އިއްޔެއާއި ރޭ، ގިނަ ވަގުތުތަކަކަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑި ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހުމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންގެ ނުރުހުންވުން، ފެނަކައަށް އަމާޒުވެއްޖެއެވެ.

އެފަރާތްތަކުން ފެނަކައިގެ މަސައްކަތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައި މިވަނީ، އިއްޔެ އައްޑޫ ސިޓީގައި ކަރަންޓަށް ދިމާވި މައްސަލަ އަށް ވަގުތީ ހައްލެއް ހޯދައި ހުރިހާ ރަށަކަށް ރޭ ދަންވަރު އަލުން ކަރަންޓުގެ ޚިދުމަތް ދީފައި ވަނިކޮށެވެ. ފެނަކައިން ކުރި ޓްވީޓެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ކަރަންޓު ދީފައި އޮތް ނަމަވެސް ޚިދުމަތް ދިނުމުގައި ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

ކަރަންޓުގެ މައްސަލައިގައި ފެނަކަ އަށް ފާޑުކިޔުން އަމާޒުކޮށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައި ވަނީ، ކަރަންޓުގެ މައްސަލައަށް އައްޑޫ ރައްޔިތުން ބޭނުންވާ ދާއިމީ ހައްލު، ފެނަކައަށް ހޯދައި ނުދެވޭ ކަމަށެވެ. ހަމަ މި މޭރުމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ އިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.

ފެނަކައަށް ފާޑުކިޔުން އަމާޒުކޮށް އައްޑޫ ސިޓީ މޭޔަރު، އަބްދުﷲ ސޯދިގު ވިދާޅުވެފައި ވަނީ، ކަރަންޓުގެ މައްސަލައަށް ފެނަކައަށް ދާއިމީ ހައްލެއް ހޯދައިނުދެވުނު ކަމަށެވެ.

މި ބޭފުޅުންގެ އިތުރުންވެސް އައްޑޫގައި ސިޔާސީ އިސް ފަރާތްތަކުންނާއި އާންމު އެނޫންވެސް ފަރާތްތަކުން ފެނަކައަށް ފާޑުކިޔުން އަމާޒުކުރަމުންދާއިރު، އެފަރާތްތަކުން ބުނަމުން ދަނީ ކަރަންޓުގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ފެނަކައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރި މުވައްޒަފުން ތިބުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީގައި މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކަކީ ބޭނުންވާ ސާމާނު ނުލިބި ގިނަ ދުވަސްވެފައި ވުމުންނާއި ސާވިސް ކުރާނެ ގޮތެއް ނެތި ވަރަށް ނާޒުކު ހާލަތެއްގައި ހުރި ޖަނަރޭޓަރުތަކެކެވެ. މީގެ އިތުރުންވެސް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އެކަށީގެންވާ ތަކެތި ނުލިބޭ މައްސަލަ ކުރިންވެސް ވަނީ ބޮޑުވެފައެވެ. ކުރީގެ ސަރުކާރުގައި ވެސް އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލައާއި ގުޅިގެން އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެގެން ގޮސްފައިވާއިރު، ސަރުކާރު ބަދަލުވި ފަހުންވެސް އައްޑޫ ސިޓީގައި ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ފެނަކައަށް ލިބިފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.

އިއްޔެ ހަވީރު 4:30 ހާއިރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނުއިރު، އޭގެފަހުން މެދުކެނޑުމެއް ނެތި ޚިދުމަތް ލިބެން ފެށީ ރޭ ދަންވަރު 12:30 ހާއިރު އެވެ. ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ރޭ މާލެއިން އައްޑޫއަށް ވަނީ ޓެކްނީޝަނުންވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޙުސައިން

    ރައްޔިތުން ބަނޑައް ޖެހުމުންވެސް ސަރުކާރު އޯކޭ. ކަޑައީ ރައްޔިތުން

    60
    1
  2. މިއަދު

    ސަރުކާރު އޯކޭ ފެނަކަވެސް އޯކޭ މެމްބަރުންވެސް އޯކޭ މައްސަލައަކީ ޖަނަރޭޓަރު

    28
    2
  3. ޖުނެއިދު

    ސަރުކާރު އޯކޭ، ފެނަކަ އޯކޭ، ރައްޔިތުން ކަރަންޓާއި ނުލާ އުޅެވެންވާނެ.

