ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލާއި ގުޅޭ ގަވާއިދު ޑިފެންސް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.

އެ ގަވާއިދުގައި ވަނީ ރާއްޖެއަށް އެތެރެކުރާ ނުރައްކާތެތި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތް ބާވަތުގެ ވިހަ ރާއްޖެ ގެނައުމާއި، އެތަކެތި ގުދަން ކުރުމާއި، އަމަލު ކުރަންވީ ގޮތް ހިމަނާފައެވެ.

މި ގަވާއިދު އާއްމު ކުރުމާއެކު ގަވާއިދަށް އަމަލު ކުރަން ފަށާނެއެވެ. އަދި ގަވާއިދު ތަންފީޒު ކުރަން ފަށާތާ ތިން މަސް ދުވަސް ތެރޭގައި ރާއްޖެއަށް ކެމިކަލް އެތެރެކޮށް، ގުދަންކޮށް ބޭނުންކޮށް، ނައްތާލަން ޖެހޭނީ ގަވާއިދުގައި ބުނެފައިވާ ގޮތަށެވެ.

އަދި ގަވާއިދު ތަންފީޒު ކުރަން ފަށާއިރު، ރާއްޖޭގައި ހުރި ކެމިކަލްތަކާއި، ގުދަންތަކުގައި ތިން މަސް ތެރޭގައި ގަވާއިދުގައި ބުނެފައިވާ ކަންތައް ފުރިހަމަ ކުރަން ޖެހެއެވެ.

ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ޑިފެންސް މިނިސްޓްރީން ދޭއިރު، ނުރައްކާތެރި ކެމިކަލް ގުދަންކޮށް ބަހައްޓާތަނަކާއި، ލިބިދާނެ ގެއްލުމަކަށް ޒިންމާވާ ގޮތަށް ކޮމްޕެރެހެންސިވް ރިންސުރެންސް ޕޮލިސީއަކުން އިންސުއާކޮށްފައި ހުންނަން ޖެހެއެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ކެމިކަލްއެއްގައިވެސް ލޭބަލް އިނުން މަޖުބޫރުކޮށްފައިވާއިރު، ދިވެހި ބަހުން އެއީ ނުރައްކާތެރި ކެމިކަލްއެއް ކަން އިނގޭގޮތަށް ލިޔެފައި އިނުންވެސް ވަނީ ގަވާއިދުގައި މަޖުބޫރުކޮށްފައެވެ.

އަދި ކެމިކަލް ރައްކާ ކުރާ ގުދަންތަކުގައި ކުރެހުންތައް ފެންްނަން ހުންނަ ބޯޑުތައް ހަރު ކުރުން ވަނީ މަޖުބޫރުކޮށްފައެވެ.

ކެމިކަލް ރައްކާކުރަން ޖެހޭ ގުދަންތައް ހުންނަން ޖެހޭ ގޮތް ވަރަށް ތަފްސީލްކޮށް ގަވާއޮދުގައި ބުނެފައިވާއިރު، އެއްވެސް ގުނަދެއް ތިން ވަނަ ފްލޮއަށްވުރެ މަތީގައި ހެދުމަކީ މަނާ ކަމެކެވެ.

އަދި ގުދަނުގައި ދޮރުތައް ފަޔާ ރެސިސްޓެންޓް ދޮރުތަކަށް ވާން ޖެހޭއިރު، ގުދަން ހުންނަ ޖެހޭ އޭސީ ކޮށްފައި ފިނި ހޫނުމިން ހިފަހައްޓޭ ގޮތަށެެވެ.

އަދި ގުދަނުގައި ސްވިޗް ހުންނަން ވާނީ ގުދަނުން ބޭރުގައި ފަސޭހައިން އަތުޖެހޭ ގޮތަށް ކަމަށް ގަވާއިދުގައި ވެއެވެ.

ގުނދަުގައި ކަރަންޓް ވަޔަރުކޮށްފައި ހުންނަން ޖެހޭނީ ކޮންޓިއިއުޑް ހޮޅިއެއް ލައްވައިގެންނެވެ. މީގެ އިތުަރަށް ގުދަނުގައި ފަސްޓް އެއިޑް ކިޓެއްވެސް ހުންނަން ޖެހެއެވެ، އަދި ފަސްޓް އެއިޑް ކިޓްގައި ހުންނަން ޖެހޭ ތަކެތިވެސް ގަވާއިދުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރަށްވެސް ގަވާއިދުގައި ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ.

މި ގަވާއިދުގައި، ގަވާއިދާއި ހިލާފުވާ ފަރާތްތަކުން ޖޫރިމަނާ ކުރާނެ އަދަދުތައްވެސް ހިމަނާފައި ވެއެވެ. އެގޮތުން ލޭބަލް ނުކޮށް ކެމިކަލް ގެންގުޅޭ ނަމަ 5000 ރުފިޔާ އިން ފެށިގެން 20000 ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި އިތުރުކަމަކާއި ހިލާފުވެއްޖެ ނަމަ 5000 ރުފިޔާ އާއި 50000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެއެވެ.

ނުރައްކާތެރި ކެމިކަލްގެ ގަވާއިދުގައި ބުނެފައިވާ ޖޫރިމަނާތަކުގެ އަދަދުތައް ކުޑަ ކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި މީގެ ކުރިން މިލިއަނަަކާއި ހަމައަށް ޖޫރިމަނާ ކުރެވޭ ގަވާއިދުތައް ހަދާފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަސްލަމް

    ތިއޮންނާނީ އޮތްތާގަ ކުރެވޭނެކަމެއް ނުއޮންނާނެ ގަވައިދާ ޚިލާފްވާނީ ގަވައިދު ހެދި މީހުން ދެންޖެހޭ ގަވައި އިސްލާހުކުރަން

  2. ޑ

    2008 ގައި ގެޒެޓް ކުރި ގަޥާއިދު އުވުނީތޯ. މާަރިޔާ ބުނި އެއް ވެސް ގަވާއިދެއް ނެތޭވެސް. ދޮގު ހެދުން ނޫން ކަމެއް ނެތް.