ލ.އަތޮޅު އިސްދޫން ފުލުހުން ބަނގުރާ ހަންތަކެއް އަތުލައިގެންފައިވާ ކަމަށާއި ނަމަވެސް މިމައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިސްދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދާފައިވާ ކަމަށެވެ.

ފުލުހުން މިތަކެތި ހޯދާފައިވަނީ އިސްދޫގައި ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު 21:40 އެހާކަންހާއިރު އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެރަށު ފަޅުގޯއްޗެއް ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މިގެ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިން ހަން ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަގޭ ޚިޔާލު

    ބަނގުރާ ހަންތަކުގައި ދެފައި ހުރިނަމަ، މިއަދު ބަނގުރާ ހަންތަކެއްވެސް އަތުލައެއްނުގަނެވޭނެ. ނަސީބެއް ބަނގުރާ ހަންތަކުގައި ދެފައި ނުހުންނަކަން.

    13
  2. ބޯބުޅި

    އަނހަ! މަޖިލީހުގެ ރައީސާއި ކާށިދޫދާއިރާ މެމްބަރުގެ ކޮއްތެއްނު ތިޔަ ލިބުނީ. އަވަހަށް އެބޭފުޅުންނަށް ތިޔަ ހަންތައް ވެދުމަށް އަރުވާ!

    9
    2
  3. ޢިސްދޫ މީހާ

    މައް އިނގޭ އެޔޯ ކާކަކަން

  4. އަދާލަތު

    " މަގޭ ޚިޔާލު " އަށް ދަންނަވާލަން ބޭނުންވަނީ، ލިއުންތެރިން ދިވެހިބަހަށް ފުރިހަމަކަމުން ޢިބާރާތް ކުރައްވާގޮތޭ އެއީ. ފުލުހުން ވިދާޅުވާނީ ހަންތަކެއް ހޯދިވާހަކަ.
    "މަގޭ ޚިޔާލު" ޙިއްޞާ ކުރެއްވި މަޢުލޫމާތަށް ޝުކުރިއްޔާ!

    2
    1
  5. ާަޕޮގުބާ

    ކިހާދެރަކަމެއްތިކުރީ އެމީހުންނަށް ކިހާގެއްލުމެއް