ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވާ ދެ އެޕާޓްމަންޓު ހުސްކުރަން ސަރުކާރުން އަންގައިފިއެވެ.
ރެހެންދި ފްލެޓުގައި ޖިހާދު ދިރިއުޅުއްވާ ދެ އެޕާޓްމަންޓު ހުސްކުރަން އަންގައި ހައުސިންގް މިނިސްޓްރީން މިހާރު އޭނާއަށް ސިޓީއެއް ފޮނުވާފައިވާއިރު، އެ ސިޓީގައި ވަނީ ހަތް ދުވަސް ތެރޭގައި އެ އެޕާޓްމަންޓުތައް ހުސްކުރުމަށް އަންގާފައެވެ.
ރެހެންދި ފްލެޓުގައި ޖިހާދު ދިރިއުޅުއްވާ އެޕާޓްމަންޓުތައް ހުސްކުރަން އަންގާފައިވާއިރު، އެ ފްލެޓްތައް ހުސްކުރަން އެންގީ އެއީ ދައުލަތުގެ ތަނަކަށް ވާތީ އެތަން ޖިހާދު ދިރިއުޅުއްވަން ދެވެން ނެތްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާތީ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
ޖިހާދު ދިރިއުޅުއްވާ މި ދެ އެޕާޓްމަންޓު ހުސްކުރުމަށް ދިން މުހުލަތު މިދިޔަ ހަފްތާގެ ބުދަ ދުވަހަށް ހަމަވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެ އެންގުމާއި އެއްގޮތަށް އެޕާޓްމަންޓުތައް ހުސްކުރި ކަމެއް އަދި ނޭނގެއެވެ.
ރެހެންދި ފްލެޓުގައި ޖިހާދު ދިރިއުޅުއްވާ އެޕާޓްމަންޓުތަކަކީ، އެ ފްލެޓުން ސަރުކާރަށް ލިބުނު ދިހަ އެޕާޓްމަންޓުގެ ތެރެއިން ބާކީވި ދެ އެޕާޓްމަންޓެވެ. ޖިހާދު ދިރިއުޅުއްވުމަށް އެ ދެ އެޕާޓްމަންޓު ހަމަޖައްސާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު އެ ދެ އެޕާޓްމަންޓު މިލްކުކޮށްދިނުމަށް ރައީސް އޮފީހުން ކުރިން ކުރި މަސައްކަތް އެންޓިކަރަޕްޝަނުން އޮތީ ހުއްޓުވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބަކަށް ޖިހާދު އައްޔަންވެ ވަޑައިގެންނެވިއިރު އޭނާ ދިރިއުޅުއްވާ ރަސްމީ ގެކޮޅެއް މާލޭގައި ނެތެވެ.
އަދި މިދުވަސްވެސް ދާނެ އިންޝާއަﷲ! ކެތްކުރައްވާ ޖިހާދު!
ދެން ހަމަ ބަހަޢްޓަން ވީބތަ
ނު ބެހެއްޓިއަސް 7 ދުވަހުގެ މުހުލަތެއް ދޭ ނީ ނުލަފާ ނުބާ ކަމުން
މަކަރުވެރި ވެރިކަން އަބަދަކު ނޯންނާނެ.
ވަރަށް ދެރަ. ޖިހާދު ސަރއަކީ އަޅުގަނޑު ސްކޫލްގައި އުޅުނުއިރު ގުރޭޑް 9 އަދި 10 ގެ ފެވަރިޓް އިގިރޭސި ޓީޗަރ.. ސަރއަށް ކެއްތެރި ކަން ދެއްވާށި. ޖިހާދު ސަރއަކީ ވަރަށް އަޚްލާޤު ރަނގަޅު ކެއްތެރި މޮޅު ޓީޗަރެއް. ދުވަހަކުވެސް އެއްވެސް ދަރިވަރަކާ ދިމާލަށް ބާރަށް އެއްޗެއް ވިދާޅުވާ އަޑެއް ނާހަން.
ޖިހާދުގެ ނަމުގައި ހުރި ފަޅެެއްވެސް މާލެ އަތޮޅުގައި އޮވޭ
ބަލަ އޭނަ އަށް ފުލެޓުދިނީ ނައިބުރައީސްގެ ހައިސިއްޔަތުންނޭ، މަގާމުގެއްލުނީމަ ޖެހޭނީ ދަޢުލަތުގެ ތަންތަނުން ނިކުންނަން. އެހެންނޫނީ މުލީއާގެވެސް އެއްކޮށް އިބޫއަށް ދޭންޖެހޭނެ
މިންވަރަށް އީމާންވުމަކީ، އީމާންކަމުގެ ހަވަނަރުކުނެވެ. އެމީހެއްގެ އީމާންތެރިކަން ހުރިއްޔާ ކެތްތެރިކަން ދެއްވާނެތެވެ.
ޙުސްކުރޭ ހުސްކޮޢްފަ ތިޔަހުރިހާ ތަންތަނަކައް ހިންނަވަރު މީހުން ވެއްދޭތޯ ބަލާތި އިބޫ ތިނޫންކަމެއް ނެތޭ އިންސާފު ވާ ހޯދިފަ ތިހުރީ ގަމާރުންގެ ބޮލައް ޗިޕް ޖައްސަވައިގެން ތިތިބީ ވެރިކަމައް އައިސްފަ