ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކޯޓު އަމުރެއް ނެތި ބަރަހަނާ ކޮށްގެން މީހުން ފާސްކުރުމުގެ ބާރު ފުލުހުންނަށް ދޭން މާއްދާއެއް ހިމަނައިފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި ސަރުކާރުން ހިމަނަން ހުށަހަޅާފައި ވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ކުށާއި ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއި އެކު ކޯޓު އަމުރަކާއި ނުލާ އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރެވިދާނެއެވެ.

ބަރަހަނާކޮށް މީހުން ފާސްކުރުމުގެ ބާރު ފުލުހުންނަށް ކުރިން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮވެއެވެ. ނަމަވެސް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ފާސްކުރުމާއި ގުޅިގެން ބަރަހަނާކޮށްގެން މީހުން ފާސްކުރާނަމަ ކޯޓު އަމުރެއް ހޯދުމަކީ މަޖުބޫރު ކަމެކެވެ. އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ބުނާ ގޮތުގައި މީހެއްގެ ޖިންސީ ގުނަވަނެއް ފާސްކުރަން ޖެހޭނަމަ އެކަން ކުރަން ވާނީ ކުށުގެ ތުހުމަތު ކުރެވޭ މީހާ އާއި އެއް ޖިންސުގެ މީހެކެވެ.

ނަމަވެސް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި މީހަކު ބަރަހަނާކޮށްގެން ފާސްކުރާއިރު އެކަން ކުރަން ޖެހޭނީ އޭނާ އާއި އެއްޖިންސުގެ މީހެއް ކަމަށް ބުނެފައެއް ނުވެއެވެ. އެހެންކަމުން މިހާރު ސަރުކާރުން ހުށަހަޅާފައި އޮތް ގޮތައް އިސްލާހު ފާސްވެއްޖެނަމަ އެހެން ޖިންސެއްގެ ފުލުހުންނަށް ވެސް މީހަކު ބަރަހަނާކޮށް ފާސްކުރަން ޤާނޫނީ ހުރަހެއް ނޯންނާނެއެވެ.

ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް މީހުން ފާސްކުރުމުގައި އަމަލު ކުރާނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގައި އޮތް ގޮތަށެވެ.

ސަރުކާރުން މިހާރު ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ރަށުމީހާ

    ތިގާނޫނައް ވޯޓުދޭނީ ޅާދީނީ މީހުން ތިގާނީނު ފާސްކޮއްފިޔާ މިވެރިކައްވައް ޓާޅާނައް ތިކުޅެނީ ދިވެހިޅެޔާ ވުސްނާތި

    39
    5
  2. ލދނ އމޑީޕީ

    ފާސްކޮށް ނިމުމުން ދެމީހުންގެ ކުރިމަތިފަރާތުގައި މަނީގެ އެއްވެސް އަސަރެއް ހުރިތޯ ނުވަތަ ޖިންސީ ގުޅުމެއް ހިންގިތޯ ލެބް ޓެސްޓެއް ހަދާތި. ޢަދި 3 މަސްފަހުން އިތުރު ޓެސްޓެއް ހަދާތި.

    38
    2
  3. Anonymous

    ތިޤާނޫނާއި ދެކޮޅަށް ރައްޔިތުން މުޒާހަރާއަށް ނިކުންނަންވީ.

    44
    4
  4. ޔަހޫދީ

    ޔަހޫދީން އުޅޭގޮތަށް އުޅެންތަ ތިވިސްނަނީ؟ ނުވާނެ ތިކަމެއް މިރާއްޖެއަކު. ތީގެ ނަތީޖާއަކަށް ވާނި އިތުރު ޓެރަރިސްޓުން އުފެދުން. ތިއުޅެނީ އިތުރުބަޔަކު ރުޅިއަރުވަންވެގެން.

