ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ބޭސް ފަރުވާ ހޯދުމައް ސަލާން ޖަހަން ނުޖެހޭނެކަމަށާއި ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރެވިއްޖެނަމަ، ރައްޔިތުން އުފަލުން ފޮޅޭނެ ކަމަށްކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ޖިހާދު ވިދާޅުވީ އަދި ގާސިމްގެ ވެރިކަމެއްގައި ކިޔަވާ ކުދިންގެ ސްޓޫޑެންޓް ލޯން އައް އެއްވެސް ފައިސާއެއް ދައްކާކައް ނުޖެހޭނެ ކަމަށެވެ.

ޖިހާދު ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ ބައެއް މުހިންމު ކަންތަކަކީ ރާއްޖޭގައި އެސްއެމްއީ ސެކްޓާ ސްމޯލް އަދި ބިޒްނެސް މީޑިއަމް ސެކްޓާއަށް ގެންނަން ޖެހޭ ބަދަލުތަކާއި ކުޑަ ވިޔަފާރިތަކަށް ލޯންއާއި ލޯންގެ އިންޓްރެސްޓްގެ ކަންކަން ކަމަށެވެ.

"ހަމަ އެއާއެކު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޖީޑީޕީ ޖެހޭވަރު އިތުރު ކުރަން މެނިފެސްޓޯގައި ހިމެނިގެންދާނެ“ ޖިހާދް ވިދާޅުވިއެވެ.

މި މެނިފެސްޓޯ ތަންފީޒް ކުރެވިއްޖެނަމަ ރައްޔިތުން ތިބޭނީ އުފަލުން ފޮޅިފަކަމަށް ޖިހާދް ވިދާޅުވިއެވެ.

ޖިހާދް ވިދާޅުވާ ގޮތުގައި މެނިފެސްޓޯ ފެށުމުގެ ކުރިން ޖޭޕީއިން ވަނީ 80 ބައްދަލުވުން ބާއްވާ 200 އައް ވުރެއް ގިނަ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާކޮއްފައެވެ. އަދި ފުރަތަމަ ހާލަތު ތަހުލީލުކޮށް، މިހާރުގެ ހާލަތު ދެނެގަތުމަށް ކުރެވިދާނެ ކަންކަމަކީ ކުރީގެ ސަރުކާރުގެ މީހުންނާއި މިހާރުގެ ސަރުކާރުގެ މީހުންނާ، އަމިއްލަ ފަރާއްތަކާއި އަމިއްލަ ކުންފުނި ތަކުގެ ހިޔާލުތައް ހޯދައި ރާއްޖޭގެ ހުރި މައްސަލަތަކަކީީ ކޮބައިތޯ ބެލި ކަމަށް ޖިހާދު ވިދާޅުވިއެވެ.

އަަދި ހަމައެއާއެކު މި މެނިފެސްޓޯ ހަދާފައި އޮތީ ވަރަށް ގިނަ މީހުންގެ ހިޔާލުތައް ހޯދައި ވަރަށް ބޮޑު މަޝްވަރާއެއްގެ ދަށުން އަދި ވަރަށް ބައިވަރު މީހުންގެ ހިއްސާއާ އެކުކަމަށް ޖިހާދް ވިދާޅުވިއެވެ. މިގޮތުން ޖިހާދް ވިދާޅުވެފައިވާ ގޮތުގައި މި މެނިފެސްޓޯއަކީ އަކީ އަދި ލިވިން ޑޮކިއުމެންޓެކެވެ، މިއައް އަދި އުނި އިތުރު ކުރުންވެސް އައްނާނެކަން ވެސް ޖިހާދު ފާހަގަ ކުރެއްވިއެވެ.

ޖިހާދްގެ ވާހަކަފުޅު ނިއްމަވާލަމުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ރާއްޖޭގެ ނާޒުކު ހާލަތުން އަރާ ގަތުމައް ބޭނުންފުޅުވާނަމަ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއިދު ކުރައްވައި އެ މަނިކްފާނަށް ވޯޓް ދެއްވައި އެ މަނިކްފާނު ވެރިކަމަށް ހޮވުން މުހިންމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަންޑިކުޑަ

    މަނިކުފާނޫ! މިހާރުވެސް ރައްޔިތުން ތިބީ އުފަލުން ފޮޅިފައޭ! މައްސަލައަކީ އަނގަ އާއި އަތާއި ދިމާނުވާތީ. މަނިކުފާނުމެންގެ ވެރިކަމެއްގާ މި ޤައުމުގާ ހުރި ރައްޔިތުންގެ ގިރި ، ފަޅު ، ތައް ސަލާމަތުން އޮންނާނެބާ މަނިކުފާނުމެންގެ އަމިއްލަ ތަރިކަ މުދަލަށްނުވެ. އެހެން ކަމަށް ވާނަމަ މަގޭ ވޯޓު މަނިކުފާނަށް.

