ތ. ވޭމަންޑޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ހިފާ، ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.

ވޭމަންޑޫން ވަގުތަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ ޑިސްޓްރިބިއުޝަން ފޮށީގައި ރޯވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭރުން ފެށިގެން ރަށުގެ އެއް ބައިގައި ކަރަންޓް ކެނޑިފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މިހާރު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ރޭގެ ވަގުތެއްގައި ލ. ދަނބިދޫ އިންޖީނު ގޭގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެރަށު އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި ލިބުނު ގެއްލުން ފޫބައްދާ، އަލުން އާންމު ހާލަތަށް ކަރަންޓް މައްސަލަ ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.