    33
    4
  5. ސޭޓު

    މީ ކޮންކަމެއް؟ މިއީ އިންޑިއާ ފުލުހުންތަ؟ މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުންނަށް އެއްވެސް އިތުބާރެއްނެތް. މިމީހުން ބޭނުންވާ ކަމެއް ކުރަންވީމަ މިހާ ބޮޑެތި ބާރުތަކެއް ފުލުހުންނަށް ދޭން އިތުބާރު އޮވޭ؟

    38
    2
  6. ތަމްސީލާ

    އެމްޑީޕީގަ އުޅެ ލާދީނީ އަންހެނުން ވަރައް ބޭނުންވާނެ ތިގޮތައް ޗެކު ކުރުވަން. އެމީހުން ބޭނުންވާނެ ކެވިޓީ ސާޗުވެސަ ގިނަ ގިނަ އިން ކުރުވަން.

    30
    3
  7. ލޮޖިކް

    ކިހާ ދެރަކަމެއް

    30
    3
  8. ހުސޭނުބޭ

    ސުވާލަކީ ހޯރައިއްބެއާއި ބާރަށު ޝިފާޒު ހައްޔަރުކުރާނީ ކިހިނެއް ހަދާފައުހެއްޔޭ! އެމީހުން ވަނީ ހިލޭ ސާބަހަށް ބަރަހަނާވެފައި! މި އަރަތް ފުރިހަމަކޮށްދީބަލަ!

    32
  9. Anonymous

    ފަހުގެ ތާރީޚެއްގަ އިސްލާމީ އުއްމަތައްވެސް މިފަދަ ބޮޑު މުޞީބާތެއް ޖެހުނު ކަމެއް ނޭނގެ،

    37
    4
  10. އެ ކުޅި

    ތިޔަ އުޅެނީ އެއްކަލަ ޖަޒީރާ ކުޅި ކުޅުވަން. ދެން ގޮތެއް ފޮތެއް ނުބަލާ މީހުންގެ ތަންތަނުގަ ހިފާ މޮޑެ ހަދާފަ ބުނާނެ، ކޮންމެވެސް ކަހަލަ ސުޕާރީ ޕެކެޓެއް ގެންގުޅޭ ކަމަށް ޝައްކުވެގެން އަތްޖައްސާލީޔޭ

    36
    1
  11. Anonymous

    މީހުން ބަރަހަނާކޮށް ތިބެންޖެހޭ ގޮތައްވެސް މިމީހުން ގާނޫނު ފާސްކުރާނެ، ބަލާވެތިކަމެއް، ޖައްބާރު ބައެއް.

    35
    3
  12. Anonymous

    ލާދީނީ ސަރުކާރުން އެއްޖިންސުން ގުޅުން ހިންގަން ފުރުސަތު ދެނީ. ޢެމެރިކާއިންނާއި ހުޅަނގުން ބޭނުންވާގޮތައް މުސްލިމުންނައް އަނިޔާވެރި ވުމައްޓަކައި މުރުތައްދު ބައިގަނޑު ލައްވާ ބިލްތައް ފާސް ކުރުވަނީ.

    33
    2
  13. Anonymous

    ފިރިހެން ފުލުހުންނަށް އަންހެނުން ބަރަހަނާކޮށް ފާސް ކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރަން ސަރުކާރުން ހުށައަޅައިފި. ފިރިހެން ފުލުހުން އަންހެނުން ބަރަހަނާކޮށް ފާސް ކުރުން އެއީ ޖިންސީ އަނިޔާ މިއީ އަނިޔާވެރިކަމާ ދެކޮޅަށޭ ކިޔާފައި އައި ސަރުކާރުގެ ވިޔާނުދާކަން.

    25
  14. އަޖާ

    އެގުނަވަނަކީތޯ އެންމެ ނުރައްކާތެރި ހަތިޔާރު؟ ބޯހަލާކު

    25
    1
  15. ފުނަދޫ

    ކަނޑައެޅިގެނަ ﷲ ސުބުހާނަހޫވަތައާލާ ހަރާމް ކުރައްވާފައޮތްކަމެއް އިބޫހުއްދަކުރަނީ

    32
    1
  16. ހަމަހަމަ

    އިރާގުގެ އަބޫގުރައިބް ޖަލުގަ އެމެރިކާ ސިފައިން ކުރިކަހަލަ ކަންތައްދޯ މިއީ ހަމަ.

