ރާއްޖޭގެ އިގްތިސޯދު އޮތީ ގަބޫލު ކުރާ ފެންވަރަށް ވުރެ މާ ދަށުގައި ކަމަށް ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ހާއްސަކަނޑާލާ، ހަމަޖެހޭނެ" މި ޝިއާރުގައި ދަށުން ބާއްވާ ޖޭޕީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޖިހާދު ވިދާޅުވީ، ހުރިހާ ރައްޔިތުން ތިބީ ހާސް ކަންމަތީގައި ކަަމަށެވެ. އަދި ދަރަނިވެރިކަންމަތީގައިވެސް ގިނަބަޔަކު ތިބި ކަމަށް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ބަޖެޓްގެ ޑެފިސެޓް 62 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ ހާސްވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ޖިހާދު ވިދާޅުވިއެވެ. އަދި ދައުލަތުން ނަގާފައި ހުރި ލޯނުތަކަށް ބަލާއިރު، އެއް ބިލިއަން ޑޮލަރު 2026ގެ ކުރިން ދައްކަން ޖެހޭ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

"ކޮންމެ ކެންޑިޑޭޓަކު އަޔަސް އެއް ބިލިއަން ޑޮލަރު އެބަ ދައްކަން ޖެހޭ 2026ގައި، ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މި އުޅެނީ 900 ބިލިއަނާއި ގާތަށް، ކިހިނެއް އެއް ބިލިއަން ޑޮލަރު ދައްކާނީ 900 ބިލިއަން ޑޮލަރު ލިބިގެން، އަދި ދައުލަތުން ކުރަން ޖެހެ އެހެން ހަރަދުތައް ހުންނާނެތާ.". ޖިހާދު ވިދާޅުވިއެވެ.

މިއީ ހާސްކުރަން ދައްކާ ވާހަކައެއް ނޫން ކަމަށާއި، ރާއްޖޭގެ އިގްތިސޯދު އޮތީ ގަބޫލު ކުރާ ފެންވަރަށް ވުރެ މާ ދަށުގައި ކަަމަށް ޖިހާދު ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސޯދު އޮތީ އަޅުގަނޑުމެން ގަބޫލު ކުރާ ފެންވަރަށް ވުރެ މާ ދަށުގައޭ. މިކަމަށް ހައްލެއް ހޯދަން އެބަ ޖެހެއޭ.".

ޖިހާދު ވިދާޅުވީ، ޖޭޕީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ ބަޖެޓް ހަދަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެެވެ. އަދި ގާސިމަކީ ބަޖެޓް މެނޭޖް ކުރަންވެސް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"އެހެންވީމަ ހާސް ކަނޑާލާފައި ހަމަޖެހޭނެ، ގާސިމް ގާސިމް ހާސް ކަނޑާލާފައި ހަމަޖެހޭނެ. ތި ބޭފުޅުން ހާސް ނުވާށެ، /ތިބޭފުޅުންނަށް/ ދިމާވި ހުރިހާ ކަންތައްތަކުގެ ސޮލިއުޝަން އަކީ ގާސިމް އިބާރާއިމްއޭ.". ލޯނުތަކެއް ދައްކަން ޖެހުނު މީހުންގެ ޝަކުވާތަކާއި ހެދި ހާސްވެފައި ހުރިކަންވެސް ފާހަގަކުރައްވާފައިވާ ޖިހާދު ވިދާޅުވިއެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޖިހާދު ވިދާޅުވީ، ރާއްޖޭގެ އެކޮނޮމީ މި އޮތީ ބޮޑު ދެބައެއް ކަމަށާއި، އެއީ ފަތުރުވެރިކަމާއި ސަރުކާރު ކުންފުނިތައް ކަމަށެވެ. އަދި ރާއްޖޭގެ އިކޮނޮމީގައި ޑޮމިނެންޓް ކުރަނީ މި ދެބައި ކަމަށާއި، ގާސިމް ވިދާޅުވަނީ، އޭނާގެ ސަރުކާރެއްގައި 500 ބިޒްނަސް ލީޑަރުން ތައްޔާރުކޮށްދޭނެ ކަމުގެ ވާހަކަ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

