2013 ވަނަ އަހަރު ބައްދަލުކުރީ ނާމާންކަމާއި އެކުގައިކަމަށާއި، އެ ނާމާންކަމުން ރާއްޖެ ސަލާމަތްކޮށްދިނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ލ. ގަމުގައި ކުރިއަށްގެންދިޔަ "މިތިބޫ ރައީސް ޔާމީނާއެކު" (މިތިބީ ރައީސް ޔާމީނާއެކު) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، 2013 އާއި ރާއްޖެ ބައްދަލުކުރީ ނާމާންކަމެއްގައި ކަމަށެވެ.

"2013 ދިވެހިންނާއި ބައްދަލުކުރީ ދިވެހިންގެ މިނިވަންކަމާއި، ދިވެހިން ޒަމާންތަކެއް ވަންދެން ބަލައިގެންފައި އޮތް ނަސީބުކަމުގައިވާ އިސްލާމް ދީނާއި، ދިވެހި މިނިވަންކަން އަދި ދިވެހި ރާއްޖޭގެ ހަމަޖެހުން ބީވެގެންދާން ފުރުސަތު ދޭނީތޯ ނުވަތަ މިގައުމަށް އަންނަ ކޮންމެ ކޮޅިގަނޑަކަށް ނޫނެކޭ ބުނާނެ ހިތްވަރުގަދަ ވެރިއަކު ހޯވައި ކުރިއަށް ދާނީތޯ". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެއަށް ހައްދުން މަތީ ރައްޔިތުން ދެއްވީ "ތިމަންމެންނަކީ ހިތްވަރުގަދަ ބައެކޭ. ތިމަންމެން މި ގައުމު ދެކެ ލޯބިވެއޭ. ތިމަންމެން ހޮވާނީ ހިތްވަރުގަދަ ވެރިއެކޭ. އެއީ ރައީސް ޔާމީންއޭ".

މިނިސްޓަރު ސައީދު ވިދާޅުވީ، ހައްދުންމަތީ ރައްޔިތުން ނިންމެވި ނިންމެވިން ވަަރަށް ސާބިތު ކަަމަށެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މީހުން ދިރިއުޅޭ 11 ރަށް އޮތް ލ އަތޮޅުގައި މިދިޔަ ހަތަރު އަހަރު ތެރޭގައި ޖުމްލަ ބޮލަކަށް ދެލައްކަ ސަޅީސް ފަސް ހާސް ރުފިޔާ އިންވެސްޓް ކޮށްފައިވާކަމަށެވެ. ރައީސް ނަޝީދު ސަރުކާރާއި އެއާއި ޖެހިގެން އައި ސަރުކާރުގެ ހަތަރު އަހަރު ތެރޭ ހަމައެކަނި ބޮލަކަށް އިންވެސްޓްކޮށްލެވުނީ އެންމެ 18 ހާސް ރުފިޔާ ކަމަށެވެ.

"އެހެންވީމަ އެއް ހަތަރު އަހަރުން 18 ހާސް ރުފިޔާ ހައްދުން މަތީގެ ކޮންމެ ރައްޔިތެއްގެ ބޮލަކަށް. އަނެއް ހަތަރު އަހަރު ދެލައްކަ ސާޅީސް ފަސްހާސް ރުފިޔާ އެއީ ރައީސް ޔާމީންގެ ތަފާތަކީ". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަސަޅި

    ޢިންޝާﷲ

  2. ސާބަސް

    ފުރިހަމައަށް ނައަމާންތަނަކަށް ހަދާލިވާހަކަ ވަޒީރެއްގެ ދުލުން ބުނެވޭނީ ތިހެންކަން އަހަރުމެން ގަބޫލުކުރަމެވެ.

  3. ރަފާއީލް

    ސައީދު ތީއުޅެނީ ރާއްޖޭގަތަ.. ގައުމެއްގެ ކުރީގެ ރައީސަކާއީ ގައުމުގެ ސީޔާސީ ލީޑަރުން ހައްޔަރުކޮއް ޖަލައްލާފައީތީބެ ބޮޑެތީ ޑުރަގުލޯޑުން މަގުތަކުގައީ މީނީވަންކަމާއީއެކު އެއުޅެމުންދާ މީގައުމަކީ ނާމާންތަނެއް ނޫނޭތަ ތީޔާބުނަނީ..