މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އާއި އޭނާގެ އަންހެން ދަރިފުޅު ސްޓޯމީ ވެބްސްޓާގެ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން ކައިލީ އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާ ކުރި އެ ވީޑިއޯއިން ކައިލީ އާއި ސްޓޯމީ ފެނިގެން ދާއިރު ސްޓޯމީ ވީޑިއޯ ގައި "ލަވް ޔޫ" ބުނުމަށް މަސައްކަތް ކުރެ އެވެ. އަދި ސްޓޯމީ އެހެން ބުނުމުން ކައިލީ ވެސް "ލަވް ޔޫ" ބުނުމަށް ފަހު ސްޓޯމީގެ ކޮލުގައި ބޮސްދެ އެވެ.

https://www.instagram.com/p/B2als0gggRN/?igshid=b9ypc38frxl0

ސްޓޯމީއަކީ އޭނާގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް އަށް ލިބިފައިވާ ކުއްޖެކެވެ. ދެމީހުން ލޯބީގެ ގޮތުން 2017 ވަނަ ގުޅިފައި ވާއިރު އެ ދެމީހުން ކައިވެނި ކުރަނީ ކޮން އިރަކު ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ނަމަވެސް ވަރަށް އަވަހަށް ދެމީހުން ކައިވެނި ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ ސަޕޯޓަރުން ތިބީ އެދުވަހަކައް އިންތިޒާރުކޮއްގެންނެވެ.

ކައިލީ އާމުންނައް ފިލްމީ ދާއިރާއައް ނުކުތީ 2007 ވަނަ އަހަރުއެވެ. މިއަހަރު މާޗް މަހު އިންސްޓަގުރާމް ގައި 129 މިލިއަން ފޮލޯވަސް އެވެ. އަދި މީހުން އެންމެ ގިނައިން ފޮލޯ ކުރާ މީހުންގެތެރޭގައި ކައިލީ ހިމެނެއެވެ.