2017 ވަނަ އަހަރު، އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް އާއި، ބަންގުލަދޭޝްގައި ކިޔަވަން ހުއްޓާ އަމިއްލަ އަށް ދަންޖެހިގެން މަރުވިކަމަށް ބުނާ، މަޝްހޫރު މޮޑަލް ރައުދާ އާތިފްގެ މައްސަލަ އާއި، ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުޤީޤު ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ، މީޑިޔާ ތަކަށް މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ޔާމީން މަރާލި މައްސަލައިގެ ތަހުޤީޤު ކޮމިޝަން އިން މިހާރު ވަނީ ނިމިފަ. ނަމަވެސް އެ މައސަލައިގެ ޝަރީއަތް ކުރިއަށް ދާތީ އިތުރު މަޢުލޫމާތު ހާމަކުރެވޭކަށް ނެތް. އެހެން ނަމަވެސް އަންނަ މަހު ކުރީކޮޅު ޝަރީއަތްތައް ނިމޭނެ ކަމަށް މައުލޫމާތު އަޅުގަނޑަށް ވަނީ ލިބިފަ. އެ ރިޕޯޓު ނިމުނުހާ އަވަހަކަށް އެ މައްސަލައިގެ ރިޕޯޓު ހާމަ ކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލާގައި މަރު ކޮމިޝަން އިން ހެދި ރިޕޯޓު ވެސް މުޅިން ނިމިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި އިތުރު ދެ ފަރާތަކާ ކޮށްލަން ޖެހޭ ބައެއް ސުވާލުތައް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުުގައި ރައީސް ވަނީ، ރާއްޖޭގެ ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އަދި ބޯހިޔާވަހިކަމާއި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައްވެސް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތާހިރާ

  މިހާ ތަނަށް މިކޮމެޓީން ތެދު ހަބަރެއް ނުނެރެއި މިތާތިބީ އަމިއްލަ އެދުމުން ފޯވެގެން ތިބިބައެއް ސޫދޭ މީ ނުބައި ކަންކަން ތަހުގީގްކުރާ ވަކީލެއް! އަފުރާޝީމްގެ މަރަބެހޭގޮތުން ކަލެއަށް އެނގޭއެއްޗެއްނެތްތަ؟

 2. Anonymous

  ގިޔާމަތުގެ އަލާމާތެއް އެއީ ތަންދޮރު ނޭގޭ ނާގާބިލް މީހުން ވެރިންނައް އިސްވުމަކީ. ޢެފަދަ މީހެއް މީނާ އަކީ

  13
  1
 3. ނަސްލް

  ކޮންމެ މީހަކުވެސް އެމީހަކަށް ޙަލާލު ފައިސާއެއް އެމީހަކު ބޭނުންކުރަންޖެހޭނީ އަހަންނަކަށް ހީނުވޭ މަކަރުހަދައިގެން އޮޅުވާލައިގެން ރިޝްވަތުދީގެން ހޯދި މަޤާމެއްގެ މުސާރަފައިސާއެއް އެއީ ޙަލާލު ފައިސާއަކަށް ވާނެހެނެއް

  10
  1
 4. މޯޑް

  މިދެން ވަރަށް ދެރަކަމެއް! ދެން ތިކަން ހާމަކުރަންވެއްޖެނު!

  1
  1