މޫސުން ވަރަށް ބޮޑަށް ގޯސްވެ އައްޑޫއަށް ޖައްސަން ދިޔަ ފްލައިޓެއް ޑައިވާޓްކޮށްފިއެެވެ.

އައްޑޫއަށް މިރޭ 1:20 ހާއިރު ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓް ގިނަ އިރުތަކެއް ވަންދެން ގަމުގައި ޖައްސަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތް ނުވުމުން މިހާރު ދަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓާއި ދިމާލަށް ދަތުރު ކުރަމުންނެވެ.

މިއަދު އިރުއޮއްސުނުއިރުން ފަށައިގެން އައްޑޫއަށް ވައިގަދަވެ ވިއްސާރަ ވަމުންދާއިރު، ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދާތާ ވަނީ ފަސް ގަޑިއިރު ވެފައެވެ.

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އައްޑޫއަށް ޖައްސަން ދިޔަ ފްލައިޓް ޑައިވާޓްކޮށްލާފާއިވާއިރު، މި ފްލައިޓް މާލެ އިން ފުރިފަހުން ތިން ގަޑިއިރު ވާން ކައިރި ވެއްޖެއެވެ.

އައްޑޫއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންދާއިރު، މިރޭ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެ އަތޮޅު ހިމެނޭ ސަރަހައްދަށް ރީނދޫ އިންޒާރު ނެރެފައެވެ. އައްޑޫގެ އިތުރުން ހުވަދު އަަތޮޅާއި، ލާމު އަތޮޅަށާއި، އަދި ފުވައްމުލަކަށް ވެސް ވަނީ ފަތިހު 5:00 އާއި ހަމައަށް އިންޒާރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު