ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއި ކުރެއްވި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ބޭފުޅުން، ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވަން ނިންމަވައިފިއެވެ.

އެ ބޭފުޅުން ސަރުކާރަށް އެއްބާރުލުން ދެއްވަން ނިންމަވާފައިވާ ކަން ހާމަކޮށްފައި ވަނީ ޖޭޕީއަށް އާ މެމްބަރުން ސޮއި ކުރުމަށް ބާއްވަމުންދާ ޖަލްސާގައެވެ. އެގޮތުން ޖޭޕީ އާއެކު އެ ޕާޓީއަށް ޚިދުމަތް ކުރުމުގައި ދެމި ތިބުމަށް ތައްޔާރަށް ތިއްބެވި ކަމަށް، މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ކުރީގެ އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މިރޭ ޖޭޕީން ކުރިޔަށްގެންދާ ޖަލްސާ އަކީ، އެންމެ ގިނަ ސިޔާސީ އިސް ބޭފުޅުން އެ ޕާޓީ އާއި އެއްފަހަރާ ގުޅިވަޑައިގަންނަވާ ޖަލްސާއެވެ. ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ ވާހަކަ ދައްކަވަމުން އިދިކޮޅުން އަލަށް ޕާޓީ އާއި ގުޅިވަޑައިގަތް މެމްބަރުން ވަނީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެހީތެރިވެދެއްވާނެ ކަމަށެވެ.

މިރޭ ޖޭޕީއަށް ގުޅުވަޑައިގަތުމަށް ނިންމެވި ހުރިހާ ސިޔާސީ އިސް ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުއްލިއަކަށް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ކީއްވެގެން ކަމެއް ނޭގެއެވެ. ނަމަވެސް މި ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ނުފެންނަތާ ދުވަސްތަކެއް ވެދާނެއެވެ.

މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ކުރީގެ މެންބަރުންގެ ތެރޭގައި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނިވަޑައިގަންނަވާއިރު، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އެމްޑީޕީ

  ނުދިނަސް އޯކޭ ބޭނުމެއް ވެސް ނޫން.. ތީ ކިހައްޑިހަ. ކަލޭމެންގެ އެއްބާރުލުމެއް އެހީއެއް ނެތި ވެރިކަމަށް އައީވެސް ދެންވެސްކުރެވޭނެ

  73
  6
 2. މަމެން

  ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ..

  88
  2
 3. Anonymous

  ނިހާނުމެން އަސްލު އެމްޑީޕީއާ ގުޅެންވީ، އޭރުން ތާކުންތާކު ޖެހޭނީ.

  18
  6
 4. 1111

  މީސްތަކުންނަށް ހާމަތިވަނީ ތިބައިގަނޑުގެ މުނާފިޤުކަން. އަޤީދާގެ ނުބައިކަން. ނުރައްކަތެރިކަން. ތިމާމެންގެ އެދުންބޮނޑި ހާސިލް ކުރުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން. ރައްޔިތުންްްގެ ޙައްްްޤޭ، އޮޅުވާލުމޭ، ލާދީނީއޭ، ވައްްކަމޭ އޭއްޗެކޭ ކިޔާ މީހުންނަށް ދަޅަ ދައްކާ ލޯތަކުގައި އަނދުން އެޅުވުންް ނޫން ކަމެއް އޮވެެގެން އަނގަތަޅާ ބައެއް ނޫންކަން ތިއެނގެނީ. ތިމާމެން ކޮށްފައިވާ ޖަރީމާތަށް ކަޝްފުވާ ހިސާބަށް ދިޔައީމަ ނިވަލެއްް އެ ހޯދަނީ. ދެން އަނެއްްކޮޅުން މި މީހުން ބަލައިވެސް ގަންނާނެ. މިއީ ތި ސިޔާސީ މީހުންގެ ހާލަކީ. މިއީ ތިއެންމެން ހާވާ ހަޑިއަކީ. މި މީހުންގެ އަންމަތީގައި ދުވަަހަކުވެސް ޤައުމުގެ ކަންކަން އިސްލާހް ވާނެތޯ؟ އަދިވެސްް ގިނަ މީހުންނަކަށް ވިސްނެން ނުވޭތޯ؟ ތި ޑިމޮކްރަސީ އާއި ޕާޓީތަކާއި ތި މީސްގަނޑު އެކަހެރިކޮށް ތިމީހުންގެ ކިބައިން ދުރުވާން ނުވޭތޯ!

