ދިރުމެއް އޮތްނަމަ އުއްމީދެއް އޮންނާނެ ކަމަށާއި، މިހާރު ގައުމަށް ދިމާވެފައި މިއޮތް ހާލަތު ބަދަލު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އިން މިރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ގައުމުގެ ތަރައްޤީގެ މަޝްރޫޢުތައް މިއަދު ވަނީ މަޑުޖެހިފައި ކަމަށާއި އަބަދުވެސް ސަރުކާރުން ވިދާޅުވަނީ ތަރައްޤީގެ މަޝްރޫޢުތައް "އަންނަނީ، އަންނަނީއޭ. ދެން ރައްޔިތުންގެ ގާތައް މިއަންނަނީ ހިނި" ކަމަށެވެ.

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާ ވާހަކަދައްކާ ކޮންމެ ފަހަރަކު ކަންތައްތައް ކުރިއަށް ނުދަނީ ކުރީގެ ސަރުކާރުން "ހާވާފައި ހުރި ހަޑި ސާފުކުރަން ޖެހިގެން ކަމަށް" މިސަރުކާރުން ވިދާޅުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެހަޑިއަކީ ރަށްރަށުގެ ބިން ހިއްކުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމާއި މިސަރުކާރުގެ ކޮންމެ 15 ދުވަހަކުން ހުޅުވޭ ވަރަށް ރިސޯޓްތައް ތަރައްޤީ ކުރުމާއި، މިސަރުކާރުގެ ކޮންމެ 18 ދުވަހަކުން ހުޅުވޭ ވަރަށް އެއާޕޯޓްތައް ތަރައްޤީ ކުރުމާއި ސިއްހީ ދާއިރާއަށް ގެނެސްފައިވާ ތަރައްޤީ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ބަދަލުތަކެއް ގެންނަނީ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ކަމަށާއި އެއީ ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިގުޅައި ގަތުމަށާއި ރާއްޖޭގައި ތިބި ހުރިހާ އެންމެން ކުށްވެރިންނަށް ހެދުމަށް ކުރައްވަން އުޅުއްވާ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ހިޔާލު ތަފާތުވުންތައް އޮތީ ހަމައެކަނި ދީނީ އިލްމުވެރިންގެ މެދުގައި ނޫންކަމަށާއި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުންތައް ހުންނަ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނާއި ދެކޮޅަށް ގާނޫނީ މާހިރުން ދެކޮޅު ނަހަދާތީ އެކަމާވެސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީރާޖާ

    ދައުލަތައް ލިބުނު އެތައް އާމްދަނީއެއް ރާވައިގެން ވަގަށް ނަގާ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަޖިލިސް މެންބަރުންނާއި އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ބަންދުކޮށް، 80 އަހަރުގެ އަމިއްލަ ބޭބެވެސް ޖަލުގައި ބަހައްޓައިގެން ވެރިކަންކޮށް ނިންމާލި މީހަކު ދައްކަން އެހާ ރީތި ވާހަކައެއް ނޫން. ދިވެހިން މިތިބީ ހަދާންނެތޭ ބަލި ޖެހިފަ ކަމަށްތަ މިރައީސް ހީކުރަނީ؟

    10
    42
    • އާދަނު

      ލާދީނީ ވީމަ އަދި މާހަޑި. ލާދީނީ މީހުން ވަގުންގެ ވަހަކ ދެއްކުން މާ ހަޑި.

      10
      3
    • އަހުމަދު

      އެހެންވީމާ މިހާރު ހުރި ގަމާރުން ކުރާ ކަންތައް ރަގަޅޭދޯ ތިބުނަނީ. ހަރާމެއްވާ ކަމެއް ގައިމު އެއްއަހަރު ވަނީ އަދި އެއްވެސް ކަމެއް ނުފެނޭ. ބޯހިޔާވަހިކަމެއްގެ ކޮޅުމަތިވެސް ނުފެނޭ ކުރަމުން އައި މަސައްކަތްތައްވެސް ހުއްޓިފާ. ދައުލަތުގެ ބަޖެޓް ހުސްވެއްޖެ ކުރިކަމެއް ނެތް ފައިސާއަށްވީ ގޮތެއް ނޭނގޭ. އަދިވެސް ތިބެންވީތާ ގަޅިހެދިފަ. ހުވާ މިދިވެހީންނަކީ ވަރަށް ގަމާރު ބައެއް.

      13
    • 80 އަހަރުގެ ބޭބެ

      ބަލަ 80 އަހަރެއް 90 އަހަރެއް ކިޔާނެ ކަމެއްނެތް. ޢަދުލު އިންސާފްގެ ކުރިމަތީގައި އެ ބޭބެ ޖެހޭނީ ހަމަ ހަމަ ވާން. މިއީ ނޫންތޯ އިންސާފް ވެރިކަމަކީ. ؟؟؟ ބޭބެ ވީމަ ޖަލަށް ނުލާ ދޫކޮށްލާފަ ނިކަމެތި ރައްޔިތު މީހާ ޖަލަށް ލާފަ. މީތޯ ތި ބޭފުޅުންގެ އިންސާފަކީ ؟؟ މީކީ ރަޢީސް ޔާމީން ދަންނަ އިންސާފެއް ނޫން. ސިޔާސީ ވެރިންވެސް ކުށް ސާބިތު ވީމާވެސް މިނިވަން ކުރަންވީތޯ؟؟؟ އެހެން ވީރު މިރާއްޖޭގައި އެއްވެސް ގަޢިދީއަކު ޖަލުގައި ނުހުންނާނެ. ތިބޭ ފުޅުންގެ އިންސާފްވެރިކަމުގައި ސިޔާސީ މީހެއް ވިއްޔާ ޖަލަށް ލެވިގެން ނުވޭ. އެކަމު ނިކަމެތި ރައްޔިތަކު ވިއްޔާ ޖަލަށް ... ހާދަހާ ވާ އިންސާފްވެރިޔޭ ދޯ....

      15
  2. ާައަލީރަޖާ

    ކަލޭމޮޔަނުވެ މިސަރުކާރުންވެސްކާ

    7
    1
  3. ޔަަާމީންގެ ސަޕޯޓަރު

    މި ރިިީނދޫ ބައިގަނޑުގެ ކިބައިން ގައުމު ސަލަާމަތް ވޭތޯ ﷲއަށް ދުޢަާ ކުރަށްވަާ

    15
  4. ހިއްވަރު

    އަﷲއަކުބަރު.. އަޅުގަނޑުމެން މިތިބީ ހާލަތު ބަދަލުކުރުމަށް ކަމަރުބަދެގެން.. ބޭނުމީ ވޯޓުލާނެ ދުވަހެއް.. މަނިކުފާނާއެކު އެބަތިބިން..

    17
  5. ކަހަނބު

    ރައީސްޔާމީންވިދާޅުވާހެން މީ މިޤައުމައްޖެހިފައޮތް މުސީބާތެއް މިމީހުންނައް އިންސާފުވެސް ލިބޭކަމައްވަނީ މިމީހުންބޭނުންވާޙުކުމް ބޭނުންވާގޮތައް ކުރީމާމީގެން މީހަކު ކުއްވެރިއެއްވެސްނުވެ އެހެޔޮ ކިތަންމެބޮޑުގޯހެއްހެދިޔަސް ކުއްވެރި ވެއްޖެތަ އެއީ ބޭއިންސާފު މިމީހުންގެމިއޮންނަނީ ޖަންގަލީގެ ހުކުމް

    10