މިއަދު ހަވީރު އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ކަނޑަށް ޖެއްސި ފްލައިޓް މޫދު އަޑީގައި އޮތް ފޮޓޯއެއް އާއްމުކޮށްފިއެވެ.

މި ފޮޓޯ އާއްމުކޮށްފައި ވަނީ އެމްއެންޑީއެފް އިންނެވެ. ކަނޑު އަޑީގައި ބޯޓު އޮއްވައި ނަގާފައިވާ އެ ފޮޓޯއިން ވަރަށް ސާފުކޮށް ބޯޓު ފެނެއެވެ. އެ ފޮޓޯއަކީ އެމްއެންޑީއެފް އިން ނަގާފައިވާ ފޮޓޯ އެކެވެ.

މިއަދު ހަވީރު 16:30 ގައި އިންޖީނު ފެއިލްވެގެން ޖެއްސި ބޯޓު ދުއްވަން އިނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާއާއެކު އެ ބޯޓުގައި އިންޑިއާ އިންސްޓްރަކްޓަރެއް ހަރަކާތްތެރިވެފައިވެއެވެ.

މި ބޯޓު ކަނޑަށް ޖެއްސުމާއެކު ބޯޓު އަޑިއަށް ދިޔައިރު، ދެ މީހުންވެސް ވަނީ ބޯޓުން ފުންމާލާފައެވެ. އަދި އެ މީހުންނަށް އެހީވުމަށް އެ ބޯޓާއި މާ ދުރުނޫން ހިސާބެއްގައި ޑައިވްކުރުމުގައި ހަރަކާތްތެެރިވަމުން ދިޔަ ދޯންޏެއްގައި ތިބި ޑައިވަރުން ދިޔައެވެ.

އަދި އެމްއެންޑީއެފްގެ އެހީގައި މިހާރު އެ ދެ މީހުން ވަނީ ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެެވެ.

މަންޒަރު ދުށް މީހަކު "ވަގުތު"އަށް ބުނީ، އެ ބޯޓު ކަނޑަށް ޖައްސާފައި ވަނީ ރަނގަޅު ހިސާބަކަށް ކަމަށެވެ. އަދި އެ މީހުންނަށް އަނިޔާ ނުވީ އެހެންވެގެން ކަމަށް އޭނާ ބުންޏެވެ.

އައްޑޫ ފްލައިންގ ސްކޫލްގައި މިހާރު 13 ބޯޓަށްވުރެ ގިނަ ބޯޓު ބޭނުން ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޚިޔާލު

  ކަނޑަށް ޖެއްސި ފުލައިޓެއް ކިހިނެއްތަ މޫދު އަޑިން ފެންނާނީ؟ ކަނޑަށް ޖެއްސި އެއްޗެއް ވެއްޖިޔާ ހަމަ އޮންނާނީވެސް އަދި ފެންނާނީވެސް ކަނޑުގެ އަޑިން ދެއްތޯ!

 2. ޢާދެ

  އަސްކަރީ ފްލައިޓްތަށް އެންމެ ގިނައިން ވެއްޓުނު ރިކޯޑް ވެސް އޮތީ އިންޑިއާ އަތުގަ. އިންޑިއާގެ އިންސްޓްރަކްޓަރެއް ހުރުމުން މި އޮތީ ރާއްޖޭގަވެސް އިންޖީން ފެއިލްވެ ވެއްޓުނު ފުރަތަމަ މަތިންދާ ބޯޓުގެ ރެކޯޑް އިންޑިއާގެ އިންސްޓްރަކަޓަރަށް ލިބިފަ. އިންޖީން ފެއިލް ވުމަކީ އިންސްޓްރަކްޓަރގެ ފޯލްޓެއް ނޫން އެހެން ނަމަވެސް އެފަދަ ރެކޯޑެއް މުގުރާލީ އިންޑިއާގެ އިންސްޓްރަކްޓަރ އެއް. އިންސްޓްރަކްޓަރ އަކަށް ހުންނަ މީހާ ޖެހޭނެ ދަތުރު ދުޢާ އެކުދިން ލައްވާ ކިޔުއްވަން އޭރުން އަމާން ދަތުރަކަށް ވާނެ.
  "ފިރްބީ ދިލްހޭ ހިންދުސްތާނީ"

  1
  1