ގުރުއާން އިލްމު ފެތުރުމުގެ ހަރަކާތްތަަކަށް ލޮޅުން އަރާފައިވާކަމަށާއި، އުވި ގޮސްފައިވާ މިއުޒިކީ އީދުތައް އަލުން ދިރުވާ އާލާ ކުރެވެމުން އަންނަ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ، ޑރ. ޝަހީމް އަލީ ސައީދު ވިދާޅުއްޖެއެވެ.
ޝަހީމްގެ ފޭސްބުކް ޕޭޖްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކީރިތި ގުރުއާނުގެ އިލްމް ފެތުރުމަށް މަސައްކަތްކޮށް ގުރުއާންގެ މަތިވެރިކަމަކީ ރާއްޖޭގައި ގާއިމްވި ކޮންމެ ސަރުކާރަކުންވެސް އަހައްމިޔަތުކަަމެއް ދިން ކަމެއް ކަމަށެވެ. އެގޮތުން މީގެ 50 އަހަރު ކުރިން ފަށައިގެން 2018 ވަނަ އަހަރާއި ހަމައަށް ގުރުއާން އުގަންނައިދިނުމުގެ ހަރަކާތްތައް ފަނޑުވުމެއް ނެތި ގައުމީ ފެންވަރުގައި ކުރިއަރައި ކުރިއަށް ގެންދިޔަ ކަން ޝަހީމް ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ރާއްޖޭ އެތައް އުސްމިނަކަށް ކުރިއަރާފައިވާކަަމަށް ޝަހީމް ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރު އައި ފަހުން މިފަދަ މުބާރާތްތައް ކުރިއަށްނުގެންދާ ކަަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
"އަދި 30 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މެދުކެނޑުމެއް ނެތި ކުރިއަށްދިޔަ ރާއްޖޭގެ ފަހުރުވެރި ގުރުއާން މުބާރާތް މި އަހަރު މިހާތަނަށް އައިއިރު ބޭއްވިފައި ނެތްކަމީ ނުހަނު ހިތާމަ ކުރާ ކަމެކެވެ". ޝަހީމް ވިދާޅުވިއެވެ.
އަދި އިންޓަނޭޝަނަލް ގުރުއާން މުބާރާތްވެސް މި އަހަރު މިހާތަނަށް ބާއްވާފައިނުވާ ކަމަށާއި، ސްކޫލްތަކުގެ ގުރުއާން މުބާރާތްވެސް މި އަހަރު މިހާތަނަށް ބާއްވާފައިނުވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.
އަދި ކުރިއަށް އޮތީ އިމްތިހާނު ދުވަސްވަރަށް ވެފައި އިމްތިހާން ދުވަސްވަރު އެފަދަ މުބާރާތްތައް ބޭއްވުމަކީ ދަރިވަރުންނަށް ދަތިވާނެ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިތުރަށް ޝަހީމް ވިދާޅުވީ، އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތް އުވާލި ކަމީ ލޮލުން ކަރުނަ އަޅަން ޖެހޭ ކަމެއް ކަމަށެވެ.
"އެ މުބާރާތަކީ ހުނަރުވެރިކަން އިތުރުކޮށްދިން ޒަމާނީ މުބާރާތެކެވެ. ބޮޑެތި އެތައް ކުންފުންޏަކުން ސްޕޮންސަރ ކުރަމުންދިޔަ މުބާރާތެކެވެ". ޝަހީމް ވިދާޅުވިއެވެ.
އަދި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތައް މަޑު ޖެހިފައިވާކަމަށާއި، ގުރުއާންގެ އިލްމު ފެތުރުމުގެ ހަރަކާތްތަކަށް ލޮޅުން އަރާފައިވާކަމަށެވެ. ނަމަވެސް މިހާރު އުވި ގޮސްފައިވާ މިއުޒިކީ އީދުތައް އަލުން ދިރުވާ އާލާ ކުރެވެމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މުޅި ގައުމުގައި ކުޅިވަރާއި މަޖަލާއި މިއުޒިކް ޝޯވތަކެވެ. އުވިގޮސްފައިވާ މިއުޒިކީ އީދުތައް އަލުން ދިރުވާ އާލާ ކުރެވެނީއެވެ. އެކަންކަމަށް މުހިންމުކަން ދެވި އެކަންކަން ގައުމީ ފެންވަރުގައި ޕްރޮމޯޓްވެގެންދާއިރު، ގައުމުގައި ދެމިގެން އައިސްފައިވާ އިސްލާމް ދީނުގެ މަތިވެރި ޝިއާރުތައް ފަނޑުވެގެން ދާތަން ފެނުމަކީ ކޮޅުނެތްކޮޅަށް ހިތާމަ ކުރާ ކަމެކެވެ". ޑރ ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވަނީ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ވެރިޔަކު ނެތި އަހަރެއް ވާން ކައިރިވެފައިވާކަން ވެެސް ފާހަގަކޮށްފައެވެ. އަދި ޝަހީމް ވަނީ މި ކަންކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.
ތެދުފުޅެއް
????އަބޫ އުޅެނީ ދުނިޔެބެލުމާގެން އަވަދިނެތި.???? ބަހާ އަމަލާ ދިމާނުވާ މީހަކު ވެރިކަންކުރަން ލީމަވާނީ މިހެން.?
ކިބާ ހައްޖުގަނެގި އެކުވެރިކަމުގެ ދަޅައިގެ ފޮޓޯއާއި ޕިކުނިކު ނިމި އަނެއްކާވެސް ސިޔާސީ ގޮންޖަހަން ފެއްޓެވީތޯ. ޝަހީމު ރަނިންމޭޓަކައް ހުރި ދައުރުގަ ހިންގި ނާޗަރަންގީގެ ވާހަކަ ނުދައްކާނަންތޯ..
