ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ, ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް އަށް ހަމަލާދީ މަރާލި ހާދިސާ ހަނދާން ނުނެތޭ ކަމަށާއި އެފަދަ ހާދިސާއެއް ދިވެހި އެހެން ޒުވާނަކަށް ކުރިމަތިވުމަށް ނޭދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕޭނަށް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރ. މީދޫ އަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޔާމީނުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެ ސަރުކާރުގެ ގޮތް ނޭނގޭ ގިނަ މަރުތަކެއް ހިނގި ކަމަށެވެ. އޭގެތެރެއިން އެއް ހާދިސާއެއް ގޮތުގައި ރައީސް ފާހަގަކުރެއްވީ އަނަސްއަށް ހަމަލާދީ މަރާލި މައްސަލައެވެ.

ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަން ދިވެހި ރައްޔިތުން އަނެއްކާވެސް އިޔާދަ ކުރަން ބޭނުންނުވާ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އަނަސްގެ މަރު އެއީ ހަނދާން ނައްތާލެވޭނެކަމެއް ނޫން. އެފަދަ ދެވަނަ ހާދިސާއެއް އެއްވެސް ޒުވާނަކަށް ކުރިމަތިވުމަކީ އަޅުގަނޑު އެދޭނެ ކަމެއް ނޫން. އެ ސަބަބަށްޓަކައި އަޅުގަނޑުމެން އެނބުރި އެ ހާލަތަށް ދާން ބޭނުން ނުވަނީ." ރައީސް ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ހިނގަމުން ދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެކެއްގެ މައްޗަށް ހައިކޯޓު މަރުހަލާގައި ކުށް ސާބިތުވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާފައި ހުރި މަރުތަކާއި، ގެއްލުވާލާފައިވަ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށްޓަކައި ހާއްސަ ކޮމިޝަނެއް އުފެއްދިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެ ކޮމިޝަނުން މިހާރު ވެސް އެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ ކޯޓުގައި އޮތް މައްސަލައަކަށް ވާތީ ނުފޫޒު ނުފޯރާނެ ގޮތަށް ވަރަށް ކައިރިން ބަލަމުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާލުވިއެވެ. އަދި ކަން ހިނގައިދިޔަ ގޮތް ސާފުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަނުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީ މަރާލީއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލިމުތް

    ކަލޭ މަރުތަށް ބޮލަށް ލައިގެން ދުވެ ނަގަން ފެށީ. ކަލޭގެ ވެރިކަމުގަ ކިތަށް މީހުން ކޮށާ ކުދި ކޮށްފި؟ ލިސްޓު ބޭނުންތަ؟ ކަމެއް ވެއްޖެކަމެއް ވެސް އެނގޭނީ ކަނޑެއް ފަރެއް ވަކި ކުރަން ދަންނަ މީހަކަށް ނު.

    53
    3
  2. މާމި

    ކަލެއައް އެގޭނީ ޔާމީން ޔާމީން ކިއުން މީހަކު ލިޔެފަ ދިން އެއްޗެއް ބަލާގެން ކިއާލަނީ ތީ ހަމަ ރާއްޖޭގެ ކަނޑުތައް ދިއަގޮތައް މީހަކު ލިޔެފަ ދިންއެއްޗެއް ކިއާލީ މިހާރަކު ކުޑަކުއްޖަކު ވެސް ނުއުޅޭ ތިޔަވާހަކަ އަޑު ނިއިވޭ..

    28
    1
  3. ރިސްމީ

    މިހާރު އަހަރުމެނަށް ތިދޭ އަނިޔާ ކުޑައެއް ނޫން. ޖީ އެސްޓީ ތައް ބޮޑުކޮށް

    39
    1
  4. އަފޭ

    ކިތައް ޒުވާނުންތަ މިސަރުކާރުގައި މަރާލާފައި ވަނީ އަނިޔާވެރި ކަމަކީ ކޮބާ މިއޮތް ފެލަނީ ރައްޔިތުން ބުރަމަސައްކަތުން ހޯދާ ފައިސާތައް

    30
    2
  5. Anonymous

    ނުވާނެ ތިކަމެއް. ﷲ ޝަރީޢަތް ތަންފީޒު ނުކުރާ ހިނދަކު އެއްވެސް މުންކަރާތެއް ނުހުއްޓޭނެ

    27
  6. މަބޭ

    އަންގައޮތީމަ ތަޅުވާބާލަނީ

    26
  7. Anonymous

    އެންމެ ސޯލިހު ވެރިކަންމީ....

    13
    4
  8. ޙަހަހަ

    އަނެއްކާ އަނެއް މީހާއޭ ކިޔައިން ވެރިކަމަށް އާދެވޭތޯ ބަލަނީ ދޯ؟2018 ގަ ވެރިކަމަށް އައީ ޔާމީނާ ރިލްވާނޭ ކިޔައިން

    17
  9. ހުސެން

    މަރުވެފަ ތިބޭ މީހުންގެ ނަން ބޭނުން ކޮށްގެން ސިޔާސީ ކުޅި ކުޅުމަކީ އެމްޑީޕީ އިން ގެންގުޅޭ ހިޔަޅު ކެމްޕެއިން ސްޓަންޓެއް.ނުހެއްލޭށެވެ.އެމްޑީޕީ ސިޔާސީ ތައްފާހުން ބޭރުކުރޭ،ނޯ ނަޟީދު ނޯ އިބޫ .މި ދެމީހުނަށް ނޫނޭކޭ ބުނަމާ

    17
  10. ޢަލީ

    އެހެންވީމާ، އަނަސްގެ މަރުފަދަ ހާދިސާތަކާ ޚިލާފަށް އިބޫގެ ސަރުކާރުން ބޭނުންވަނީ ފުވައްމުލަކު އަންހެނެއްކަމަށްވާ ޟިޔާގެ ފުރާނަ ދުއްވާލުމަށްފަހު ކަންކުރިގޮތަށް ކަންކުރަންބާ.

    13
    1
  11. Anonymous

    ލާފައި ހުރި ޓީޝާޓުން އޮޅިގެން މަރާލި މީހެއް ކަމަށް ކޮންމެވެސް މީހަކު ބުނި.. އެހިސާބުން ތަހުްޤީޤު ބައްޓަން ކުރީ އޮޅިގެން މަރާލި މީހެއްގެ ގޮތަށް..

    4
    1
  12. ބަފާކަލޭގެ2

    މަރުވިއްކާ ލާދީނީ އެމްޑީޕީ

  13. ފރ1234

    އެހެންވެ އަދިވެސް މައްސަލަ ކޮޅެއްގަ ނުޖެހިގެން ދިގުލައިގެން ދަނީ