ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަތައް ގިނަ ވެއްޖެކަމަށް އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޭސީސީ އިން ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 94 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ ގޮތުން ރަޖިސްޓްރީ ކުރެވުނީ 44 މައްސަލަ އެވެ.

ވަޒީފާއާގުޅޭ 51 މައްސަލައެއް މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވުނީ މިބާވަތުގެ 15 މައްސަލަ އެވެ.

މީގެ އިތުރުން މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިމާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިޚާބު އަދި ކެމްޕޭންތަކާ ގުޅޭ ޖުމްލަ 60 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 40 މައްސަލައެއް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ވެސް އޭސީ އިން ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރު ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް މިސަރުކާރުން ގެންދަނީ މިއީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކޮރަޕްޝަން ހާލި

    މުނާފިގުކަން ބޮޑު ދޮގުވެރި ސަރުކާރެއްގައި މިނޫން ގޮތެއްވޭތަ؟ އަދިވެސް ކިޔާނެ "ވަގު ޔާމީނޭ ވައްކަންކުރީ". އަސްލު ވަގުންނަކީ އެމްޑީޕީ މީހުން. ވަޒީފާވެސް މިލިބެނީ ރީދޫ ހުން ޖެހުނީމާ. އެމްޑީޕީ ފިކުރުގެ މީހުންނަކީ ސީދާ ލާދީނީ ފިކުރުގެ ބައެއް. ފައިިސާވެސް ހޯދަނީ ލިބެންއޮތް އެންމެ ހަރާމް ގޮތަކަށް. މިހެން މިބުނަނީ އެމްޑީޕީގައި ތިބި މީހުންނަށް އެމްޑީޕީއަކީ މިކަހަލަ ކޮރަޕްޝަންތަކަށް ހިއްވަރުދޭ ޕާޓީއެއްކަން އެނގޭއިރުވެސް އެކަހަލަ މީހުން އިންތިހާބުކުރާތީ. މުހިންމުވަނީ އަމިއްލަ އެދުމެއް ނޫން. މުހިންމުވަނީ މުސްތަގުބަލުގެ ޖީލްތައް.

    59
  2. ހަމީދު ބުނި ޖަލީލް

    އެނގޭތަ؟ ނޭޝަނަލް ޓެންޑަރ ބޯޑުގެ އަދުގެ ހާލަތު. ވަރަށް ނުރައްކާ އިނގޭތޯ؟ ސީދާ މިނިސްޓަރު ބުނެގެން، މިނިސްޓަރ އާއި ގުޅިގެން ޓެންޑަރ ބޯޑުގެ ޑިރެކްޓަރ ޖެނެރަލް ދަނީ ގަަސްދުގައި ކަންކަން ކުރަމުން. މިކަން ސީދާ އެމް.ޑީ.ޕީގެ އިސްވެރިންނާ ޢާންމު މީހުންނަށް ވަރަށް ރަނަގަޅަށް އެނގޭނެ. ސަމާލުވޭ ގައުމު ސަލާމަތް ކުރޭ.

    47
  3. ޢަދުރޭ

    ސޯލިޙް އެއީ އިބްރާހިމްގެ ބައްޕަ. އިބްރާހިމް ވިދާޅުވާ ގޮތަކަށް ނޫން ޢަމަލު ކުރާނީކީ !!
    ކޮރަޕްޝަން އަށް ޒީރޯ ޓޮލެރަންސް އޯ ވިދާޅުވީ .މިއޮތީ އެއީ ތެދެއްކަން އެނގެން.
    1. ވިދާޅުވި ވެހިކަލްސްޓިކާ ނުޖަހާނެއޭ . ޖެހިގެން އައި ދުވަހު ގަރާޖް ތަކުގަ ހުރި އެއްްޗިހީގައިވެސް
    ތިނެތީގަވެސް އަދި މީހުންގެ އަނބިން ގައިގަވެސް ސްޓިކާ ޖަހާފަހުރީ .2 ވިދާޅުވި ކިޔަވާކުދިންނަށް ހުރިހާ ޤަވްމަކުން ކިއެވުމަށް ލޯނު ދޫކުރާނަމޭ !! . ކުރިންވެސް ޔާމީނު ސަރުކާރުގައިވެސް ކިއެވުމަށް ލޯނު ދޫކުރާ ޤަވްމުތަކަށް ލޯނުލިބެނީ .އެއަށް ބަދަލެއް ނާދެ . ކުރެއްވިކަމަކީ އެހެނިހެން ޤަވްމުތަކަށް އަމިއްލަ ޚަރަދުގައި ކިއަވަންދިއުން މަނަލެއް ނޫނޭ ވިދާޅުވީ .މިހެންގޮސް ލިޔެ ކޮޅުން ނުލާނެ . ދިވެހިންނަށް އެނގެންވީ އެއްޗަކީ ސޯލިޙް އެއީ މި ބޭފުޅާގެ ބައްޕަ. މީ ޖާހިލު

