އައްޑޫ ތަރައްގީ ކުރަންވީ ބައިނަލްއަގްވާމީ ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި ކަމަށާއި އެތަނުގެ ތަރައްގީ އަށް ބޮޑެތި ޕްރޮޖެކްޓްތަކަށް ވިސްނަވަމުން އެބަގެންދަވާ ކަމަށް އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ޕްރޮފެސަރު ހަސަން އުގައިލަކީ އައްޑޫ ހިތަދުއަށް އުފަން ބޭފުޅެކެވެ. އުގައިލް ފޭސްބުކްގައި ހިއްސާ ކުރައްވާފައިވާ ދެ ޕޯސްޓްތަކެއްގައި ވިދާޅުވީ އައްޑޫ ކުރިއަރުވަން ބޭނުން ނަމަ އެކަމަށް ބޭނުން ވަނީ އެކި ކަހަލަ ތަފާތު ބޮޑެތި ޕްރޮޖެކްޓްތަކެއް ކަމަށެވެ.
އުގައިލް ވިދާޅުވީ، އައްޑޫ ކުރިއަރުވަންވީ ބައިނަލްއަގްވާމީ ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި ކަމަށާއި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިންވެސް އައްޑޫ ބޭނުން ކޮށްފައިވަނީ އެގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އައްޑޫ އަށް އައިސްފައިވާ މުހިންމު ކުރިއެރުން އައިސްފައިވަނީ އިނގިރޭސިންގެ ފަރާތުން ކަމަށެވެ.
ދެވަނަ ޕޯސްޓްގައި އުގައިލް ވިދާޅުވީ، އައްޑޫ ކުރިއަރުވަން ބޭނުންވަނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެކަމާއި އޭނާ ވިސްނަމުންދާ ކަމަށެވެ.
އިނގިރޭސިން އައްޑޫ ދޫކޮށްލާފައިވަނީ 1976 ވަނަ އަހަރުގައެވެ. އިނގިރޭސިން އައްޑޫ ދޫކޮށްލާފައި ދިޔައިރު އައްޑޫގެ އަދި މުޅި ރާއްޖޭގެ ދަތުރުފަތުރަށްވެސް ބޮޑު އިންގިލާބެއް ގެނެސް ދީފައި އޮތެވެ. ރާއްޖޭގައި ބިނާކުރި ފުރަތަމަ އެއާޕޯޓަކީ ގަމުގައި އިނގިރޭސިން ތަރައްގީ ކުރި އެއާޕޯޓެވެ. މީގެ އިތުރުން ކޯޒްވޭތަކުން އައްޑޫގެ ގިނަ ރަށްތައް ގުޅާލީ ވެސް އިނގިރޭސީންނެވެ.
އެސޮރު ހާދަ ރީއްޗެވެ
ޕްރޮފެސަރު ބުނުއްވަ ދެއްވާ އިގިރޭސީން އައްޑުއަށް ގެނަސް ދިން ތަރައްގީއެއް! ހެދި މަގެއް، ގާއިމުކުރި ފެނުގެ ނިޒާމެއް ނޫނީ ނަރުދަމާގެ ނިޒާމެއް (ގަން ފިޔަވައި) ނޯންނާނެ! ރައްތަކުގެ ދޭތެރެ ހިއްކާ ކޯޒްވޭ އެޅީ އޭރުގެ އަތޮޅުވެރިން މޫސާއަލިދީދީގެ އިސްނެންގެވުމަށް މުޅި އަތޮޅު ރައްޔިތުން ނިކުމެ، ވަކި ރޮގަކުން ވަރަށް މައްޗަށް ކިޔެވުމަކީ ތިމާޔަށް ހުރިހާއެއްޗެއް އެގުން ލާޒިމް ވާކަމެއް ނޫން. ވާހަކަ ދެއްކުކުމުގެ ކުރިން މައުލޫމާތު ހޯއްދެވުން ރަގަޅު. ކޯޒްވޭ ހެދުމުގެ އަމަލީ މަސައްކަތްކުރި ވަރަށް ގިނަމީހުން މިހާރުވެސް ދުނިޔޭގަ އެބަތިބި. ވަރަށް ސަލާމް
އައްޑުއަށް ދެވުނީތަ އަލަށް، އުކުޅަހުގައި ސެންޓަރު އަޅާ ނިމުނީތަ، މަ ސަހަރޯ އޭ ހިތަށް އަރާ.
ތެބެނާހަބަކުގެވާހަކަތޭއައުވާހަކާއްނުން
ތެމީހާމިދުނިޔޭއްއައުމުގެކުރނަސްތެވާ
ހަކައޮތީ ދައްކަފެއި
ފޮނިވަާހަކަ