    25
  17. ީިިގުދު

    ބަރަހަނާކޮން އެންމެން ތިބެން ފަށާފާނެ އަނެއްކާ ޖަޒީރާވަންތަކޮން

    28
    1
  18. މިއަދު

    އޮފިސަރެއްގެ ހުއްދައާއި އެކު ކޯޓު އަމުރަކާއި ނުލާ އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރެވިދާނެއެވެ.
    މިފާސްކުރުމުގައި ލޮލުގެއިތުރުން އެހެނިހެން ގުނަވަންތައްވެސް ބޭނުންކުރެވޭގޮތަށް އޮތުން ކިހިނެއްވާނެބާ؟ މުސްލިމުންނާއި އެއްމެދެކޮޅު އިޒްރޭލުގަވެސް ސިފައިންނަށް ޚާއްސަ ހުއްދައެއް ޤާނޫނީގޮތުން އޮވޭ ރާއްޖެވެސްމިދަނީ އެމިސްރާބަށް

    23
  19. ކިޔުނުވޭ

    ދިނުމަކުން މައްސަލައެއް ނެތް. އެހެން ނަމަވެސް ނުފޫޒެއް ބޭނުންކޮށް، ހަމައެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެފަދަ ބާރެއްގެ ބޭނުންކޮށްފިނަމަ އެބޭނުންކުރި ބަޔަކާ ދޭތެރޭ ފިޔވަޅު އެޅޭނެ ނިޒާމެއް ހަމަޖައްސަންޖެހޭނެ.

    8
    11
  20. އަހްމަދު

    އެހެންތަވާނީ . ކާފަރުން އެމީހުންގެ ގާނޫނުގައި އޮންނަގޮތަށް މިސަރުކާރުން ހަދާ ގާނޫނުތައްވެސް އޮންނަންޖެހެނީ.

    20
    1
  21. ޔޫސުއްބެ

    ތިހުރިހާ ލާދީނީ ޤާނޫނުތަކެއް އިންޝާ ﷲ އައިސް ހަމަ ލައްވާލާނީ ތިޔަ ޤާނޫނުތައް ހަދާމީހުންގެ މައްޗަށެވެ. މިއަދު މަޖިލީހުގައި ތިބެމީހުންގެ ގޮނޑި މާދަމާ ގެއްލުމުން ގިނަމީހުންނަށް "ޓެރަރިޒަމް" ގެ ދައުވާ ނުއުފުލޭނެ ކަމާއިމެދު އޮތީ ކިހާބޮޑު ޔަޤީންކަމެއްހެއްޔެވެ. ޕޮލިހުންގެ މުއައްސަސާ ބައެއްފަހަރަށް މަސައްކަތް ކުރަނީ ޤާނޫނުތަކާއި ތަޢާރަޒުވާގޮތަށްކަން މަޖިލީހަށް އެނގޭ ހާލު ތިފަދަ ބާރުތައް ޕޮލިހުންނަށް ދިނުމަކީ އަރާއިން އޮފިގަނޑު ކަނޑާލުން ކަހަލަ ކަމެކެވެ. ޕޮލިހުން ބަޤާވާތް ކުރުމަކީ މީގެ ހެއްކެކެވެ.

    24
  22. އިބުރޭ

    އޮރިޔާން ކުރެވިގެން ނުވާނެ

    20
  23. ަހއނ

    މިހާރު ކަންތައް މިދަނީ މިލިޓަރީ ވެރިކަމަކާ ދިމާލަށް. އެމްޑީޕީ ވެރިކަން ވެެއްޓުމުގެ ކުރިން މިލިޓަރީ ވެރިކަމަކަށް ބަދަލުކުރަނީ. ދެން އެންމެން އަތް ޖަހާ