މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެއްވައިފި އެވެ.

މުއިއްޒު ދޮގު ހެކި ދިން ކަމަށް ދައުލަތުން ބުނަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަން ކޯޓަކަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖިހާދު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ. އަދި ޔައުމިއްޔާގައި ސޮއި ނުކުރާނަމަ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން އެ މައްސަލާގައި ހުށަހެޅި ޔައުމިއްޔާގައި ސޮޔެއް ނެތުމުން އެ ޔައުމިއްޔާ ސައްހައެއް ނުވާނެ އެވެ. ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށް ބުނާ އުސޫލެއް ނުވަތަ އެންގުމެއް އޮވޭތޯ ދައުލަތުން ސުވާލު ކުރުމުން ޖިހާދު ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މުއިއްޒުގެ ދިފާއުގައި މިއަދު ތިން މީހަކު ހެކިބަސް ދިން އިރު، މުއިއްޒު ހުށަހަޅުއްވާފައިވާ ހަތަރު ހެކިވެރިޔަކުގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް މުއިއްޒުގެ ވަކީލުން މިއަދު ވިދާޅުވިއެވެ. އެހެންކަމުން، ބާކީ ހެކިބަސް ނުދީ ތިބީ ހަތަރު މީހެކެވެ. ކުރިއަށް އޮންނަ އަޑުއެހުމުގައި އެ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިމާރާތެއް ބޭނުން ނުކުރަން ނިންމުމުން ޝަރީއަތްތައް މިހާރު ލަސްވެފައިވާ ކަމަށެވެ. ދެން މައްސަލައިގެ އަޑުއެހުން އޮންނާނެ ތާރީހެއް މިއަދު އިއުލާނެއް ނުކުރެއެވެ.

މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އަދަބު ބޮޑުކުރުން ނުވަތަ ލުއި ކުރުމުގެ ފުރުސަތު ވެސް މައްސަލަ ބައްލަވާ ގާޒީއަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސަރުކާރުން ޖެހިލުން ވަނީ މޭކަރަނީ މުއިއްޒު ރައީސް ކަމަށް ކުރިމަތި ލައިފާނެތީ

    11
    2
  2. ޑައެލޯގް

    މިސަރުކާރުގެ ބޭނުމަކީ ޕީޕީއެމުން އެއްވެސް މީހަކު ކުރިމަތިނުލެވޭގޮތް ހެދުމެވެ. ޔާމީނު ނެތްތާގައި އިވޭގޮތުގައި މުއިއްޒުއަށް ރިޔާސީޓިކެޓުދޭން މެންބަރުން ބޭނުންވެއެވެ. އަސްލު އެމްޑީޕީއަކީ ޑިމޮކްރަޓިކް ބައެއްނޫނެވެ. މައުމޫނަށް ޚުދުމުޚުތާރުނަންދިނީއެވެ. އެކަމަކު މައުމޫނުވަނީ އަންނިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭގޮތަށް ފުރުސަތުދީފައެވެ. އަންނިއަކީ އަސްލުގައި ވެލާނާގޭ ވައްކަމުގެ ހުކުމްއިއްވާފައިވާ މީހެކެވެ. އެހެންވެ އޭނާއަކަށް ކުރިމަތިނުލެވޭނެއެވެ.

    9
    2
  3. ހަސަން

    މީ ވެސް ބޮޑު ގައްދާރެއް. ފައިސާއާ ހެދި ތިމާމެން ބޭނުންހާ ގޮތަކަށް ވާހަކަ ދެއްކިޔަސް އާޚިރަތްދުވަހުގެ ގަދަ ޙުނު މިކަހަލަ މީހުންނަށް ލިބޭ އިރު ހިތަށް އަރާނެ އެދުވަހު ނޭގޭ ވާހަކަ ނުދެއްކި ނަމަ މާ ރަނގަޅުވީހޭ. ޔާމީނު ޖަލަށް

    4
    8
    • މޮހޮނު

      ހަސަނު ތި ވާހަކަ ލިޔުނީ ގިޔާމަތް ދުވަހު ވާނެގޮތް އެނގިހުރެތޯ.

  4. ކަސޯޓީ

    މީނާ ވެސް މިހާރު ތެދެއް ނަހަދާނެ. މިމީހުންގެ ވިސްނުމުގައި އޮތ ީރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީގައި ތިބި އިސްމީހުން އިންތިޚާބާ ގާތްކޮށް ހައްޔަރުކުރަން. ޖިހާދުއަކީ ވަރަށް ރަނގަޅު މީހެކޭ ކުރިން ހީކުރަވެނަސް އޭނާގެ ހަގިގަތް މިހާރު ދަނީ މަޑުމަޑުން ފެންނަމުން. މިއީ ހައްތާ ވެސް ރައީސް ޔާމީނަށް ދޯކާ ދިން އެމަނިކުފާނުގެ ދުޝްމަނުން. ދައުލަތުން ރާވާ ނުބައި ރޭވުން. ﷲ އިރާދަކުރތެއްވިއްޔާ އިބުރާހީމާ ބޮޑު ތަނުން ބަލިވާނެ

    8
    1
  5. ދިވެހި ރައްޔިތުން

    ޔައުމިއްޔާގެ ސޮއި ނެތަސް ހިގާ ކަމަކަށް ދަލީލު ލިބޭނަމަ އެކަމަށް ނެގޭ ފިކުރީ ހެއްކެއް ކަމުގާ ޔައުމިއްޔާ ބޭނުންކުރެވޭނެ

    4
    9
  6. Anonymous

    ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެޔޯ....
    ސޮއިކުރުން މަޖުބޫރުކަމެއް އެނގިފަކާނެތޯ....
    އެކަކުގެވެސް ސޮޔެއް ނެތިއްޔާ ޞައްޙަ އެއް ނުވާނެޔޯ...
    އެކަމަކު ލިސްޓްގައި ހުރި އެންމެން ޙާޟިރުވިޔޯ....

    މީއަޅެފަހެ އަރަތެއްތަ. ތިކަންވެސް މުއިއްޒުވީ ތޯއްޗެ.

    5
    5
  7. އިއްބެ

    ޔާމީން ، މުއިއްޒު ، ސަޢީދު ، ޝިޔާމް ، އަދުރޭ ، އަދި ކީއްތަ ޕީޕީއެމް ޕީއެންސީ ރިޔާސީ ޓިކެޓްގައި ކޮންމެ ބޭފުޅަކު ނުކުތަސް ވޯޓުދޭން ތައްޔާރު! އަޅުގަނޑަކީ 29 ވޯޓުގެ ވެރިއެއްއ!