  32
 5. ރައްޔިތު

  ތިއީ ހުސް ސިޔާސީ "ރަންޑިން"..! ފައިސާއަށް ނަފުސު ވިއްކާނެ..!

  29
 6. އަޝްރަފް

  ތިކަންކަން ތިބީދައިން ހިނގާތީ އެމްޑީޕީގެ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަނީ. ތި އެންމެންނަކީ ރައްޔިތުން ނޫނެކޭ ބުނެފަ ތިބި މީހުން. ޙަނދާން ނެތޭކަށް އަދި މާ ދުވަހެއް ނުވޭ. ދެރައީ އެންމެންގެ މަގުސަދު ގާސިމްބެއަށް ނުވިސްނޭތީ!!!

  27
 7. Anonymous

  މިހާރު އަދި މި ޔަގީންވީ ޖޭޕީއަކީ ސިޔާސީ ކޮންމެ މީހަކުވެސް އެކްސްޕެއަރވީމަ ގޮޮޮސް ވަންނަން އޮންނަ ސިޔާސީ ކުނިގޮނޑުކަން. ހެހެހެ.

  33
 8. ދެބަންތިހާރު

  ބަޔަކު ރާވައިގެން މީހަކު ޖަލުގެ ތޭރި ތަކުގެ ތެރެއިން ސަލާމަތް ކުރާނަމޭ ހިތާ ދޮތަ ތިޔަ މަސައްކަތް ފެއްޓެވީ!

  7
  12
 9. މަހައްތިޔަ

  ގާސިމޫ ތިޔަގެންނަނީ ހުސްވަގުން ވިސްނާ ވިސްނާ ތިއީ ރައްޔިތުންގެ ހަޒާނާ ދަވާލި ބައިގަނޑު ތިވެރިން ގާސިމު ފަވާލައިފަ ވިލާ ދަވާލާނެ ވިސްނާ ވިސްނާ

  18
  5
 10. ފިލި ވަގު ދީބު

  މަޖިލިހަށް ނުހޮވުނު ގްރޫޕް ލާރިކޮޅެއް ހަދާލީ ދޯ

  23
 11. ޔައުގޫބް

  ތީގޮތެއްނެތް ހަޔާތްކުޑަ ބައިގަޑު،، ތިމީހުންގެ އަސްލުސިފަ ތިފެނުނީ ލާދީނީ އަންނި އާ ބައިއަތު ހިފީ

  6
  2
 12. ދޭންވީއޭ

  ޖިހާދު ވެސް ޖޭޕީ އަށް؛ އަމާޒަކީ ޕާޓީ އަށް ވެރިކަން ހޯދުން ކަމަށްވާނަމަ ދެން ތިޔާ ޕާރޓީ އާއި ގުޅެންވީ ޕީޕީއެމްގެ އިސްމީހުން އެއީ ދެން ފެނިގެންދާނެ މަންޒަރު ތަކަކީ މިކަން ދަނެގަންނަންވީ ރައީސް ޔާމީން މިކަން ދަނެެގެން ޕީޕީއެމް ހަވާލު ކުރަންވީ އުމަރު ނަސީރު އާއި މިހާރު ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަކީ އެއީ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވާ ބައެއް ނޫނޭ ކަން މިހެން ހުުރުމުން މިކަން ކުރެވޭތޯ ބަލަންވީ ރައީސް މައުމޫނާއި ޕީޕީއެމް ހަވާލު ކޮށްދީ