    26
    3
  4. ކޮއްޔާ

    ލަނޑަޔާވާނީ ލަނޑަޔާ އޭ ބުނާ އުސޫލުން، އައްޑޫ އެމްޕީއިންނާއި އައްޑޫ ސިޓީ ކައުންސިލްގައި އެތިބަ މީހުންނީ އެމްޑީޕީގެ ހާޑްކޯ މީހުން. އެމީހުންނަށް މިސަރުކާރުގެ އެއްވެސް މައްސަލައެއް ނުފެންނާނެ. މައްސަލަ ހުންނާނީ ކުންފުނިތަކުގައި އެވެސް އެކުންފުނިތަކުގައި ތިބި އާދައިގެ މުވައްޒިފުންގެ އެވެސް އެމީހުން އެމްޑީޕީގައި ރަޖިސްޓްރީ ވެފައި ނެތްމީހުންގެ. އެބޭފުޅުން ރޭގައިވެސް ބުނަމުން އައީ މިހުރިހާކަމެއް މިލައިގަންނަނީ ވަގު ޔާމީނާއި ހެދީކަމަށް، ތަންތަން ހިންގަން އަދިވެސް ތިބީ ޔާމީނުގެ މީހުންކަމަށް، އެމީހުން ސަރުކާރަށް ޖެއްސުން ކުރަނީކަމަށް. މިއީ އެވެރިން ރައްޔިތުންނަށް ބުނެދޭ އެއްޗަކީ. ތިމާމެން ކުރީގައި ބުނަމުން އައިގޮތަށް ހިތާއި ހިތުގެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަށް ނުދެވިގެންދާކަމަކަށް އެމީހުން ގަބޫލެއް ނުކުރޭ. އެހެން ނަމަވެސް ރައްޔިތުންނަށްވެސް އެބައެނގޭ މީގެ 11 މަސްކުރިން ޔާމީނުގެ ވެރިކަން ނިމި ކަންނެލިއޮޑީގައި ވައުދުވީ ބޭފުޅުން މިތިބީ ސަރުކާރަށް ގެނެވިފައިކަން، މިތާކު ދެން މިހާރަކު ޔާމީނާއި ވަހީދާއި މައުމޫނާއި ނާސިރުގެ ވާހަކަ ދައްކާކަށް ނުޖެހޭކަން.
    މިސަރުކާރަށް ދިމާވެެގެން އުޅޭހައިވެސް ކަމަކީ ކޮންމެ ކަމެއްވެސް ކުރަންޖެހެނީ މުޅިދުނިޔޭގައިވެސް އޮތް އެންމެ ބުރަހެލި ގައުމު އިންޑިޔާ އެދޭގޮތަކަށް، ބަޖެޓް ސަޕޯޓްވެސް ލޯނުވެސް ބޭސްފަރުވާވެސް ކޮންކްރީޓްވެސް އެންމެ ފަހުން ގާނޫނާއި ގަވާއިދުވެސް އެމީހުން ރުހޭގޮތަކަށް ހަދަންޖެހިގެން މިގައުމު މިއޮތީ ފާލުން ނެއްޓި ގައުމު ހިންގުމުގެ އެންމެ އިސްވެރިޔާ އަކީ ކާކުކަން ނޭގޭ ހާލަތަަކަށް ގޮސްފައި. މިއަދު މިފެންނަނީ މިހެން ތިބި ހަމަ ކޮންމެ ބަޔަކަށް ފެންނާނޭ މަންޒަރު. ކަރަންޓުގެ ކަންތަށް ހަމަ ނުޖެހުނަސް އައްޑޫ ސިޓީ ކައުންސިލުން ހޭބޯނާރާ މަސައްކަތްކޮށް އެހެރީ ދިދަ ދަނޑި ޖަހައި ވަށައިގެން މާބަލް ޖަހައި އެތަން ނަލަކޮށްފައި ކޮންމެ ހުކުރަކު ބިދޭސީން ހިތް އުފާކުރުމަށް. އެއީ މިސަރުކާރުގެ ވައުދެއްވީމައި އެކަން ކުރަންޖެހޭނެ ނޫންތޯ.