  2. ބޯރާންތި

    ފުރަތަމަ ތިޔަހިންގާ ވިޔަފާރީގަ ޝާމިލުވާ މުވައްޒަފުންގެ ކަންތައް ހަމައަކަށް އެޅުވޭތޯބަލާބަ. ޢެކަން އެއްކޮށް ރަނގަޅުކޮށްފަ ދެން ވެރިކަމާހެދި އުޅުން މާތާހިރުވާނެ. ތިއަށްވުރެ ބޮޑަށް މީހުންނަށް ކަންކަންކޮށްދީފަ އެވާހަކަ މޭފުއްޕާފަ ދައްކާއިރު ތިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީ ހިތާމަކުރަން. ގައިމު ތިޔަގުރޫޕްގަވެސް ދީންދަންނަ އިލްމީ ޝޭހުންވެސް އުޅޭނެކަންނޭނގެ.

  3. އައު

    އާނ ޖިހާދަށް އެންމެ ރަނގަޅަށްއިގޭނީ ރައްޔިތުންފޮޅޭނެގޮތް.

    10
  4. Anonymous

    މިހާރުވެސް ރައްޔިތުން ފޮޅެނީ އެކަމަކު އުފަލަކުންނޫން. ތަކެތީގެ އަގުބޮޑުވެ އަނގައާއި އަތާއި ދިމްނުވެގެން ރައްޔިތުން ތެޅިފޮޅެނީ
    ރައްޔިތުން ވެސް އަވަދިވެފައި މިތިބީ.
    ބޭނުން ވަނީ މުޞީބާތުން ސަލާމަތްވުމަށް.
    ކާކުތަ ބުނީ ލޯނު ނަގައިގެން ކަންކަން ކުރަން.

    2
    1
  5. އަހުމަދު އަލިމަނިކު

    ތަންފީޒް ކުރުން ދަތި ކަމަކަށް ވަނީ. ކޮންމެ ސަރުކާރެއްގެ ވެސް މެނިފެސްޓޯ ރަނގަޅު. އެކަމު އެކަން ތަންފީޒު ނުކުރެވޭ އަމިއްލަ ކަންކަން ކުރިޔަށް ނެރެވޭތީ. ތިޔަ ވިދާޅުވި ބަސްފުޅުން އުންމީދެއް ނެތެއް ނޫންތޯ.

  6. އއ

    އަމިއ

  7. އއ

    އަމިއްލަ އައް ކުރާނެ މިނިވަން ހަލާލުމަސައްކަތެއް ނޭގޭމީހުން ގިނަވެ މިގައުމުހަލާކުވީ.!! 00000000 ގެމީހުން މާގިނައީ!!!

  8. ހައިރާން

    މިހާތަނަށް މަހުޖަނު ކަލޭގެ ފޮޅުވި ކޮންމެ އެއްޗަކުން ރައްޔިތުންނަށް ވީ ދުއްޕާނާއި ގެއްލުން. އަލުންވެސް މަހުޖަނު ކަލޭގެ ކުރާނެ ކަމަކީ ރައްޔިތުންގެ މުދާ ބައްކުރުމާއި ރައްޔިތުންނަށް ދޯކާދިނުން.

  9. ނަމަ

    ޖިހާދް އަށް އިގޭތަ ރާއްޖެއިން ރަން ފަރުބަދަ ފެނިއްޖެއްޔާ ގާސިން އުފަލުން މޮޔަފުޅު ވެސް ވެދާނެ ކަން

  10. ސޯލޭ

    ތިޔަ ސައުދާގަރަކީ ބޭސްފަރުވާއައް އެހީދީފަ އެބަޔަކާ ދިމާލައް ކަލަ ގޮވާ މީހެއް

  11. އަބްދޫ

    މިހާރު ވެސް ސަލާންޖެހާ ކަށެއް ނުޖެހޭ. އަމިއްލަޔަށް ސަލާން ޖަހަން ބޭނުންވަނީ އަދި ސަލާން ޖައްސުވަނީ ވެސް އާދޭސް ކުރުވަން.