ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ. އަވަހާރަވެފައިވާ މަޝްހޫރު އިލްމުވެރިޔާ ޑރ.އަބްދުލްމަޖީދު އަބްދުލްބާރީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅެއް މިހާރު އިންޓަނެޓްގައި ވަނީ ވައިރަލް ވެފައެވެ.

2017 ވަނަ އަހަރުގެ ޖުލައި 31 ވިލޭރޭ އޭރުގެ އިދިކޮޅު ފަރާތްތަކުން ކްނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.މަޖީދު ވިދާޅުވީ އަންހެނުންނަކީ މުޖްތަމައުގެ އެއްބައިކަމަށާއި ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރު އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް ކޮންމެ ވަޒީފާއަކަށް އަންހެނުން އައްޔަންކުރުން ހުއްދަ ނޫންކަމަށް މަޖީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ އިސްލާމީ ދައުލަތަކަށް ވާތީ އަޅުގަނޑުމެން ކަންކަން ކުރަން ވާނީ އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް ކަން ފާހަގަ ކުރައްވަމުން މަޖީދު ވިދާޅުވީ ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވާންޖެހޭނެ ކަމަށް ބުނާ ބުނުމަކީ ހުރިހާ އިލްމުވެރިން އިއްތިފާގުވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ހަނަފީ މަހުޒަބުގެ އިލްމުވެރިން ދެކޭ ގޮތުގައި އާއިލީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި އަންހެނުންނަށް ހުކުމް ކުރެވިދާނެ ކަމަށާއި އެކަމަކު (ގިނަ އިލްމުވެރިން) ޖުމްހޫރު އިލްމުވެރިން ދެކޭ ގޮތުގައި އެއްވެސް މައްސަލައެއް ނިންމަން ގާޒީންގެ މަގާމަށް އަންހެނުން އައްޔަންކުރުން ހުއްދަ ނޫން ކަމަށް މަޖީދު ވިދާޅުވިއެވެ.

އަންހެނުން ގާޒީންގެ މަގާމަށް އައްޔަންކުރަން ބާރުދޭ އެއްވެސް ބަސްފުޅެއް ޤުރުއާނުގެ ސައްހަ މަގަކުން އައިސްފައި ނުވާ ކަމަށް މާލިކީ މަޒުހަބުގެ އިލްމުވެރިއެއް ކަމަށްވާ އަލް އިމާމު އިބުނުލް އަރަބިއްޔާ ވެސް ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ ގިޞާސްގެ މައްސަލަތަކާއި ހައްދުތަކުގެ މައްސަލަތަކުގައި އަންހެނުން ކުރާ ހުކުމް ހުއްދަ ނުވާނެ ކަމަށް ހުރިހާ އިލްމުވެރިން އިއްތިފާގުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޝަރުއީ ގޮތުން އެންމެ ފަހުން ބަސް ބުނާ ކޯޓަށް ވެފައި އެތަނުން ގިޞާސްގެ މައްސަލަތަކާއި ހައްދުތަކުގެ މައްސަލަ ބަލާނެތީ، އެ ކޯޓަށް އަންހެނަކު އައްޔަންކުރުމަކީ އިލްމުވެރިން ކަނޑައަޅުއްވާފައިވާ މިންގަނޑާއި އިސްލާމީ ޝަރީއަތުގެ ހަމަތަަކަށް ބަލާއިރު ހުއްދަ ވާނެ ކަމެއް ނޫން ކަމަށްވެސް މަޖީދު ވިދާޅުވި އެވެ.

އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ބެހޭ ގޮތުން މަޖީދު ވާހަކަފުޅު ދެއްކެވީ އޭރު ރައީސް އޮފީހުގެ ލީގަލް މިނިސްޓަރަކަށް ހުންނެވި އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް އައްޔަން ކުރަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިއުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. .......

  ބާރީ ބަހެއް އެހެންމީހެއްގެ ބަހެއް ހޯދަން ޖެހޭ ވަރަށްވުރެ ސާފު މައްސަލަ އެއްތީ....އަންހެނަކު ފަނޑިޔާރަކަށް ނެގުންތޯ ނުރައްކަލީ ނުވަތަ ﷲ ގެ ހުކުމްތައް ބަދަލުކޮށް ﷲ އަށްވުރެ މޮޅަށް އެނގޭކަމަށް ދައުވާ ކުރުންތަ ނުރައްކާވެފަ ދީނުގަ ހައްދުބޮޑީ...ﷲ ގެ ޝަރީޔަތް ފާޅުގަ ބަދަލުކޮށް އެ އަށް ތަބާވުމަށް ގޮވާލާ ބާރުގެ ބޭނުންކުރާ ބަޔަކު އަންހެނަކު ގާޟީ ނުލާންވީ ސަބަބެއްނެތް...އެފަދަ މީހެއްގެ މައްޗަށް އިސްލާމީ ހުކުމްތަށް ހިނގާނެ ގޮތެއް ނުވިސްނުނު...ކާފަރަކު ރާބޮއެފާނެތޯ....؟

  19
  1
 2. ކަޝޯޖީ

  ކޮބާ ޝަހީމު ގެ ބަސް މިކަމުގަ ބޭނުން

  • ހަސަންބޭ.

   ޝަހީމް މިހާރު އެޑުވައިޒް ދެނީ އޯއައިސީ އަށް.. އެޔައްފަހު ހައްޖު ގުރޫޕަކައް. ދެން އިތުރު އެޑުވައިޒްތައް ލިބޭނީ ސެލްފީތަކުންނާއި ހައްޖު ގުރޫޕް ފޮޓޯތަކުން. ވަލުދޮރާށީގެ އެޑުވައިޒް ލިބޭނީ ބޮނަކުވާ ބުރޭންޑުގެ ފެންފުޅިތަކުން. އަހަރެމެންނައް މިތިބީ އިލްނުވެރީންތަކެއް ލިބިފާ.. ރާއްޖޭގެ މުފްތީކަމައް އެންމެ އެކަށީގެންވަނީ އަދީބު.

   7
   1
 3. ސުޖޫން

  ސޭކުންގެ ބަސް ހޯދިޔަސް ފައިދާއެއްނެތެންނު
  ބޮޑުމީހާ އެހުރީ ތިކަމެއް ކުރާހިތުން ދެއަހަރު ނުނިދާވީޔަ!
  ސޭކުން މިވަރުގެވެރިޔެއް ހޮވާންވެގެންނު ބުނީ ރަސޫލާ ގެ ދުވާފުޅުުުގެ ވާފަދަވެރިޔެއް މިފެނުނީ އަދި ކިރިޔާ!
  ދެން ހުތުބާވެސް ކިޔޭނެ ތާ އަންހެނުންނަށްް!

 4. ވެރީ ޑިސްއެޕޮއިންޓެޑް

  ދުވަސްކޮޅަކުން ހުކުރު ނަމާދުކޮށް ޚުތުބާކިޔަންޖެހިދާނެ އަންހެނުންނާ.. ހަރުލާ ތިބޭތި! ?