ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް. މިސާލަކަށް ބަލަންޏާ ހާހެއްހާ މީހުން އުޅޭ ރަށްރަށުގެ ބިންދަތިވެގެންނޭ ކިޔައިގެން ފަޅުތައް އެކީގައި ނައްތާލަނީ، އެކަމަކު ބިމުގެ އަގު އެންމެބޮޑު ވިލިނގިއްޔާއި ހުޅުމާލޭގެ ފަޅުގައި އަތްވެސްނުލާ.

   2
   3
 2. ާއަހުމަދު

  ފުލިދޫގެ ހިތްގައިމު މަންޒަރެއް!

 3. އުނބު އާދަނު

  ވަރަށް ރަގަޅު ނިންމުމެކެވެ. މުޅި ރާއްޖޭގައިވެސް ތިކަން އެބަ މަނާކުރަން ޖެހެއެވެ. އެތރެވަރީތެރޭގައި ލޭނުއެޅުމާ ފަޅުފަޅުގައި ދާއަޅައިގެން މަސްވެރިކަން ކުރުމަކީ ކައިރި މުސްތަޤުބަލުގައި ފަރުމަސްވެރިކަން އެއްކޮށް ނެތިގެން ދަނޭ ކަމެކެވެ. މިކަންކަން ޤާނޫނަކުން އެބަ މަނާކުރަން ޖެހެއެވެ. އަދި އެ ޤާނޫނާ ޚިލަފަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ބޮޑަތި އަދަބުވެސް ކަނޑައަޅާ ތަމުފީޒުކުރަން ޖެއެވެ.

 4. ާއަލީ

  ތީ ފުލިދޫ

 5. އަހުމަދު

  ފުލިދޫ ދޯ

 6. ކުދިމަސް

  އަދިވެސް ގިނަ ރަށްރަށުގެ ފަޅުތެރޭގަވެސް ދާއަޅާ. މިކަމެއްނުހުއްޓުވޭ. ހާއްސަކޮށް އ.ދ ގެ އަތޮޅުތަކުގަ