ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް މިއަދު ގާއިމްކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމްކޮށް އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުގައިވާ ސައުދީގައި ހުންނަ ދިވެހި އެމްބަސީގެ ދަށުން ހިނގާ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އެ ކޮންސިއުލޭޓް އުފެއްދެވީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ހައްޖާއި ޢުމްރާއަށްދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.