    29
    1
  5. ސ

    ހެހެ

    17
  6. ާައަސްލަމް

    ގާނޫނު އަސާސީން ދިވެހިރަށްޔިތުން ލިބެންޖެހޭ ހުރިހާކަމަކުން މަހުރޫމް ކުރާނެ މިވެރިކަމުގަ އަށްޑޫ އިންޖީނު ގޭގަ ރައީސް ޔާމީންގެސަރުކާރުންލާފަ ތިބި ހުރިހާ މުއަށްޒަފުންނާ މުޅި ރާއްޖޭގަތިބި ޕީޕީއެމްގެ މުއަށްޒަފުން ކަނޑައިގެންވެސް މިސަރުކާރަކަށް ރަށްޔިތުންގެ ހައްގުތަކެއް ހިމާޔަތެއް ނުކުރެވޭނެ

    26
  7. ޝ

    ކަލޭމެން ބަނޑަށް މަރުވިއަސް ބައެއްގެ ބޮލުގައިކަންކަނ އަޅުވާތި ފެނަކައިގެ ވެރިން ލަނީ ކާކުތަ ފެނަކައިގެ ސިޔާސަތު ކަނޑަ އަޅަނީ ކާކުތަ. ކާކު ބުނެގެންތަ... ރަށް ރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރަނީ... އެއީ އަމިއްލަ މީހެއްގެ ކުންފުންޏެއްތަ. ނޫނޭ ވާ ކަލޭމެންތީ މޮޅުބައެއް.... ދެން ބުނަންވީއެއްނު... އެމްޑީޕީ ރަނގަޅޭ ސަރުކާރޭ ގޯހީ އަނެއްދުވަހު ބުނަންވީ އެއްނު ސަރުކާރު ރަނގަޅޭ ސޯލިހޭގޯހީ އަނެއް ދުވަހު ބުނަންވީއެއްނު. އަނެއް ދުވަހު ބުނަންވީއެއްނު އަންނި ލައިގެންނޭ ވެރިކަން ކުރެވޭނީ ސޯލިހޭ ގޯހީ .... ނޫނޭ ވާ މިއޮތީ ދުނިޔެއެއް މިމީހުން ސަރުކާރުގައި ނެތަސް އެވަރު ތިއްބަސް އެވަރު ... އިދިކޮޅުގައި ތިބެ ފުލުހުންނާ ދިމާ ކުރީ މިހާރު ސަރުކާރާ ހަވާލު ވެފައިވެސް ފުލުހުންނާއި ދިމާ ކުރަނީ...ހެޔޮ އެއްގޮތެއް ނެތް ... ތިޔަ ހެން އުޅެނިކޮށް. ދެން ގޮވާނީ އަތަށް

    23
    1
  8. ދަންސޫރަ

    ޕީޕީއެމްއަށް ތާއީދުކުރާ ހުރިހާ މުއަށްޒަފުން ކަންޑައިގެންވެސް މިސަރުކާރަކަށް ރަށްޔިތުންގެ ހައްގުތަކާ ރަށްޔިތުންގެ އަސާސީ ބޭނުންތަކެއް ނުފުއްދައި ނުދެވޭނެ އަތަސށް ގޮވާފައޮތީ ސަރުކާރުން ގައުމުތަކަށް ކަނޑައަޅާފަތިބި ސަފީރުން ގައުމުނުހިންގިގެން ސަލާންޖަނީ

    24
    1
  9. އިކުރާމު.