މީހަކު ރަނގަޅު ވާހަކައެއް ބުނީމަ އެކަމައް ހަޖޫ ޖެހުމަކީ ވަރަށް ދެރަކަމެއް.
ރަނގަޅުވާހަވެސް ރަނގަޅު މީހުން ދެއްކީމަ އެ ބަލައިގަނެވޭނީ. ލަވައާއި މިއުޒިކު މީ ހުރިހާ ވެރިކަމެއްގަވެސް މިރާއްޖޭގަ އޮންނަކަންކަން. ދީން ކުރި އަރުވަނީކީ ގުރުއާން މުބާރާތް ބާއްވަިގެނެއްނު. ޒާތީވެ ސަރުކާރު ބަދުނާމު ކުރަން ފޫގަޅާފަ ހުރި މީހެއް ޝަހީމު އަކި. އެކޮންމެހެން އިހުލާސްތެރި ވެގެންނެއްނޫން. ޔާމީނުސަރުކާރުގަ ނާޗަރަންގީ ކުޅުނުއިރު ހައްޕު.
ކޮންމެ މީހަކު ދެއްކިޔަަސް ރަނގަޅު ވާހަކައެއް ޖެހޭނީ ބަލައިގަންނަން...
ޝައިތާނާ އާޔަތުލް ކުރުސި ކިޔުމަށް ދިންނަސޭހަތް ބަލައިގަންނަ ގޮތަށް
ޕްރައިމަރީ ގްރޭޑްތަކުގައިި އިސްލާމް ކިޔަވައިދެން އިލްމުވެރިން ބޭނުމެވެ. އެފަދަ ގުރްބާނީއެއްދިނުމަކަށް އެބޭފުޅުން.. ތައްޔާރެއްނޫނެވެ ދަންނަ މީހުންނާއި ތާޒާކޮށްފައި ތިބޭ
ނުދަންނަ އާންޓީން ތަފާތު ވާނެެ އެވެ. އިހްލާސްތެރިކަމާއެކު ކުރިއަށްޖެހިވަ ޑައިގަންނަ ވާ ށެވެ. އީސަދަރި ވީ ގުރްބާނީގެ ސަބަބުން އިސްލާހުވީ ކިތައް މީހުންތޯއެވެ އީސަދަރި ކުރީ ޒަމާނުގައިއުޅުނު އެން ޖިީ އޯ އެއް.
ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް ސަރުކާރު 5 އަހަރަށް ދޫކޮށްލާ އެބޭފުޅުންގެ ފަހަތުން ޝަހީމު ނެއްޓޭކަން ނުވޭތޯ؟ މި ރައްޖޭގެ ކަންކަން އިަްސްލާހު ކުރަން ބޭނުންނަމަ ޅިދުމަތްކުރާނީ މި ރާއްޖެއަށް ނުންތ؟ ބޜތުގެ ވަޒީފާއެއްގަ ފޮނި ދައްކާކަށް ނުހުންނާނެ ނުންތ؟
5 އަަހަރުކުރިން އެއްވެސް މިޔުޒިކެއް ނެތް ދެއްތޯ ......
މަމިހިރީ ޝަހީމުގެ ކޮޅަށް
ގުރުއާން ކިޔަވަންވީ
ގިނަކޮމްންޓު ކިޔާލީމާ އަޅުގަނޑަށް އިޙްސާސްވީ އިސްލާމް ދީނައް ހެޔޮބަހެއް ބުނާކޮންމެފަހަރަކު އެއީކުރަން ޖެހޭކަމެއްނޫންކަމަށް ދައްކާންމަސައްކަތްކުރާ އިސްލާމްދީންދެކެރުޅިއަންނަ ބަޔަކު ބަޔަކު އެބައުޅޭކަމެވެ.
ބައްލކަވާ ޝައިހު ވޭތުވެ ދިޔަ ފަސްއަހަރު އާއަހަރު ފާހަގަކުރަން ބޭރުންނެނައި ނާޗަރަންޤީ އާއި ފިލްމުސްޓާރުން ނާއި ލަވަކިޔާމީހުން ގެނަސްގެން ގަލޮޅުދަނޑާއި ކާނިވާގައި ބޭއްވި އާއަހަރުގެ ސޯތަކަކީ ޤުރުްއާނުގެ ޢިލްމު ފެތުރުމަށް ޔާމީނުގެ ސަރުކާރުން ކުރެއެްވިކަންކަންތޯއެވެ. އޭރު ތިޔަވާހަކަ ވިދާޅު ނުވެވުނީ އަނގަބަންދުކުރައްވާފައި ވާތީތޯ؟
ކުރީ ސަރުކާރާ ހެދި އަދި ނުވެގެން މިއުޅެނީ ޝަހީމޫ. ހުރޭ ބޮޑު ވަޒީރުގެ ސަރުކާރު ހިންގާ މަޖިލީހުގައި ކޮމިޓީއެއް ހަދާލާފަ ތިކަމަށް ގޮތެއް އޮތްތޯ ބަލާލާނަން އިނގޭ. ހިއެއް ނުވެ އެކުދިންވެސް ދީނީ ތިބާވަތުގެ ކަންކަމަށް ޝައުގެއް ހުންނާނެހެން. އެތިބީ އެމީހުންގެ ސިނކުޑި ދޮވެލާފަވިއްޔަ. އެހެން ނޫނަސް އަހަރެމެންނަށް އާޚިރަތެއް މުހިންމެއް ނޫނޭ. ބޭރު މީހުން މިތާ ވަޒަންވެރި ކޮށްގެން ފައްޅިއެއް އެޅޭތޯ މިއުޅެނީ.
ގިނަ މީހުން ބޭނުން ވާގޮތައް ގައުމު އޮނނާނީ