ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވައިގެން ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.
އަދީބާ ދެކޮޅަށް އުފުލާފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން މިއަދު ހެނދުނު 11:30 ގައި އޮތީ އިބްތިދާއީ އަޑުއެހުމެކެވެ.
މާބިންހުރާގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އާއި ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބު ފިއްލެވީ މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު "ވާގޯ 9" ނަމަކަށް ކިޔާ، ޓަގެއްގަ އެވެ.
މި ޓަގުގައި އަދީބު ފިއްލެވި މައްސަލައިގައި ހައްޔަރުކުރުމަށް ފަހު، ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގައި އޮތް އަދީބުގެ މައްސަލަ ނިމެންދެން ޖަލުގައި އަދީބު ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް ފުލުހުން މިހާރު އޭނާ ގޭބަންދަށް ބަދަލު ކުރިތާ ދުވަސްތަކެއް ވެއްޖެއެވެ.
ފިއްލެވި މައްސަލައިގައި ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވެފައި ވަނީ، ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާއި ގުޅިގެން ކަމަށެވެ.
އަދީބު ފިއްލެވިއިރު އޭނާ ބަންދުގައި ބަހައްޓަން އެއްވެސް އަމުރެއް ނެރެފައެއް ނެތެވެ.
ކޮބާތޯ ބާގީ ލުތުފީ ފިލާއިގެން އެތަށް ދުވަހަކު ރާއް ޖެއިންބޭރުބޭރު ގާއި އުޅުނު މައްސަލާގެ ޝަރިއްޔަތް ކިތައް ދިވެހިންގެ ފުރާނަ ގެއްލިގެން ދިޔަތޯ ކިތައް އަބިން ހުވަފަތް ވިތޯ ކިތައް ކުދިން ޔަތީމުވިތޯ ހަމަހިނި އަންނަނީ
ހުކުމުގަ ތިއްބާ ފިލިމީހުން އެބައުޅޭ ތިނީނަސް ހިއްވަ ރެއް ހު ރިއްޔާ ނިކަން ހަމަހަމަ ކަމާއެކު ދައުވާކޮއްލަބަލަ