މިދިޔަ ހަފްތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތަނުން އިންޖީންގައި އަލިފާން ރޯވި އެއާ އޭޝިއާ ފްލައިޓްގެ ކޮކްޕިޓްގެ ދޮރު ހުޅުވަން ފްލައިޓްގައި އިން ފަސެންޖަރަކު މަސައްކަތް ކުރި ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ނޫސްތަކުގައި ފްލައިޓްގައި އިން ފަސެންޖަރަކާއި ހަވާލާދީ ބުނީ ފްލައިޓްގެ އިންޖީންގައި އަލިފާން ރޯވުމުން ފްލައިޓް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ނިންމި ކަމަށާއި ނަމަވެސް ފްލައިޓް ޖެއްސުމުގެ ކުރިން ފްލައިޓުން ތެޔޮ މަދު ކުރުމަށް 5000 ފޫޓް މަތީގައި ބުރުތަކެއް ޖެހި ކަމަށެވެ. އެވަގުތު ފްލައިޓްގައި އިން ފަސެންޖަރަކު އަޑުގަދަކޮށް، ގަދަކަމުން ކޮކްޕިޓްގެ ދޮރު ހުޅުވަން މަސައްކަތް ކުރި ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ފްލައިޓުގެ ކްރޫ އިން ވަނީ އޭނާ ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފްލައިޓް ޖެއްސި ފަހުން ފަސެންޖަރާއިި މެދު ފިޔަވަޅެއް އެޅިކަމަކަށް އެއްވެސް ނޫހެއްގައި ބުނެފައެއް ނުވެއެވެ.

ބެންކޮކަށް ދާން ފުރި ފްލައިޓަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށް އެއާ އޭޝިއާ އިން ވަނީ ބުނެފައެވެ.

"ފްލައިޓް ނައްޓާލުމުގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވުމުން އެންމެ އިސްކަމަކީ ސަލާމަތްތެރިކަމާއި އެކު އަނބުރާ ޖެއްސުން ކަމަށްވާތީ ޕައިލެޓް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަނބުރާ ފްލައިޓް ޖައްސާފައެވެ. ފްލައިޓް ޖެއްސުމަށް ފަހު ޓެކްނިކަލް ހުރިހާ ޕްރޮސީޖާއެއް ވަނީ ފުރިހަމަ ކުރެވިފައެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މައްސަލަ ދިމާވި އެއާ އޭޝިއާގެ ފްލައިޓްގައި ތިބި ފަސެންޖަރުން ވަނީ ޖެހިގެން އައި ދުވަހު އެހެން ފްލައިޓެއްގައި ބެންކޮކަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖަހާންގީރު

  އިނގިރޭސި ނޫސްތަކުގަ ޖަހާބަލަ ކަލޭމެނޭ ފަލަސްތީން ބިމުގަ ޒަޔަނިސްޓް ހާއްޔެއް ހަދާދިނީ 24/7 ގަ މީހުން މަރަމުން އެ ދުވަނީ

  76
  3
 2. މަހްމޫދު

  ތިވާނީ ދިވެއްސަކަށް...

  15
  5
 3. ފަރޭ

  ކޮކޮޕިޓައް ވަދެވުނީމަ އޭނަޔައް އެފްލައިޓް ޖައްސަން ލިބެނީ ކަންނޭންގެ. ދިވެހިން ވާނީ ދިވެހިންނަ. ގިނަ މީހުންގެ ކެއްތެރި ކަމެއް ނުހުންނާނެ އަދި މާބޮޑައް އިނގޭނެ

  22
  1
  • ޢާލިމް

   ކާކު ބުނީ ވަންނަން އުޅުނީ ދިވެއްސެކޭ؟

   16
 4. ފގހޔ

  ތިވާނީ އަންނިއަށް

  3
  1
 5. ޢަބޫ

  ވަގުތު ނޫހުން އެއާޓިކަލް ކިޔާލިނަމަ އެގުނީސް ވީގޮތް. ނައްޓާލިއިރު ޕެސެންޖަރުންނަށް އަލިފާން ފެނުން. ދެން ޕެސެންޖަރުން ވެގެން އުޅޭގޮތް ބަލަން މަސައްކަތް ކުރުމުން ކްރޫއިން އަޅައެއްނުލި. ދެންއިވުނީ އެއްޗެއްގޮވިއަޑު. އެވަރުވީ އިރުވެސް ކެޕްޓަން ޕެސެންޖަރުންނަށް ކުޑަމިނުން ހަމަޖެހުމަށް ނުވަތަކްރޫއިން ޕެސެންޖަރުންނަށް އަޅާނިލާ ސުވަލަށް ޖަވާބުނުދީ ތިބީ. ދެން ޕެސެންޖަރަކަށް ކެތްނުވެގެން ގޮސް ކެޕްޓަން އާ ވާހަކަދައްކަން ކޮކްޕިޓްގައި ތަޅައިގަތީމަ އެނއުންސް ކުރީ ވެގެންއުޅޭގޮތް.