    43
    1
  4. ބެއްޔާ

    އެއީ ކޮރަޕްޝަނެއް ނޫން. ޒީރީ ޓޮލެރެންސް. ޕަކާސްޕަކާސް ބޮޑުވަގުން

    41
    1
  5. ކުންބޭ

    ހޮހޯ ހޯއި

    26
  6. ކަހަނބު ވިތްޓޯ ޓޯ

    އެން ޓިކަރަޕްޝަންއަށްވުރެ ކޮރަޕްޓް ބަޔަކު ނެން ހެން ހީވަނީ

    11
    12
  7. އަހްމަދު

    ރައްޔިތުން ބޭނުންވަނީ ގައުމު ކުރިއަށްދިއުމަށް؟ މިސަރުކާރުން ތިޔަކަމުގައިވެސް ތިއޮތީ ކުރިހޯދާފަ. އެހެންވީމާ ބާރަށް ކުރިއަށްތިޔަދަނީ.

    32
  8. ޒީރޯ ޓޮލަރެންސް

    އަސްލު ޒީރޯ ޓޮލަރެންސް މިހާރު ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އޭގެ ، އެއީ ކުރިޔަށް 1 ކާފަ ދެން ފަހަތަށް ހުސް ޒީރޯ އަންނަ ގޮތަށް ހަމަޖެހިފައި ވާ ޓޮލަރެންސް އެއް، އެހެންވީމާ ވާގޮތް މިއީ.

    22
  9. ޙަރީބު

    ހާއިނުންގެ ސަރުކާރު ޔަހޫދީންގެ ނިވަލުގައި މޯދީ އާއި އެކު

    25
  10. އޭނާރކީ

    ވަކި ސަރުކާރަކައް ވަގޭ ކިޔާނެ ކަމެއް ނެތް. ޑިމޮކްރަސީ އަކީ ހުސް ވަގުން ފާޅުވާ އެއްޗެއް. ވެރިކަމައް ކޮންމެ މީހަކު އެރިޔަސް ވަގު ހަދާނެ. އިންސާނާގެ ތަބިއްޔަތުގައި ލައްވާފައި ވާ ގޮތް އެއީ.

    19
  11. ކެކެކެ

    ވަގުންތަކެއް ވެރިކަމާ ހަވާލުވީމަ ވާނީ ތިހެން.

  12. ބުރިޖޭ

    ހަޤީގަތުގަ ބުރިޖަކީ ރައީސް މަޢުމޫނުގެ ތަސައްވަރެއް ރައީސް ނަޝީދު ޕުލޭންކޮށް ދިރާސާކޮށްފައޮތްކަމެއް. ޗައިނާގެ ދީލަތިއެހީއެއް. ނަސީބު ދިމާކުރިގޮތުން އިއްތިފާޤަކުން ޗައިނާއިން ބުރިޖު އަޅަން ބޭނުންވިދުވަސްވަރު ޔާމީނުމެން ވެރިކަމުގަތިބި ދުވަސްވަރާދިމާވީ

    1
    6
  13. އަމީން

    "ވަގު" "ވައްކަން" "ސިއްރުކަންކަން" މިއީ މީހުންނަށް ނޭންގިކުރާ ޖަރީމާތަކަށްކިޔާ ނަންނަން. ޔާމީނުގެ ވެރިކަމުގަ ކުރާކަންކަން ފަޅާނާރަނީ ވެރިކަމުގަތިބީވެސް ރަށްލާޖެހި ބޮޑެތި ވަގުންވީމަ. މީހަކު ކިރިޔާ ނުކިއްސަރުގޮތަކަށް އުޅުނަސް މިސަރުކާރުގަ ފަޅާއަރަނީ ސަރުކާރުހިންގަންތިބީ ތެދުވެރި އަމާނާތްތެރި ސޯލިހުންވީމަ

    1
    5
  14. މިގޭ

    ހާއިނުންގެ ސަރުކާރު ޔަހޫދީންގެ ނިވަލުގައި މޯދީ އާއި އެކު

  15. ނަސޭހަތް

    ވަރަށްދެރަ އިތުބާރުގެއްލިއްޖެ އެއީ ހުރިހާކަމެއް ރަގަޅުކުރުމަށް އަޑަށްބާރުލައްވަމުން ގޮވަމުންއައިސް ބޮޑުކޯލީޝަނަކުން ވެރިކަން ބަދަލުކޮށް ވެރިކަންކުރައްވަންފެއްޓެވި
    ދުވަހުންފެށިގެން ގައުމުގެ ތަރައްޤީއަށް ކަމެއްވާތަންނުފެނި އަޑުއިވެނީ ކުރިންއިވުނު
    އަޑުތަކާ އިދިކޮޅަށް އެއީ ކޮރަޕްޝަން މައްސަލަތައްގިނަވުމާ އަދީބުއާ ޑީލްހެދުމާ އެމްއެމްޕީއާރްސީ
    ޚިޔާނާތުގެ ފައިސާ މިސަރުކާރުގެ އިސްބޭފުޅުންގެ އަކައުންޓްތަކަށް ވަތްކަމަށް ތިހެން
    ނުހައްދަވާ ތެދުވެރިކަންމަތީތިއްބަވާ ރަށްޔިތުންނަށް ރަގަޅުޚިދުމަތްދެއްވާ

    2
    1