"ތިމަންނަގެ ސަރުކާރެއްގައި ލީޑަރުން، ތައްޔާރު ކުރަން ތިން ބިލިއަން ރުފިޔާ ހަރަދު ކުރާނަމޭ. އެއްގޮތަކަށްވެސް އަމިއްލަ ޖީބުން ހަރަދު ކުރާކަށް ނުޖެހޭނެއޭ.".

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    މިއީ އިބްރާހީމް މުހައްމަދު ގަމާރު ސޯލިހުގެ މޮޔަކަމުގެ ބޭނުން ހިފައިގެން ދައުލަތެއް ދަވާލީ..
    ހެޔޮނުވާނެ ތިޔަ އެމްޑީޕީ ވެރިކަމަށް ގެންނާކަކައް..

    7
    5
  2. ޚޮކި

    ތިޔަބޭފުޅާ އޭއްޗެކޭ މީއްޗެކޭ ކިޔާނެކަމެއްނެތް! ތިޔަބޭފުޅާ ފިނޭސް މިނިސްޓަރަކަށް ހުންނަވަނިކޮށް ނޫންތޯ ދައުލަތުގެ ބަޖެޓް މީހަކު ކައިހުސްކުރީ؟ ދެންކޮންވާހަކައެއްތޯ ދައްކާކަށް އޮންނާނީ؟

    8
    3
  3. ސަރަގު

    ޖިހާދޫ ކަލޭތީ މާއެނގޭ މީހެއްނޫން. ފުރަތަމަ ކަލޭ ކިޔާއެއްޗެއް އެހެންމީހުންނަށް ފަހުމުވާގޮތަށް ވާހަކަ ދައްކަން ދަސްކޮށްބަލަ. ކޮންތާކު ބޮނދާއޮވެފަ ނިކުމެގެން ތިއުޅެނީ

    8
    2
  4. ޔަހުޔާ

    ތިކަން ޤަބޫލު ކުރެވެނީ މަދުބަޔަކަށް. ދެރައީ ހަޤީޤަތް ކުރިމަތީފެންނަން އޮންނައިރުވެސް، އަދި ހަޤީޤަތް އެނގޭ ކަމުގެ ތަޖުރިބާކާތުން ހެކިތަކާއިއެކު ދައްކާއިރުވެސް އެ ޙަޤީޤަތް ޤަބޫލުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ހެޔޮވިސްނުން ގިނަ ރައްޔިތުންގެކިބައިން ފިލައިގޮސްފައިވުން. ނުވަތަ ޙަޤީޤަތް އެނގުނަސް ހާމަކުރަންކޮންމެވެސް ސަބަބަކާއިހުރެ ބޭނުންނުވުން. މިކަމަށް އަވަސް ފަރުވާ ހޯދަންޖެހޭ. ނޫނީ ވަގުތު ފާއިތުވެދިއުމުން ދެން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ.

  5. އަލީހު

    ކެންޑިޑޭޓަކު އަޔަސް އެއް ބިލިއަން ޑޮލަރު އެބަ ދައްކަން ޖެހޭ 2026ގައި، ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މި އުޅެނީ 900 ބިލިއަނާއި ގާތަށް، ކިހިނެއް އެއް ބިލިއަން ޑޮލަރު ދައްކާނީ 900 ބިލިއަން ޑޮލަރު ލިބިގެން، އަދި ދައުލަތުން ކުރަން ޖެހެ އެހެން ހަރަދުތައް ހުންނާނެތާ.". ޖިހާދު ވިދާޅުވިއެވެ.. 900 ބިލިއަން ލިބޭއިރު ކީއްވެބާއޭ 1 ބިލިއަން ނުދެއްކެން ވީ ހިތައް އަރާ