    ދިވެހިން ނިދާފަ ތިއްބާ ތަދުމަޑުކަމެއް ޖެހިދާނެ ވީމާ ކޮންމެ އަތޮޅަކުން އެންމެބޮދުރައް އެބަޖެހޭ ދަނޑުވެރިކަމަށާ ބަކަރި ހުއިހެއްޕުމައް ހާއްސަކުރަން އެގޮތުން އައްޑޫއިން މިހުން ބާލާފަ ދަނޑުވެރި ކަމައް ހާއްސަކުރަންވީ ފުވައް މުލައް ބަކަރި ހުއިހެއްޕުމައް ހައްސަކުރަންޖެހޭ މަކުނުދޫއިން މީހުންބާލަފަ ދަނޑުވެރިކަމައް ހަމަޖައްސަންވީ

    18
    2
  10. މޭޔަރު

    ސަރުކާރާ ބެހޭ ބައެއްނޫނޭދޯ ފެނަކައަކީ.. އެއީ އެހެން ސަރުކާރެ.. މިވެރިކަމުގަ ދައުލަތުގެ ކުންފުނިތަކުގެ ނުރަގަޅު އެއްވެސްކަމެ މިސަރުކާރުގެ ޒިންމާއެ ނޯންނާނެ.. މޮޅެވެއްޖެނަމަ އެއީ މިސަރުކާރުގެ މޮޅުކަމުން... މިސާލު އެސްޓިއޯ ގެއްލުންވެއްޖެނަމަ އެއީ މިދިޔަ ސަރުކާރު.. ފައިދާ އިތުރުވެއްޖެނަމަ މިސަރުކާރު.. އެއާރޕޯޓު ދަރަނީގެ ގެއްލުން މިދިޔަސަރުކާރު. ފައިދާ މިސަރުކާރު.. ޓުއަރިޒަމްގެ ކުރިއެރުން މިސަރުކާރު.. ފެނަކަ އިންޖީނު މައްސަލަޖެހި ހުއްޓުމުން މިދިޔަ ސަރުކާރު.. އިންޖީނު ރަގަޅުނަމަ މިސަރުކާރު.. މިފްކޯއިން މަސްވެރިންނަ ފައިސާނުދެވުމުން މިދިޔަ ސަރުކާރު. މަސްވެރިންނަ ގަރާރުދިނުމުން މިސަރުކާރު ހަމަ އަގު ދެވުނީ.. އައްޑޫ މީހުންގެ ވާހަކަ ނުދައްކަމާ ކޮއްމެ ގޮތަކަށް މޑޕ ނިސްބަތްވާ ސަރުކާރެ އޮވެއްޖެނަމަ އެމީހުންގެ ހިތްހަމަޖެހުނީ ލިބޭ ތަކުލީފެ އެއީ އެއްޗެނޫން.. މިގޮތް ތިނަދޫ ކުޅުދުއްފުށި ދިއްދޫ ފުއައްމުލަ ހޯރަފުށި މާލެ.. އިންތިހާބުތަކުގެ ނަތީޖާ ބަލަންތިބޭ ރީދޫ ކުލައިން ނޫންތޯ ޖަރީކުރާނީ.. މޭޔަރު ސޯދިގާ މޭޔަރު ޝިފާ މިހާރުވެސް ހުވާކުރަން ފެންވަރަންވީ..

    16
    2
  11. ގޫ ބައްޑާ

    ދެން ތިހެން ބުނެޭ މޭބިސްކަދުރު ހިޔަޅަށް ނުބައިވި ގޮތަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށްވިއްޔަ ތިހެރެނީ ހެހޭ މަން ރިޑިއަެރެގަނެ ގެން ހެހޭ

    23
    1
  12. އޮރެންޖު

    ރީނދޫ ބައިގަނޑަށް ރަނގަޅުވާނެ ރައްޔިތުން ހަނާވިޔަސް އެބައިގަނޑު ވެރިކަމުގަ ތިބެވެނިކޮށް. ކުރީގަ ވެއްޖެއްޔާ ސަރުކާރު އިސްތިއުފާ. މިހާރު ހުރިހާ ކަމެއް އޯކޭ.....ފެންފޮދަކާ ނުލާ ބަޖެޓު ދަވާލި ސަރުކާރު....

