އުތުރާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު އިންޒާރު ދީފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު އިންޒާރު ނެރެފައި ވަނީ މ.އަތޮޅާއި ނ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
Alert white for Heavy rain and thunderstorms pic.twitter.com/38LTdxOBL9
— Maldives Meteorology (@MetMaldives) August 26, 2019
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާއެކު ގުގުރުން ވެސް އެކަށީގެން ވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ ވައި ޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
ދުވަހަކު ކިޔާއެއްޗެއް ދިމައެއްނުވާނެ
ދިމާވާކަށް ލާޒިމެއްނޫން. މީ ލަފާކުރާ ގޮތް ކަމަށް ވާތީ.