މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން 21 ގައިދީއަކު މިއަދު ފެށި އެސް.އެސް.ސީ އަދި އައި.ޖީ.ސީ.އެސް.ސީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވެއްޖެއެވެ.

އެސް.އެސް.ސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 14 ގައިދީއަކު ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.

އޭގެ ތެރޭގައި ޤުރުއާން ކްލާސް ތަކާއި ދީނީ ޢިލްމުގެ ކޯސްތައް ވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރެހެންދި

    މަރުހަބާ

    14
    1
  2. ކިޔާމީހާ

    އަލްޙަމްދު ލިއްލާހި، ވަރަށްވެސް އުފާވެރި ޚަބަރެއް.

    23
    1
  3. ދޮށިކޮއި ޢަލީގެ މުޙައްމަދު

    މިރާއްޖޭގައި ކުށް ނުކުރަންވީ އެއްވެސް ސަބަބެއް ނެތ ޖަލަށްދިޔާމަ ލިބޭ ޚިދުމަތް މާރަނަގަޅު އަހަރެމެން މިއުޅެނީ އަތުގައި ފައިސާނެތިގެން އަކުރެއް ބުނެލަދޭނެ މިޙަކުވެސް ނުވޭ ޖަލުގައި ހިލޭ ކިޔެވޭ ކޮން ކުރށެއް ކުރީމަތަ އެނމެ ފަސޭހައިން ޖަލަށް ގެންދާނީ

  4. ކިނބޫ

    ޔާމީނު ވެރިކަން ކުރީ ދިވެހިންނަށް. ދިވެހި މުޖުތަމައު ހަމަމަގަށް އަޅުވައި ކުށްކުރާ މީހުން އިސްލާހުކޮށް މުޖުތަމައަށް ނެރެން މަސައްކަތް ކުރީ ދިވެހިންނާއި ދިވެހި ގައުމު ދެކެ ލޯބިވާތީ.

  5. ގެރި ބޯ މަސް

    މި ކުދިވެރިންނަށް މަރުހަބާ .މި ކުޑަކުދިން ވަރަށް މޮޅުވާނެ