އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ލިންކް ރޯޑުގެ ސިޓީ ސްކޮޔާ ކައިރިންނެވެ.

މިރޭ 7:05 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. މި ތިން މީހުންވެސް މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވީ ދެ ޒުވާނަކަށާއި، މެދު އުމުރުގެ މީހަކަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރވީ ސިޓީ ސްކޮޔާ އާއި ދިމާލުން ލިންކް ރޯޑަށް ނުކުތް ސައިކަލެއްގައި، ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.އެ ސަަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.