 13. އައްޑޫ މީހާ

  މިމީހުން ޕޕމ އިން އަދި ޕއސ އިން ވަކިވެގެން ދިޔަޔަސް އެޕާޓީތަކަށް ލިބޭނެ ވަކި ދެރައެއް އޮތްކަމަކަށް ނުބެލެވޭ ތިއީ މުޅިންވެސް އަގުވެއްޓި ބަހާ އަމަލާ ދިމާނުވާ ބައެއްކަން ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެގޭނެ މާދަމާ އެހެން ކޮޅަކުން ވައިޖެހޭއިރަށް އެދިމާލަކަށް ދުއްވައި ގަންނާނެކަން މިހާރު އެގޭނެ ރާއްޖޭގެ ސިޔާސީ މައިދާނަކީވެސް ފުޓްބޯޅަ ކުޅުންތެރިން ވިއްކާ އުސޫލުން ގަނެވިއްކާ މާކެޓެއްއޮތް ދާއިރާއެއް ހިންދީ ތަމަޅަ ފިލްމުތަކުން ފެންނާނެ މިކަހަލަ ޕޮލިޓިކްސް ދިވެހިރާއްޖެގަ މިހާރުމިއޮތީ ހަޑިމުޑުދާރު ގޭމްކުޅޭ ޕޮލިޓިކްސް އެހެންވެ މިބުނަނީ ޕޮލިޓިކްސް އިޒް އަ ޑާރޓީ ގޭމް އޭ ޑިމޮން ކްރޭޒީ އެއްގަ ކުޅޭނެ މިކަހަލަ ގޭމްތައް އަހަރަމެން ބޮލަށް ޗިޕްޖަހައިގެން ވޯޓް ހޯދަން ނާންނާތި ވަރަށްސާފް

 14. ކެނެރީގެ މާފަތް އެދުރު

  ހަހަހަ ކަލޭމެން ދުވަހަކު އެއްބާރުލުން ނުދިނަސް މިސަރުކާރުން ކުރަން ބެނުންވާ ކޮންމެ ކަމެއް ކުރާނެ އޑޕ އެކަނި އޮތަސް މިއީ ހަގީގަތް ދެން ތިޔަދޭން ބުނާ އެއްބާރުލުމަކީ މިސަރުކާރުން ކުރާ ހުރިހާ ނުބައިކަންތަކަށް ޕޯޑިއަމް ތަކަށް އަރާތިބެ ތައުރީފްކުރުން އިތުރުކަމެއް ކޮށްދެވޭކަަށް ނެތޭ އިންގޭތޯ

  6
  1
 15. މަރުތަޅު

  އަދީ ޖޭޕީ ރަގަޅުވެ ފައްކާވެ ދޮންވާނީ ރައީސް ޔާމީންވެސް ގުޅިގެން ތިޔަ ޕާޓީއާއި !

  3
  1
 16. މޯދީ

  ފެއިލްވީމަ އަލުން ފެށުމަކީ މައްސަލައެއްނޫން! އިންސާނުންނަށް އޮތީ ގަދަ އަޅާ މަސައްކަތްކުރުން! ވޯޓްކަރުދާސް ހެދުގޮތްވެސް ފަހުން އެގޭނެ އެއްމެނަށް، މިހާރު އެކަން އެގެނީ މަދުބަޔަކަށް!

  2
  1
 17. ބުރޯ

  ވަރަށްބޮޑު ރޭވުމެއް....... ނިކަން ފިސާރި ވިސްނާތި. ކަތުރުފަނިކަމުންދާ ލަކުޑިގަނޑަކަށް ހެދިޔަ ނުދޭތި

 18. ކިއުންތެރިޔާ

  އަޖައިބުވާ ކަމަކީ ޤާސިމް މިފަދަ ބޭފުޅުން ބަލައިގަންނަކަން. ކީއްކުރަން މިފަދަ މީހުން ބަލައިގަންނަންވީ. ތީ ހަމަ ޤާސިމް ޕާޓީ ރޫޅާލަން ދިޔަ ބައެއް. ދެން ދުވަސްކޮޅެއްވާއިރަށް ޕާޓީތެރެ ގަޑުބަޑުކޮށްފައި ރައްކާވާނެ. އަނެއްކާ ޕާޓީ ހީނަރުވަނީ. ނިކަން ރާއްޖެތެރޭ ރަށްރަށުގެ ރައްޔިތުންގެ ރުހުމާ ލޯބި ހޯދަބަލާ

 19. ސީލާ

  މަނަމަ ސޮއިކުރީހީ އެމް.ޑީ.ޕީ އަށް، އޭރުންތާ ގިނަ އެއްޗެހި ލިބޭނީ