    7
    1
  13. މޫސަ754

    އެމްޕީން އެތިބީ ޗުއްޓީގަ ލަންކާ އިންޑިއާގަ އެމީހުނައް ކޮންކަމެއްތަ ކަރަންޓްނެތަކަސް ބޭނުންވަރަކައް ލާރިއެބަލިބޭ ދިވެހިދައުލައް ދަވާހުސްކުރުމުގަ ބޭނުންއިރަކު ބޭނުނަވަރަކައް ބަޖެޓް ފާސްކޮއްފަ އެތިބަގެން ނަގާހުސްކޮއްލަނީ ﷲގެ ހަޒްރަތުން މިމީހުންނައް ކޯފާއެއް ފޮނުއްވާފާނދޭވެ އާމީން

    6
    1
  14. ހިނާން

    މިއޮތީވާ ވެރިކަމެއް

    5
    1
  15. ޝާހް،ރ.ވާދޫ

    އެހެން ސަރުކާރެއް އޮތްނަމަ ތި ބައިގަނޑު ބުނާނީ ސަރުކާރުގެ ފެއިލިއަަރ އެކޭ. އައްޑޫއޭ ތިކިޔަނީ. ރީންދޫ އެއްވެސް ކަމެއް ތި ބައިގަނޑަށް ގޯހެއް ނުވާނެ.

    8
    1
  16. ޒާ

    އައްޑޫ މީހުންނަށް ދެން އަނގައެއް ނުހުޅުވޭނެ. ޖެހޭނީ ޖަޒީރާވެފައި ތިބެން. ތީ ކަލޭމެން ގެނައި ތަރައްގީ.

    9
    1
  17. ހިނިގަނޑު

    7-0 ބަލިކޮށް ސިޓީއެކޭ މިކިޔާތަން ރަށްރަށައްވުރެ ހާލުދެރަ. ސަރުކާރުގެ ހިންގުންތެރިކަމެއް ނެތް! ނަޝީދު އިނދެގެންް އެޖެންޑާ ލާދީނި ފަތުރަނީ!

    8
    1
  18. އައްޑޫގަޅި

    ވެރިކަން އޯކޭވާނެތާ. މެންބަރުން ބުނެގެން ވޯޓުދީގެން ހޮވި ވެރިކަމެއް. މެންބަރުންވެސް ތިބީ އޯކޭ ރައްޔިތުންގެ ވޯޓުން މެންބަރުކަން ލިބިފައި. އުޅެނީ މުއްސަނދިކަމާއެކު ދަޢުލަތުން ހުރިހާ ޚަރަދެއް ނަގައިގެން މާލޭގެ ބޮޑެތި އިމާރާތުގައި. އޯކޭ ރައްޔިތުން ތިބީ ކަނު އަނދިރީގައި. އެހެނަސް ރައްޔިތުންވެސް އޯކޭ ވާނެ. އެއީ ގަޅި ބައެއްވީމަ. މިފަދަ ޖަނަވާރު ވިސްނުމުގެ ބަޔަކަށް ވެރިކަން ދޭން އޯކޭ ވާނީ ޖަނަވާރު ވިސްނުމުގެ އޯކޭ ރައްޔިތުން

    5
    1
  19. ޤާބިލު

    ބަލަ މިތިބަ ކޮހުންނަށް ނޭންގޭތަ ފެނަކަ އޮތީ ސަރުކާރުގެ ދަށުގައިކަން. އެއިރެއްގައި އޮންނަ ސަރުކާރެއް ބޭނުންވާ މީހަކު ވަޒީފާއިން ވަކިކޮށް އަދި ވަޒީފާ ވެސް ދެވޭނެ.

    7
    1